Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖެކް ވިލްޝެއާ

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

އާސެނަލްގައި 2018 ވަނަ އަހަރުގެ ނިޔަލަށް ވިލްޝެއާ މަޑުކުރަންޖެހޭ

ލީވާން އަލީ
ލީވާން އަލީ | 20 އެޕްރީލު 2017 | ބުރާސްފަތި 10:39
ފަޔަށް ލިބުނު އަނިޔާއިން ސީޒަން ނިންމާލަންޖެހުނު ޖެކް ވިލްޝެއާ

ފަޔަށް ލިބުނު އަނިޔާއިން ސީޒަން ނިންމާލަންޖެހުނު ޖެކް ވިލްޝެއާ

ލޯން އެއްބަސްވުމެއްގެ ދަށުން އޭއެފްސީ ބޯންމައުތަށް ކުޅެމުން އަންނަ އާސެނަލްގެ މިޑްފިލްޑަރު ޖެކް ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު އޭނާ އަށް ސީޒަން ނިމިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ވިލްޝެއާ އަށް އަނިޔާވީ ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 0-4 ގެ ނަތީޖާއިން ބޯންމައުތް ބަލިވި މެޗުގައެވެ. އެ މެޗުގައި ވިލްޝެއާގެ ވާތު ފައިގައި ވަނީ ރެނދެއް ލާފައެވެ. މި އަނިޔާއަކީ މިދިޔަ ސީޒަނުގައިވެސް ވިލްޝެއާ ކުރިމަތިލާންޖެހުނު ފަދަ އަނިޔާއެކެވެ. އެގޮތުން މިދިޔަ ސީޒަނުގައިވެސް އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހުނެވެ.

އާސެނަލް އިން ނެރުނު ބަޔާނެއްގައި ބުނީ ވިލްޝެއާގެ ފަޔަށް ލިބުނު އަނިޔާ ތަހުލީލު ކުރުމަށް ޓެސްޓުތަކެއް ހަދާ ސްކޭނެއް ކޮށްފައިވާ ކަމަށެވެ. އެ ސްކޭންތަކުން ދައްކާގޮތުގައި ވިލްޝެއާގެ ވާތުފައިގައި ރެނދެއްލާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް އާސެނަލް އިން ބުނީ މެޗަށްފަހު ނެގި އެކްސްރޭ އިން ރެނދެއް ލާފައިވާކަމަށް ނުދައްކާ ކަމަށާއި، ރެނދެއްލާފައިވާކަން އެނގުނީ ފަހުން ހެދި ސްކޭންތަކުން ކަމަށެވެ.

އާސެނަލް އިން ބުނީ ވިލްޝެއާ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭ މުއްދަތު އަދި ކަށަވަރުނުވާ ކަމަށާއި، އެހެންނަމަވެސް ކުރިޔަށް އޮތް ސީޒަން ފެށޭ ކޮޅަށް އޭނާ ފިޓްވާނެކަމަށް ބެލެވޭ ކަމަށެވެ.

ވިލްޝެއާ އަށް އަނިޔާވީ އާސެނަލްއާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމަކާ ބެހޭގޮތުން މަޝްވަރާކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އާސެނަލްއާއެކު ވިލްޝެއާ ހަދާފައިވާ އެއްބަސްވުމުގައިވާގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އޭނާ ކްލަބުގައި މަޑުކުރަން ޖެހެއެވެ.

އާސެނަލް އިން 2008 ވަނަ އަހަރު ކެރިޔަރު ފެށި ވިލްޝެއާ ވަނީ އެޓީމުގައި މިހާތަނަށް ހޭދަކުރި ނުވަ ސީޒަނުގައި 159 މެޗު ކުޅެ 12 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ބޮލްޓަންއަށް ލޯނު އެއްބަސްވުމެއްގެ ދަށުން 2009 ވަނަ އަހަރު އާސެނަލް އިން ބަދަލުވެ 14 މެޗު ކުޅެފައިވާ ވިލްޝެއާ މިވަގުތު ހުރީ ލޯން އެއްބަސްވުމެއްގެ ދަށުން އޭއެފްސީ ބޯންމައުތްގައެވެ. އެގޮތުން މިހާތަނަށް އޭނާ ވަނީ އެ ކްލަބަށް 20 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު