Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފާރިސްގެ ޝަރީއަތް

ހެކިބަސްދިން 5 މީހުންވެސް ބުނަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި ނޫން ކަމަށް!

ދައުލަތުގެ ހުށަހެޅި ދެ ހެކީން ބުނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމް ނަމުގައި ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ޖޫން 2018 | އަންގާރަ 14:41
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ދައުވާކުރިނަމަވެސް ޕީޕީއެމް ނަމުގައި ފާރިސް ވާހަކަ ދައްކާފައި ނުވާކަމަށް ބުނެ ފާރިސްގެ ދިފާއުގައި ފަސް މީހެއް ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދީފި އެެވެ.

ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ނުދައްކަވާ ކަމަށް ފަސް މީހަކު ހެކިބަސް ދީފައިވާއިރު، މިދިއަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމެއްގައި، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ދެ ހެކިން ބުނެފައި ވަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމް ނަމުގައިއެވެ. އަދި ގިނަ ކަންތައްތަކެއް ހަނދާން ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަސް މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.

ހެކިބަސް ދީފައިވަނީ ޕީޕީއެމް ރައީސް މައުމޫން ފެކްޝަން އަދި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އާމިނަތު ނާދިރާއާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމްއާއި ޕީޕީއެމް އުފެއްދުމުގައި ރައީސް މައުމޫނާއި ފާރިސްއާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި އިބްރާހިމް އަފްރާދު އާއި ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓު އަހުމަދު މުހައްމަދާއި ނޫސްވެރިޔާ އަޒްމޫން އަހުމަދު އެވެ.

މި އެންމެންވެސް ހެކިބަސް ދެމުން ބުނީ މިދިއަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައީސް މައުމޫން ފެކްޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފަރާތުން ކަމަށާއި ޕީޕީއެމްގެ ނަމުގައި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވާހަކަ ދައްކާފައި ނުވާކަމަށެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ގެންގުޅުއްވާފައި ނުވާ ކަމަށެވެ.

ރައީސް މައުމޫން ފެކްޝަނުގެ ނާދިރާއާއި އަލީމް ވިދާޅުވީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ފާރިސްގެ ސުލޫކީ މައްސަލައެއް ހުށަހެޅި، އަދި ފާރިސް ވަކިކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ހިފާލަށް ޕީޕީއެމް ހިންގެވުން ޕީޕީއެމް މުސްތަޝާރު ރައީސް ޔާމީން ޕީޕީއެމް ހިންގަވަން ފެއްޓެވި ހިސާބުން ޕީޕީއެމުން ފާރިސް ވަކިކުރަން އެޕާޓީން ނިންމިނަމަވެސް އެއީ ބާތިލް ނިންމުމެއް ކަމަށް އެ ދެ ބޭފުޅުންވެސް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ފެކްޝަންގެ ނާދިރާއާއި އަލީމް ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު، ކެމްޕެއިން ކުރެއްވުމަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވި ކަމުގެ ޝަކުވާ ޕާޓީ އަށް ލިބިފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ޕާޓީގެ އިސް ބޭފުޅުންގެ ސަމާލު ކަމަށް ގެންނެވުމުން، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޝިޔާމާއި ތޯރިޤް މަޖިލިސް ގޮނޑި ކާމިޔާބި ކުރެއްވީ އަމިއްލަ މެމްބަރުންގެ ގޮތުގައި ވާދަކުރައްވައިގެން ނެވެ.

ޕީޕީއެމްގެ ލޯގޯއާއި ދިދަ ފާރިސް ބޭނުން ކުރިކަމަށް ދައުލަތުން ބުނާ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ އިތުރުން ބައިވެރިވެވަޑައިގަންނަވާފައި ވަނީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު