Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސި އިންތިޚާބު 2018

އިއްތިހާދުގެ ދީނީ މެނިފެސްޓޯއާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް!

އިތުރުފުޅު ހެއްދެވީ ތިމަފުށީ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2018 | ހޯމަ 12:10
ރައީސް ޔާމީން ތިމަރަފުށީގައި ވާހަކަ ދައްކަވަނީ

ރައީސް ޔާމީން ތިމަރަފުށީގައި ވާހަކަ ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު ވެގެންދާނީ މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތަކަށް ކަމަށް، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށް، ދީނީ މެނިފެސްޓޯއާ ގުޅޭ ގޮތުން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދައްކަވައިފި އެވެ.

ތިމަރަފުށީގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ، އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭއިން ފުރުސަތު ނުދޭނެ ވާހަކަ ލިޔެފައި ނެތްކަމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، މިހާރު ގުޅިފައިވާ ޕާޓީތަކުން ދަނީ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ މަސައްކަތްތަކުގައި މައިގަނޑު ގޮތެއްގައި ދައްކަވަނީ އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯގެ ވާހަކައެވެ.

ތިމަފުށީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ރައީސް ހޯމަ ދުވަހު ދީނީ މެނިސްފެސްޓޯއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއިރު، މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރާ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު ވެގެންދާނީ މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރުއްވާނެވަރުގެ ދީނީ ސިޔާސަތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ދީނީ ސިޔާސަތަކަށް ވާނީ ދިވެހިރާއްޖޭގައި ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. އެގޮތުން ސައްޙަ އިސްލާމީ އަޤީދާއެއްގެ މަތީގައި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރާނަން. އެއީ އެކަން ވާން ޖެހޭނެ ގޮތަކީ. ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ. އެއީ ރައްޔިތުން ޤަބޫލު ވެސް ކުރައްވާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެއްވެސް މީހަކު ވެސް ޤަބޫލުކުރާނެ ކަމެއް ނޫން، ރައްޔިތުން ޤަބޫލުކުރައްވާ ދީނީ ޢިލްމުވެރިންނާ މަޝްވަރާކޮށްގެން ދީނީ ސިޔާސަތުތައް އެކުލަވާލަމުން، ގުޅިފައިވާ ޕާޓީތަކުގެ އެއްބައިވެރިއަކީ އަދާލަތު ޕާޓީ. އަދާލަތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޕާޓީއެއް، އަދި އެބަހުންނެވި ރައީސް މައުމޫން ވެސް. ރާއްޖޭގައި ހުންނެވި ދީނީގޮތުން ކުރިއަރާފައިވާ އެއްބޭފުޅާ،" އިބޫ ވިދާޅުވިއެވެ.

ތިމަރަފުށީގައި ރައީސް ޔާމީން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ މެނިފެސްޓޯގައި، ރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމް ދީންކަމާއި އަދި ރާއްޖޭގައި ޤިޞާޞް ހިފުމާ ބެހޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނެތްކަމަށެވެ.

"އަޅުގަނޑާ އިދިކޮޅަށް ވާދަ ކުރައްވާ އެމްޑީޕީ އާ ގުޅިފައި އޮތް ކޯލިޝަންގެ މެނިފެސްޓޯ އިން ތިބޭފުޅުން ބައްލަވާލައްވާ. ދިވެހިރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްތޯ ލިޔެފައި އޮތް ލަފްޒު އޮތްތޯ ބައްލަވާ. އެވާހަކައެއް ނޯންނާނެ. އެވާހަކައެއް އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ. މަރުގެ ޙުކުމް ތަންފީޛު ކުރާ ވާހަކައެއް، އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭއިން ފުރުސަތު ނުދޭނެ ވާހަކަ ލިޔެފައި ނެތް ކަމަށް ރައީސް ވިދާޅުވި އިރު، ޤާނޫނު އަސާސީގައި ރާއްޖޭގައި އޮންނާނީ އިސްލާމްދީންކަން ސާފުކޮށް އޮޅުމެއް ނާރާނެ ވަރަށް އޮތީ ބަޔާންކޮށްފައެވެ.

ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ވާހަކަނެތް ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާއިރު، ޤިޞޯސް ހިފުން ފިޔަވައި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ އެހެން ހުކުމެއްގެ ވާހަކަ މިހާތަނަށް ރައީސް ޔާމީން ވިދާޅުވެފައެއް ނުވެއެވެ.

މަރަށް މަރު ހިފަން ގުޅިފައިވާ ޕާޓީތަކަށް ނުކުރޭނެ ވާހަކަ ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވާއިރު، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މި ހުކުމް އަދި ތަންފީޒު ކުރާނެ ކަމަށް ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވަމުން ގެންދެވި ނަމަވެސް، އެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު