Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

އަދީބް ބެއްސެވީ ރައީސް ޔާމީންގެ ފައިސާކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފި

11 ޖުލައި 2017 | އަންގާރަ 17:12

ކުރިން ޕީޖީ ގްރޫޕާއި އެކަން ހިއްސާ ކުރެއްވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 11 ޖުލައި 2017 | އަންގާރަ 17:12
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން

ސިޔާސީ ކަންކަމަށް ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ބެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ފައިސާކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ތާޢީދުކުރާ، ހެޔޮއެދޭ އެކި ފަރާތްތަކުން ސިޔާސީ މަސައްކަތްތަކަށް އެމަނިކުފާނަށް ހަދިޔާކުރި ފައިސާ، ހަވާލުކުރެއްވީ އަދީބާއި ކަމަށެވެ.

"ޝައްކެއްވެސް ނެތް ގޮތުގަ، އަޅުގަނޑުގެ އިންތިޚާބަށް، އަޅުގަނޑުގެ ސިޔާސީ މަސައްކަތަށް ހެޔޮއެދޭ ފަރާތްތަކުން، ދީފަ ހުރި ފައިސާ، އަޅުގަނޑު އޭރު ބަލަހައްޓަމުން ގެންދިޔައީ އަދީބުގެ ތެރެއިން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ފައިސާ ހޯއްދެވުމުގައިވެސް އިސްކޮށް ހަރަކާތްތެރި ވެވަޑައިގަތީ އަދީބް ކަމަށެވެ. އަދި އަދީބު ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ އަދީބު މެދުވެރިކޮށް "ބަލަހައްޓަވަމުން" ގެންދެވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ އެ ފައިސާގެ ތަފްޞީލު އެމަނިކުފާނަށް އެނގިނުލައްވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން ރައީސް ޔާމީން ހައްޖަށް ވަޑައިގެންނެވި ފަހަރު، އެނބުރި ރާއްޖެ ވަޑައިގަތުމުން، އެ ފައިސާގެ ތަފްބީލް ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އަދީބަށް އެމަނިކުފާނު ފައިސާ ދެއްވައި، އަދީބު މެދުވެރި ކުރައްވައި ފައިސާ ޚަރަދުކުރައްވަމުން ގެންދެވިއިރު، އަދީބަށް އެހެނިހެން ގޮތްގޮތުން ފައިސާ ލިބިވަޑައިގެންނެވިކަން އެނގިވަޑައި ނުގަންނަވާ ކަމަށާ، އެހެންކަމުން އަދީބު އަތުގައި ހުރި ފައިސާގެ ތެރެއިން އެމަނިކުފާނުގެ ފައިސާގެ މިންވަރަކީ ކިހާވަރެއްކަން އެނގިނުލައްވާ ކަމަށެވެ.

އަދީބަކީ ޕީއޭގެ ޒަމާނުއްސުރެ ރައީސް ޔާމީން އާއި އެކު މަސައްކަތް ކުރެއްވި، ވަރަށް ކުޅަދާނަ ބޭފުޅެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެގޮތުން، އަދީބަކީ ޕީއާރް ރަނގަޅު ބޭފުޅެއް ކަމާއި، އެމަނިކުފާނު ޓުއަރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރުމާއި އެކު ރައީސް ވަހީދުގެ ސަރުކާރަށްވެސް، އަދި ރައީސް ޔާމީންގެ ސަރުކާރަށްވެސް ގިނަ ފައިދާތަކެއް ވެގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދީބު ބެއްސެވި ފާއިސާގެ މަސްދަރުގެ ވާހަކަ ފެންމަތިވެފައިވަނީ، އަދީބް ހައްޔަރުކުރުމަށްފަހު، މުލިއާގޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާ، އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވުމާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް