Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު އަބްދުﷲ ރިޔާޒު

ރިޔާޒާއި ގުޅޭގޮތުން ރައީސް ދެއްކެވީ ދޮގު ވާހަކަފުޅުތަކެއް: އާއިލާ

20 ޖުލައި 2018 | ހުކުރު 19:24

ރިޔާޒު ހައްޔަރުކޮށްފައިވަނީ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުން ބަންދު ކުރުމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ޖުލައި 2018 | ހުކުރު 19:24
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީން ދައްކަވާފައިވަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަފުޅުތަކެއްކަމަށް ރިޔާޒްގެ އާއިލާއިން ބުނެފިއެވެ.

ރިޔާޒުގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ މިވަގުތު ޖަލުގައި ބަންދުކޮށްފައިހުރީ ފުލުހުން ތުހުމަތުކުރި މައްސަލައަކާ ގުޅިގެން ރިޔާޒްގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އެންގުމުން ފުލުހުންނާއި ފޯނު ހަވާލުނުކޮށް އަދި ފޯނު ހަވާލުކުރުމަށް އިންކާރުކުރުމުން ކަމަށާއި އަދި ޕިން ކޯޑު ދިނުމަށްވެސް އިންކާރުކުރުމުންކަމަށް ރައްޔިތުންނަށް ދޭހަވާގޮތަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވީނަމަވެސް، އެއީ މިމައްސަލައިގައި ކަންހިނގާފައިވާގޮތާ ކަނޑައެޅިގެން ޚިލާފަށް އެމަނިކުފާނު ރައްޔިތުންނަށް އޮޅުވާލެއްވުމަށް ހައްދަވާފައިވާ އިތުރުފުޅެއްކަމުގައި ދެކޭކަމަށެވެ.

ރައީސް ޔާމީން ހދ.ހަނިމާދޫ ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރިޔާޒަށް ނިސްބަތްކޮށް ވިދާޅުވީ ރިޔާޒުގެ މައްޗަށް ހުކުމެއްއައީ ގާނޫނީ މަރުހަލާގައި އެއްބާރުލުން ދޭން އިންކާރު ކުރެއްވުމުން ކަމުގައެވެ. އަދި ރިޔާޒުގެ ފޯނު ފުލުހުނަށް ދިނުމަށް ފުރަތަމަ އެކަމަށް އިންކާރު ކުރެއްވި ކަމަށާއި ފޯނު ހުޅުވަން ފަހުން ދެއްވީވެސް ނުބައި ޕިން ކޯޑެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކޯޓު އަމުރަކާއިއެކު ފުލުހުން އައިސް ފޯން ދިނުމަށް ބުނުމުން ވަގުތުން ރިޔާޒު ފޯނު ހަވާލުކުރި ކަމަށާއި އަދި ޕިން ކޯޑް ދޭން ރިޔާޒް ފުރަތަމަ ދެކޮޅު ހެއްދެވީ ކޯޓު އަމުރުގައި ޕިންކޯޑް ދިނުމަށް ނެތުމުން ކަމަށާއި ކޯޓުން އެންގުމުން ރިޔާޒު ޕިންކޯޑް ދެއްވިކަމަށްވެސް އާއިލާގެ ބަޔާނުގައި ވެއެވެ.

ރިޔާޒު ހައްޔަރުކޮށްފައިވަނީ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުން ބަންދު ކުރުމަށް ކަމަށާއި ރިޔާޒު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތަށް ހުރަސްއެޅުމަށް ކަމަށްވެސް އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން ދެކޭ ގޮތުގައި ޢަބްދުﷲ ރިޔާޒް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން ކުރާ އިސްލާޙީ މަސައްކަތުގައި ޢަބްދުﷲ ރިޔާޒް އަދާކުރާ ދައުރަށް ހުރަސް އަޅައި ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ލިބުމުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުކުރުމަށްޓަކައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރަސްމީގޮތުން ރައްޔިތުންނާ މުޚާތަބުރައްވާ ވާހަކަފުޅު ދައްކަވާ ފަހަރުތަކުގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރަކާ ގުޅޭގޮތުން މިފަދަ ހަޤީޤަތާ ޚިލާފު އިލްޒާމު އަޅުވައި ދޮގުވާހަކަ ދައްކަވަނީ ޢަބްދުﷲ ރިޔާޒާ މެދު ރައްޔިތުންގެ ހިތުގައި ނުރަނގަޅު ތަސައްވަރެއް އުފައްދައި ސިޔާސީ ގޮތުން ވަކި ކަހަލަ މަންފާއެއް ހާސިލްކުރުމަށެވެ." ރިޔާޒުގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް