Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްތީން މައްސަލަ

ޣައްޒާ ހަނގުރާމަ ހުއްޓުމުގެ ފުރަތަމަ ފިޔަވަހި ނިމުމަކާ ކައިރިވެފައިވާއިރު، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ސުވާލުމާކެއްގެ ތެރޭގައި

1 މާރިޗު 2025 | ހޮނިހިރު 16:36

އިސްރާއީލުން ބޭނުންވަނީ ދެވަނަ ފިޔަވެއްސަކަށް ނުގޮސް ފުރަތަމަ ފިޔަވަހި އިތުރު ކުރާށެވެ. ހަމާސް އިން ބުނެފައިވަނީ އިސްރާއީލުން ހުށަހަޅާފައިވާ ގޮތަށް ފުރަތަމަ ފިޔަވަހި އިތުރުކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށެވެ.

ރާއްޖެ އެމްވީ | 1 މާރިޗު 2025 | ހޮނިހިރު 16:36
އިޒްރޭލުން 15 މަސްދުވަހު ހުއްޓާނުލާ ޣައްޒާ އަށް ދިން ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ފުނޑުފުނޑުވެފައި

އިޒްރޭލުން 15 މަސްދުވަހު ހުއްޓާނުލާ ޣައްޒާ އަށް ދިން ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ފުނޑުފުނޑުވެފައި

ޣައްޒާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައިވާ ފުރަތަމަ ފިޔަވަހި ނިމުމަކާ ކައިރިވެފައިވާއިރު، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ސުވާލުމާކެއްގެ ތެރޭގައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ޖަނަވަރީ 19 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ހުއްޓުން ހޮނިހިރު ދުވަހު ނިމުމަކާ ހަމައަށް އަންނާނެއެވެ. ހަނގުރާމަ ހުއްޓާލި ފުރަތަމަ ހަފްތާގައި، ހަމާސްއިން އިސްރާއީލަށް 25 ދިރިހުރި ރަހީނުންނާއި 8 މަރުވެފައިވާ ރަހީނުންގެ ހަށިގަނޑު ރައްދުކުރިއެވެ. މީގެ ބަދަލުގައި އިސްރާއީލުން އެތައް ސަތޭކަ އަދަދެއްގެ ފަލަސްތީނު މީހުން ޖަލު ބަންދުން ދޫކޮށްލިއެވެ.

ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށްދަނީ ގާހިރާގައެވެ. އިސްރާއީލުގެ ވަފުދެއްގެ އިތުރުން ޤަތަރު އަދި އެމެރިކާގެ މެދުވެރިންވެސް މި މަޝްވަރާތަކުގައި ބައިވެރިވެއެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށްވެސް އެއްވެސް އެއްބަސްވުމަކާ ހަމައަށް ވާސިލުވެފައެއް ނުވެއެވެ.

ހަމާސްގެ ތަރުޖަމާނު ހަޒިމް ޤާސިމް ބުނެފައިވަނީ އިސްރާއީލުން ހުށަހަޅާފައިވާ ގޮތަށް ފުރަތަމަ ފިޔަވަހި އިތުރުކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށެވެ. އޭނާ ގޮވާލާފައިވަނީ އެއްބަސްވުމުގެ ހުރިހާ މަރުހަލާއަކަށް އިސްރާއީލުން ތަބާވުމަށް މެދުވެރިން ބާރުއެޅުމަށެވެ.

އެހެންނަމަވެސް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެފައިވަނީ އިސްރާއީލުން ބުރަވަނީ ފުރަތަމަ ފިޔަވަހީގެ މުއްދަތު އިތުރުކޮށްގެން އިތުރު ރަހީނުން މިނިވަން ކުރުމަށް ކަމުގައެވެ.

މި މައްސަލައާ ގުޅޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓުން ދެމެހެއްޓެން ޖެހޭނެ ކަމަށެވެ. އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ މެކްސް ރޯޑެންބެކް ވިދާޅުވެފައިވަނީ ދެވަނަ ފިޔަވަހި ވަގުތުން ފެށޭނެކަމަށް ނުބެލެވުނު ނަމަވެސް، ހަނގުރާމަ ހުއްޓުން ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ހަމާސް އިން ރަހީނު ކުރި 251 މީހުންގެ ތެރެއިން 58 މީހުން އަދިވެސް ޣައްޒާ ގައި ތިބީ ހިފަހައްޓާފައެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ހަމާސް އިން ބާރު އަޅަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ ފިޔަވައްސަށް އިސްރާއީލުން އެއްބަސްވުމަށެވެ. ހަނގުރާމަ މުޅިން ހުއްޓުމަކަަށް އަންނާނީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް