Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

މިލަންދޫ އަށް ތައުރީފް ހައްގު، ބްރޭކަށް ދިއުމުގެ ކުރިން މޮޅެއް ބޭނުން: ނިޒާމްބެ

22 އޯގަސްޓު 2017 | އަންގާރަ 14:19

މިލަންދޫ އަކީ ތޯތޯ ޓީމެއް ނޫންކަން ދައްކުވައިދީފި

ލީވާން އަލީ
ލީވާން އަލީ | 22 އޯގަސްޓު 2017 | އަންގާރަ 14:19
ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)

ށ.މިލަންދޫ އިން ދައްކަމުން އަންނަ ކުޅުމަށް ތައުރީފް ހައްގު ކަމަށާއި، ބްރޭކަށް ދިއުމުގެ ކުރިން މޮޅެއް ބޭނުންވާ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހު ހަވީރު މިލަންދޫއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ މެޗަކަށް ފަހު މެޗެއް މިލަންދޫ އިން ދައްކަމުން އަންނަ ކުޅުމަށް ތައުރީފް ހައްގު ކަމަށާއި، މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެޓީމަކީ ތޯތޯ ޓީމެއް ނޫންކަން ދައުކުވައިދީފި ކަމަށެވެ.

ނިޒާމްބެ ބުނީ މާޒިޔާއާ ދެކޮޅަށް މިލަންދޫ އިން ދެއްކި ކުޅުމަކީ ފާހަގަކޮށްލެވޭ ކުޅުމެއް ކަމަށާއި، އެކަމަށް ޓީސީން ސަމާލުވާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ އެންމެ އުނދަގޫވާނީ މިލަންދޫ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ އެހާބޮޑަށް ކުޅުން ނޭނގޭ ކުޅުންތެރިން ކަމަށާއި، އެންމެ މިނެޓަކީވެސް ދަނޑުމަތީގައި ފަސޭހަ މިނެޓަކަށް ވެގެންނުދާނެ ކަމަށެވެ.

ބްރޭކަކަށްދާއިރު މޮޅަކާއެކު ދިޔުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށްވާނެ ކަމަށާއި، ކުރިޔަށް ހުރި މެޗުތަކަށް އެކަމުގެ ސަބަބުން މޯޓިވޭޝަން އިތުރުވެގެންދާނެ ކަމަށެވެ. އެހެން ނަމަވެސް ބްރޭކެއްގައި މެޗުތަކެއް ނުކުޅެ ހަމައެކަނި ޕްރެކްޓިސްތަކެއް ކުރަންޖެހުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށް ދެކޭ ކަމަށެވެ.

މީގެއިތުރުން ނިޒާމްބެ ބުނީ ބްރޭކަށް ފަހު ނިކުންނައިރު ހުރީ ވަރަށް ވަރުގަދަ މެޗުތައް ކަމަށާއި، އެ މެޗުތަކަކީ ލީގު ހޯދުމަށް ކޮންމެހެން ޕޮއިންޓްތަކެއް ހޯދަން ޖެހޭ މެޗުތަކެއް ކަމަށެވެ.

ޓީސީ އަދި މިލަންދޫ ބައްދަލު ކުރާ މެޗު ބުދަ ދުވަހު ކުޅޭއިރު، މެޗު ފަށާނީ ހަވީރު 16:00 ޖަހާއިރެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
23 މެއި 2017

ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި

23 މެއި 2017
ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި
18 މެއި 2017

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

18 މެއި 2017
ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް
13 މެއި 2017

ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ

13 މެއި 2017
ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
28 އެޕްރީލު 2017

މިއީ ޓީސީ އަށް ހައްގު މޮޅެއް، އީގަލްސް އަށް މަސައްކަތް ނުކުރެވުނު: ޝާކިއްޓެ

28 އެޕްރީލު 2017
މިއީ ޓީސީ އަށް ހައްގު މޮޅެއް، އީގަލްސް އަށް މަސައްކަތް ނުކުރެވުނު: ޝާކިއްޓެ
16 އެޕްރީލު 2017

މިނިވަން ޗެމްޕިއަންޝިޕް: ޒޯން 2 ގެ ޗެމްޕިއަންކަން މާޅެންދޫ ބަލިކޮށް މިލަންދޫ ހޯދައިފި

16 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް: ޒޯން 2 ގެ ޗެމްޕިއަންކަން މާޅެންދޫ ބަލިކޮށް މިލަންދޫ ހޯދައިފި
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް