Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެާފާރިސްގެ ޝަރީއަތް

ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި، އެކަމަކު ދެއްކެވި ވާހަކައެއް ހަނދާނެއް ނެތް: ހެކިން

15 ޖެނުއަރީ 2018 | ހޯމަ 13:09

ފާރިސް އިންނެވީ ޕީޕީއެމްގެ ދިދައެއްގެ ކުރިމަތީގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 15 ޖެނުއަރީ 2018 | ހޯމަ 13:09
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިން، ގިނަ ކަންތައްތަކެއް ހަނދާން ނެތް ކަމަށް ބުނެފިއެވެ.

ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ، ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުކުރައްވާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ނަމުގައި އޭނާ ވާހަކަ ދައްކަވައި، ޝަހްސް އޮޅުވާލާފައިވާ ކަމަށް ދައުވާގައި ވެއެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެއްކަކު ހާޒިރުކޮށް، ހެކިބަސް ވަނީ ނަގާފައެވެ. ހެކިބަސް ނަގާފައި ވަނީ، ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ބުނެ ފާރިސްގެ ވަކީލުން އިޖުރާއީ ނުކުތާއެއް ނަގާފައިވަނިކޮށެވެ. އެހެން ނަމަވެސް، ގާޒީ އިބްރާހިމް އަލީ ނިންމެވީ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށެވެ.

ފާރިސްގެ ވަކީލުން ވަނީ، ގާޒީގެ އެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފުރަތަމަ ހެކިބަސް ނެގީ ޕްރެސް ކޮންފަރެންސަށް ދިޔަ އާންމުންގެ މީހެއްގެ އެވެ. ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ، ޕީޕީއެމްގެ ދިދަ ފަހަތުގައި ބަހައްޓައިގެން އިށީންދެ އިންނަވަގެން، ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ދެއްކެވި ކަމަށެވެ.

އެ ކޮންފަރެންސްގައި ފާރިސް ދެއްކެވި ވާހަކަތަކުގެ ތަފްސީލު ހާމަކޮށްދިނުމަށް އެދި ފާރިސްގެ ވަކީލު ސުވާލުކުރެއްވުމުން، ހެކިވެރިޔާއަށް އެ ވާހަކަތަކެއް ކިޔައެއް ނުދެވުނެވެ. އޭނާ ބުނީ ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ދެއްކެވި ކަމަށާއި އަނެއް ބައި ހަނދާން ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ ނަމުގައި ވާހަކަ ދައްކަވަމުން ފާރިސް ބޭނުން ކުރެއްވި އިބާރާތް ވެސް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.

ޕްރެސް ކޮންފަރެންސްގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން އޭނާ ބުނީ، ފާރިސް ޕްރެސް ދެއްވީ މަޖިލިސް މެންބަރުންތަކެއް ތަމްސީލު ކުރައްވަން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ޕްރެސް ކޮންފަރެންސަށް ދިޔައީ އާންމު މެންބަރެއް ހައިސިއްޔަތުންނެވެ. ޕްރެސް އޮތްކަން އެނގުނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ، ދައުވަތު ލިބުނު ގޮތް ބުނެދޭން އުނދަގޫ ކަމަށާއި ދައުވަތު ލިބުނު ގޮތް ހަނދާން ނެތް ކަމަށެވެ.

ދެވަނަ ހެކިވެރިޔާ ޕްރެސް ކޮންފަރެންސަށް ދިޔަ ހައިސިއްޔަތު ސާފުކުރުމަށް ފާރިސްގެ ފަރާތުން ސުވާލުކުރަން ދައުލަތުން ވަނީ އެކަމަށް އިއުތިރާޒު ކޮށްފައެވެ. ޕީޕީއެމްގެ ދިދައެއް ކައިރީގައި ފާރިސް އިށީގެން އިންނެވިކަން ފާހަގަކޮށް ދެވަނަ ހެކިވެރިޔާ ވެސް ބުނީ ޕީޕީއެމް ތަމްސީލުކުރަން ފާރިސް ވިދާޅުވި އެއްޗެއް ހަނދާން ނެތް ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ތިއްބެވީ ހަތަރު ބޭފުޅުންކަން ހެކިވެރިޔާއަށް ބުނަން އެނގުނުއިރު، އެއީ ކޮންބޭފުޅުންނެއް ކަމެއް އޭނާ ހަނދާނެއް ނެތެވެ. އަދި އެ ބޭފުޅުން ދެއްކެވި ވާހަކައެއް ވެސް ހަނދާނެއް ނެތެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި، ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ 47 ހެކިންގެ ތެރެއިން ހާޒިރުކުރާނެ ހެކިން ކަނޑައަޅާނެއެވެ. ދައުލަތުން ވަނީ ހުރިހާ ހެކިން ހާޒިރުކުރުމަށް އިއުތިރާޒު ކޮށްފައެވެ. މަދު އަދަދެއްގެ ހެކިން ހާޒިރުކުރަން ގާޒީ ވެސް ވަނީ ނިންމަވާފައެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގައި ދެން އޮންނާނީ ތިން އަޑުއެހުމެކެވެ. ދެން ބާއްވާ އަޑުއެހުމުގައި ހާޒިރުކުރާނެ ހެކިންނާ މެދު ގޮތެއް ނިންމާނެއެވެ. އެ އަށް ފަހު ބާއްވާ އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކި ބަސް ނަގާނެއެވެ. އެ އަށް ފަހު ބާއްވާނީ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުމެވެ. ދެން އެ އަށް ފަހު އޮންނާނީ މައްސަލައިގައި ހުކުމް އިއްވުމެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް