Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީގެ ކުޅުމާ މެދު ގާޑިއޯލާގެ ކަންބޮޑުވުމެއް ނެތް

ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ހަތަރު ސީޒަންގައި ވެސް ސިޓީން ވަނީ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ވެސް ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2025 | އަންގާރަ 06:01
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކުޅުމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، ސިޓީގެ މުސްތަޤުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވެފައި ވަނިކޮށެވެ. މި ސީޒަންގައި ސިޓީގެ ނަތީޖާތައް ދަށްވެފައިވާއިރު، އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ސިޓީ ވަނީ ބަލިވެފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންް ގާޑިއޯލާ ބުނީ، އެ މެޗުގައި ސިޓީން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. އޭނާ ބުނީ ސިޓީ އަށް ލިބޭ ފުރުސަތުތައް ނިންމުމާއި، ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމުގައި ސިޓީ އިތުރަށް ހަރުދަނާ ވާން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް، ޖުމުލަ ގޮތެއްގައި އެ މެޗުގައި ސިޓީން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި، ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ އޭނާ ހިތްހަމަ ޖެހޭ ކަހަލަ ކަންތައްތަކެއް ކަމަށް ގާޑިއޯލާ ބުންޏެވެ. މެޗުގެ ފުރަތަމަ ހާފަށް އިޝާރާތް ކުރަމުން ގާޑިއޯލާ ބުނީ، އެއީ 50-50 ގެ ހާފެއް ކަމަށެވެ.

މެޗުގެ ދެ ވަނަ ހާފަށް ބަލާއިރު، ލިވަޕޫލް ފެނުނީ ޑިފެންސްގައި ވަރަށް ވަރުގަދަކޮށް ކަމަށާއި، ސިޓީން ދިޔައީ މިދިޔަ އަހަރުތަކުގައި އެ ޓީމުން ކުރަމުން އައި މަސައްކަތް ކުރަމުން ކަމަށް ގާޑިއޯލާ ބުންޏެވެ. ޚާއްސަކޮށް އިދިކޮޅު ޓީމުގެ އޭރިޔާ ތެރެއަަށް ވަދެ، ނުރައްކާ ކުރުމަށް ސިޓީން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، ސިޓީގެ މުސްތަޤުބަލު އޭނާ އަށް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. ޚާއްސަކޮށް އަންނަ ސީޒަނާ ސިޓީން ކުރިމަތިލާެއިރު، މިހާރު ބިނާ ކުރެވޭ ޓީމެއްގެ ފުރިހަމަކަން ފެންނާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އަދި އޭނާ ބުނީ ސިޓީގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއި، ޒުވާން ކުޅުންތެރިންނާ އެކު އަދި ވެސް އެ ޓީމު ކުރިއަށް ދާނެ ކަމަށެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ހަތަރު ސީޒަންގައި ވެސް ސިޓީން ވަނީ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ވެސް ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ.

އެހެން ނަމަވެސް، މި ސީޒަންގައި ސިޓީގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ސިޓީ އާއި އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު މިހާރު 20 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް މެޗުން ބަލިވެ، ސިޓީ ވަނީ އެ މުބާރާތުން ވެސް ކަޓައިފަ އެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު