Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ސީޒަން ފެށުނުއިރު، ލިވަޕޫލުން ލީގަށް ވާދަކުރާނެ ކަމަށް ޤަބޫލު ކުރި މީހުން މަދު: ސްލޮޓް

އޭނާ ބުނީ ސިޓީން ލީގަށް ވާދަ ނުކުރާ ނަމަ، ލީގު ރޭޙުގެ ކުރީގައި އޮތް ޓީމާއި، ސިޓީއާ ދެމެދު މިހާރު އޮތް ވަރުގެ ބޮޑު ފަރަގެއް އޮންނާނެ ކަމަށް އެއްވެސް މީހަކު އުންމީދު ވެސް ނުކުރާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2025 | އަންގާރަ 06:01
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

މި ސީޒަން ފެށިއިރު، ލިވަޕޫލަކީ އިނގިރޭސި ޕްރިމިއަރ ލީގަށް ވާދަކުރާނެ ޓީމެއްގެ ގޮތުގައި ޤަބޫލު ކުރި މީހުން މަދު ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އާން ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން މޮޅުވެ، ލިވަޕޫލުން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ފުޅާ ކޮށްފަ އެވެ.

ސްލޮޓް ބުނީ ސިޓީ މެޗުގެ ކުރިން އެސްޓަން ވިލާއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު އެއްވަރުވުމުން، ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވަމުން ދިޔަ ކަމަށެވެ. އެގޮތުން ލިވަޕޫލްގެ ކުޅުމާއި، އެ ޓީމުގެ ޙާލަތު ރަނގަޅު ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށް ސްލޮޓް ބުންޏެވެ.

އެހެން ނަމަވެސް، އޭގެ ތިން ދުވަސް ފަހުން ސިޓީގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދުމުން، މިއަދު އަނެއްކާ އެ ވާހަކަތައް ބަދަލުވެފައިވާ ކަމަށް ވެސް ސްލޮޓް ބުންޏެވެ.

މީގެ އިތުރުން ސްލޮޓް ބުނީ، ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މޮޅުވާން ބޭނުންވާ ނަަމަ، އަބަދު ވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ ޑިފެންސްގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށެވެ. ސްލޮޓް ޤަބޫލު ކުރާ ގޮތުގައި އެ މެޗުގައި ސިޓީ އަށް "މާބޮޑު" ފުރުސަތެއް ނުލިބެ އެވެ. އެއީ ލިވަޕޫލްގެ ޑިފެންސް ރަނގަޅުވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

ސިޓީ އަތުން މޮޅުވެ ލީގު ތާވަލްގައި ލިވަޕޫލަށް ލިބުނު ލީޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްލޮޓް ބުނީ، އެހެން ލީގުތަކުގައި އެވަރުގެ ލީޑަކުން "ފުއްދާލެވިދާނެ" ކަމަށެވެ. އެހެން ނަމަވެސް، ޕްރިމިއާ ލީގުގައި ކޮންމެ މެޗަކީ ވެސް ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި، އެތައް ޕްރެޝަރެއް ކަމަށް އޭނާ ވަނީ ސިފަކޮށްފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ސްލޮޓް ބުނީ، އަބަދު ވެސް އޭނާ އަށް އިނގޭ ކަމެއް އޮންނަ ކަމަށެވެ. އެއީ މި ސީޒަން ފެށިގެން އައިއިރު، ލިވަޕޫލް އަކީ ޕްރިމިއާ ލީގުގެ ތައްޓަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ދެކުނު މީހުން މަދުވުން ކަމަށް ސްލޮޓް ބުނެފައިވެ އެވެ.

އޭނާ ބުނީ ސިޓީން ލީގަށް ވާދަ ނުކުރާ ނަމަ، ލީގު ރޭޙުގެ ކުރީގައި އޮތް ޓީމާއި، ސިޓީއާ ދެމެދު މިހާރު އޮތް ވަރުގެ ބޮޑު ފަރަގެއް އޮންނާނެ ކަމަށް އެއްވެސް މީހަކު އުންމީދު ވެސް ނުކުރާނެ ކަމަށެވެ.

ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން އަންނަނީ މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 27 މެޗުން ލިވަޕޫލަށް ލިބެނީ 64 ޕޮއިންޓެވެ. މި ސީޒަންގެ ލީގުގައި ލިވަޕޫލް ބަލިވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
18 އެޕްރީލު 2017

34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ

18 އެޕްރީލު 2017
34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު