Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިސްޓްރީ އޮފް ޔޫތް

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޑިސެމްބަރު 2017 ގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ: ކިއު.ވަން މޯލްޑިވްސް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 13:29
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި ށ.މިލަންދޫގައި ގިނަ އިންޑޯ ކުޅިވަރުތަކެއް ހިމެނޭގޮތަށް ގާއިމްކުރާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސްޕޯޓްސް ކޮމްޕެލެކްސް އެޅުމަށް ހަވާލުކޮށްފައިވަނީ ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެގޮތުން މި އެއްބަސްވުމުގައި ސޮއިކުރެވުނު ކޮންޓްރެކްޓާ ކިއު.ވަން މޯލްޑިވްސްއާ ހދ. ކުޅުދުއްފުއްޓާއި ށ.މިލަންދޫގައި އަޅާ ދެ ސްޕޯޓްސް ކޮމްޕްލެކްސް ވަނީ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވޭ އިންޑޯ ކޮމްޕްލެކްސް އަކީ މިނިސްޓްރީގެ ބަޖެޓުން 4.6 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުކުރަން ނިންމާފައިވާ މަޝްރޫއެއްކަމަށާއި، ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގެ ފުޓްސަލް ދަނޑަކާއި، ބާސްކެޓް ކޯޓް، ނެޓްބޯޅަ ކޯޓް އަދި ވޮލީ ކޯޓުގެ މަސައްކަތް ކުރިޔަށް ގެންދަން މީގެކުރިންވެސް ނިންމާފައިވާނެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ހދ. ކުޅުދުއްފުށީގެ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް އެމް.އާރު.ޑީ.ސީއާ ހަވާލު ކޮށް އިތުރު ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރުމަށް ވާނީ ޓްރައިކޯ އިންވެސްޓްމެންޓާއި ހަވާލު ކުރެވިފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ށ. މިލަންދޫގައި ގާއިމް ކުރެވޭ އިންޑޯ ކޮމްޕްލެކްސް އަކީ މިނިސްޓްރީގެ ބަޖެޓުން 4.7 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުކުރަން ނިންމާފައިވާ މަޝްރޫއެކެވެ. އަދި ށ.މިލަންދޫގައި ފުޓުބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ނިންމާފައިވާއިރު، ވިނަ އިންދުމުގެ މަސައްކަތް ވާނީ ޓެންޑަރ ޕްރޮސެސިންގެ ތެރޭގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ށ.މިލަންދޫއަށް މިހާތަނަށްވަނީ 3 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުކުރެވިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށި އަދި މިލަދޫގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާ މި މަޝްރޫއު އަށް ކަނޑައެޅިފައިވާ މުއްދަތު ކަމަށްވާ، ޑިސެމްބަރު 2017 ގެ ނިޔަލަށް މަސައްކަތް ނިންމާލަން ހަލުވިކަމާއެކު ކުރިޔަށް ދާނެކަމުގެ ޔަގީންކަން ކިއު.ވަން މޯލްޑިވްސް އިން ވަނީ މިނިސްޓަރ އިރުތިޝާމް އަށް ދެއްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅާ ބީބީ ރަނާސްއިން ދުވުމެއް ބާއްވައިފި

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅާ ބީބީ ރަނާސްއިން ދުވުމެއް ބާއްވައިފި

04 ޖެނުއަރީ 2019
ފީފާގެ ޕްރޮޖެކްޓުގެ ދަށުން ވިނަ ދަނޑު އަޅާ ރަށްތައް އިއުލާންކޮށްފި

ފީފާގެ ޕްރޮޖެކްޓުގެ ދަށުން ވިނަ ދަނޑު އަޅާ ރަށްތައް އިއުލާންކޮށްފި

25 އޮކްޓޯބަރު 2018
ކުޅުންތެރިންގެ މުސާރަ އެފްއޭއެމުން ކަނޑައަޅާ ގޮތަށް ނިންމައިފި

ކުޅުންތެރިންގެ މުސާރަ އެފްއޭއެމުން ކަނޑައަޅާ ގޮތަށް ނިންމައިފި

04 އޮކްޓޯބަރު 2018
ފަލަސްތީން މެޗަށް ވަގުތު ހޯދަން އުޅުނިން، ބައްސާމް އަޅާ ނުލެއްވި: ގައުމީ ކޯޗު

ފަލަސްތީން މެޗަށް ވަގުތު ހޯދަން އުޅުނިން، ބައްސާމް އަޅާ ނުލެއްވި: ގައުމީ ކޯޗު

28 ނޮވެމްބަރު 2017
ސްވިސް އިންޑޯސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފެޑެރާ ހޯދައިފި

ސްވިސް އިންޑޯސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފެޑެރާ ހޯދައިފި

30 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު