Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް

ޑީއެންއާރުގައި ފޯމުފުރިކަމަށް އިހުސާން އެއްބަސްވެވަޑައިގެން، ދެއްކެވީ އެހެން މީހުންވެސް އެކަން ކުރި ވާހަކަ

25 ފެބުރުއަރީ 2025 | އަންގާރަ 07:06

ޑީއެންއާރުގެ މީޓިންގ ރޫމެއްގައި ހަވީރު ފޯމު ފުރުމުގެ މަސައްކަތްތަކެއް ކުރިކަމަށް އިހުސާން އެއްބަސްވެވަޑައިގަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2025 | އަންގާރަ 07:06
ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން - އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން، ޕީއެންސީގެ ފޯމުތައް ޑީއެންއާރުގައި ފުރިކަމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފައި

ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން - އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން، ޕީއެންސީގެ ފޯމުތައް ޑީއެންއާރުގައި ފުރިކަމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފައި

ޑީއެންއާރުގައި ފޯމުފުރިކަމަށާއި، ބޭނުންކުރީ އެތަނުގެ މީޓިންގ ރޫމުކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގެންފިއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން އޭނާ ވިދާޅުވީ ޕީއެންސީއަށް މީހުން ވެއްދި އިރު، ޕާޓީގެ އިސްވެރިން ކޮންމެ ވަޒީރެއް ކައިރީގައިވެސް ވަކި ވަރަކަށް މެންބަރުން އިތުރުކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އޭނާއާއި ހަވާލުވީ މަދުވެގެން 500 ފޯމް ހޯދުމަށް ކަމަށާއި، އެކަންކަން ކުރަން ރޭވި ގޮތަކީ ސިޔާސީ ހުރިހާ ފަރާތްތަކަށް އެ ޒިންމާ ހަވާލުކުރުން ކަމަށާއި، ހޯމް މިނިސްޓްރީގައި ތިބި 50 ސިޔާސީ މުވައްޒަފުންނާއި، ކޮންމެ މުވައްޒަފަކުވެސް މަދުވެގެން ދިހަ ނުވަތަ ފަނަރަ ފޯމް ހޯދުމަށް ހަވާކުކުރި ކަމަށެވެ. އެ އުސޫލުގެ ދަށުން ގެނައި ފޯމުތައް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ހަވާލުކުރަމުން ގެންދިޔަ ކަމަށާއި، ލީކުވެގެން އުޅޭ ފޮޓޯތައް ހުރި ގްރޫޕުގައި އެ ފޮޓޯތައްވެސް ހުންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ޑީއެންއާރުގެ މީޓިންގ ރޫމެއްގައި ހަވީރު ފޯމު ފުރުމުގެ މަސައްކަތްތަކެއް ކުރި ކަމަށެވެ. ފޯމުތައް ފުރައިގެން ގެނައި އިރު، އޭގެ ހެކިވެރިންގެ ބައި އިންނަނީ ނުފުރާ ކަމަށާއި، އެ ފޯމުގައި ހެކިވެރިންގެ ބައިގައި ފިންގަރ ޕްރިންޓް ޖެހުމާއި ސޮއިކުރުމުގެ މަސައްކަތާއި ތަފްސީލު ލިޔުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިޔަކަމަށް އިހުސާން ވިދާޅުވިއެވެ.

ހަމައެއާއެކު ޑިޖިޓަލް މީޑިއާތައް މެދުވެރިކޮށް ފޮނުވި ފޮޓޯތަކާއި، ވަޓްސްއެޕް ވައިބަރ މެދުވެރިކޮށް ފޮނުވި ފޮޓޯތައް ޕްރިންޓްކޮށް އެ ފޮޓޯތައް ފޯމުތަކުގައި ޖަހާ ފޯމުތައް ފުރިހަމަކުރުމުގެ މަސައްކަތް މިތަނުގެ [ޑީއެންއާރު އޮފީހުގެ މީޓިންގ ރޫމުގައި] ކޮށްފައިވޭ. ގާނޫނީ ކުށަކަށް ނުވިޔަސް، ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް ކުރުމަކީ އެހާ ރަނގަޅުކަމަށް ނޫން. ހާއްސަކޮށް ޑީއެންއާރުފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުވައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރެވިގެންދިއުމަކީ ރައްޔިތުން ކުރާ އިތުބާރާއި ދޭތެރޭގައި ސުވާލު އުފެދިގެންދާނެ ކަމެއް. މިކަމާއި ގުޅިގެން އަޅުގަނޑުމެން ވާނި މިފަދަ އެއްވެސްކަމެއް އަޅުގަނޑުމެންގެ އިދާރާގައި ނުކުރުމަށް އަންގާފައި.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

އިހުސާން ވިދާޅުވީ މިއީ އަލަށް ހިނގާ ކަންކަމެއް ނޫން ކަމަށެވެ. ސިޔާސީ މަސައްކަތް ސިޔާސީ ވެރިން، ސަރުކާރުގެ އިދާރާތަކުގައި ކޮށްފައި އެބަތިބި ކަމަށެވެ. ކުރިން އެފަދަ ކަންކަން ކޮށްފައި އެބަހުރި ކަމަށާއި، ނަމަވެސް ދައުލަތުގެ ވަޒީރެއްގެ ހައިސިއްޔަތުން ކުރިއަށް އޮތްތަނުގައި އެކަންކަމަށް ފުރުސަތު ނުދެއްވާނެކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފު ނުވިޔަސް މިފަދަ ކަންކަމަކީ ކަރާމާތް ލިބިގެންވާ އޮފީހެއްގައި ކޮށްގެން ވާނެ ކަންކަމެއް ނޫން ކަމަށެވެ.

އިހުސާން ވިދާޅުވީ ފޯމު ފުރިތަނަށް އޭނާ ވެސް ދެފަހަރެއްގެ މަތިން ވަޑައިގެންނެވި ކަމަށެވެ. ފުރަތަމަ ފަހަރަކީ ސިޔާސީ ފަރާތްތަކުން އެތަނަށް ޕިއްޒާ އޯޑަރުކޮށްގެން އެތަނަށް އަންނަން އެދުމުން ދިޔަ ދުވަސް ކަމަށެވެ. އަދި ދެވަނަ ދުވަހަކީ ފޯމުތައް އެއްކޮށް ނިންމާލުމަށްފަހު ފޯމު ހުށަހަޅަންދިޔަ މަގުމަތީގައި އަދި ފޯމުތައް ފެކްކޮށް ނުނިމޭކަމަށް ބުނުމުން އެތަނަށް ދިޔަ ދިއުން ކަމަށެވެ.

ފޮޓޯތައް ފަންސާސް ފަސްދޮޅަހަކަށް މީހުން ތިބި ގްރޫއްޕަކަށް ލަމުންދިޔައީ. ވަގަށް ސިއްރިއްޔާތުގައި އޮޅުވާލައިގެން ކުރާކަމެއް ނަމަ 50 މީހުން ތިބޭ ގްރޫޕަކަށް ފޮޓޯ ނުލާނެ އެއްވެސް މީހަކު.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

އިހުސާން ވިދާޅުވީ ޕީއެންސީއަށް 40،000ށް ވުރެގިނަ ފޯމު ވެެއްދިއިރު، އޭނާ ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން މީހުން ވެއްދިނަމަ ވައްދާނީ 1700 ފޯމު ނޫން ކަމަށެވެ. އަދި އެ ނިޒާމުން މީހުން ވެއްދިނަމަ 40،000 ފޯމު ވައްދާނެކަމަށް އިހުސާން ވިދާޅުވިއެވެ.

ނަމަވެސް އިހުސާން މިފަދައިން ވިދާޅުވިއިރު، ޕީއެންސީގެ ފޯމުތައް އެތަނުގެ މީޓިން ރޫމުގައި ފުރިކަމަށާއި، މީޓިންގ ރޫމް އެދުވަހު ދޫކޮށްފައިވަނި މިނިސްޓަރުގެ އެދިވަޑައިގަތުމަށް ކަމަށް ޑީއެންއާރާއި ހަވާލުވެ ތިއްބެވި ސިޔާސީ އިސް މުވައްޒަފުން ވަނީ މީޑިއާއަށް ވިދާޅުވެފައެވެ. އަދި އާންމުވި ފޮޓޯތަކުން ޑީއެންއާރުގެ ޑާޓާ ކޮންޕިއުޓަރ ސިސްޓަމަކާއި، މީޓިންގ ރޫމުގައި އިން ސްކްރީންގައި ބޭނުންކުރަމުންދިޔަ އިރު، ނަގާފައިވާ ފޮޓޯތަކާއި ފޯމުގައި ޖަހާފައިވާ ފޮޓޯތަކަކީ އައިޑީކާޑު ހަދަން މީހުން ދީފައިވާ ބާ އައިޑީކާޑުތަކުގައި ހުރި ފޮޓޯތަކެއްކަން އެނގެއެވެ.

މީގެ އިތުރުން ޕީއެންސީ ތެރޭގައި ވަގު ފޯމު ފުރާކަމާއި، އެކަން ކުރަނީ އައިޑީކާޑުގައި އިން ފޮޓޯގައި މީހާ ލައިގެން ހުންނަ ހެދުމުގެ ކުލަބަދަލުކޮށްގެން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2018

އިއްތިހާދުގެ ދީނީ މެނިފެސްޓޯއާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް!

13 އޯގަސްޓު 2018
އިއްތިހާދުގެ ދީނީ މެނިފެސްޓޯއާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް!
20 ޖުލައި 2018

ރިޔާޒާއި ގުޅޭގޮތުން ރައީސް ދެއްކެވީ ދޮގު ވާހަކަފުޅުތަކެއް: އާއިލާ

20 ޖުލައި 2018
ރިޔާޒާއި ގުޅޭގޮތުން ރައީސް ދެއްކެވީ ދޮގު ވާހަކަފުޅުތަކެއް: އާއިލާ
19 ޖޫން 2018

ހެކިބަސްދިން 5 މީހުންވެސް ބުނަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި ނޫން ކަމަށް!

19 ޖޫން 2018
ހެކިބަސްދިން 5 މީހުންވެސް ބުނަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި ނޫން ކަމަށް!
15 ޖެނުއަރީ 2018

ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި، އެކަމަކު ދެއްކެވި ވާހަކައެއް ހަނދާނެއް ނެތް: ހެކިން

15 ޖެނުއަރީ 2018
ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި، އެކަމަކު ދެއްކެވި ވާހަކައެއް ހަނދާނެއް ނެތް: ހެކިން
10 އޮކްޓޯބަރު 2017

އިސްރަށްވެހިން ގާތުގައި ރައީސް ޔާމީން ދެއްކެވީ ފައިސާގެ "އެހީތެރިކަމާއެކީ" މާލެ ކައްކުވާލި ވާހަކަ!

10 އޮކްޓޯބަރު 2017
އިސްރަށްވެހިން ގާތުގައި ރައީސް ޔާމީން ދެއްކެވީ ފައިސާގެ "އެހީތެރިކަމާއެކީ" މާލެ ކައްކުވާލި ވާހަކަ!
11 ޖުލައި 2017

އަދީބް ބެއްސެވީ ރައީސް ޔާމީންގެ ފައިސާކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފި

11 ޖުލައި 2017
އަދީބް ބެއްސެވީ ރައީސް ޔާމީންގެ ފައިސާކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފި
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް