Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު ބާރުވެރިކަން އިސްކުރުން

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ 2008 ވަނަ އަހަރު ކުރިން ރާއްޖެ އޮތް ހާލަތަށް ގައުމު އަނބުރާލުމަށް: ހަސަން ލަތީފް

15 ފެބުރުއަރީ 2025 | ހޮނިހިރު 08:25

55 ބިލިއަން ރުފިޔާގެ ބަޖެޓަށް ވީ ގޮތް ނޭނގޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ފެބުރުއަރީ 2025 | ހޮނިހިރު 08:25
އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ 2008 ވަނަ އަހަރު ކުރިން ރާއްޖެ އޮތް ހާލަތަށް ގައުމު އަނބުރާލުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ މިސަރުކާރާއެކު ދައުލަތް އޮތީ ބޮއްސުންލާފައިވާ ކަމަށާއި، ދައުލަތުގެ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށެވެ.

2024 ވަނަ އަހަރު 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ސަރުކާރާއި ހަވާލުކޮށްފައިވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށްކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެބަޖެޓަށް ވީ ގޮތް ނޭނގޭ ކަމަށާއި، ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. ރައްޔިތުންގެ ފައިސާއަށް ވީ ގޮތް އޮޅުން ފިލުވުމަށް މަސައްކަތް ކުރަންޖެހޭ ރައްޔިތުން މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލައި، އެ މެންބަރުންނަށް ވެސް ބަޖެޓްގެ ފައިސާއަށް ހެދިނުހެދި ގޮތް ސިއްރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީގެ ދެވަނަ މާއްދާގައި ރާއްޖެއާއި މިދައުލަތް ހިންގަންވާނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް މިސަރުކާރުގެ ބައެއް ބޭފުޅުންނާއި، ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ބޭނުންވަނީ ރައީސް މުއިއްޒަށް ހުރިހާ ބާރެއް ދިނުމަށް ކަމަށާއި، އެއީ ރައީސް މުއިއްޒު ވިސްްނުންފުޅު ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ އަދި މަސައްކަތް ކުރައްވަނީ 2008 ވަނަ އަހަރު ކުރިން ރާއްޖެ އޮތް ހާލަތަށް ގައުމު ގެންދިއުން ކަމަށެވެ.

ރައީސް މުއިއްޒުގެ މައިގަނޑު ވިސްނުމަކީ 2008 ވަނަ އަހަރުގެ ކުރިން މިރާއްޖެ މިއޮތް ހާލަތު 2008 ވަނައަހަރުގެ ކުރިން މިރާއްޖެ އޮތް ގޮތަށް މިރާއްޖެ އަނެއްކާ ވެސް އަނބުރާލުމަށް މަސައްކަތް ކުރަން. އޭގެ މާނައަކީ ރައްޔިތުން މަޖިލީހުގެ ފުލް ކޮންޓްރޯލް ރައީސް މުއިއްޒު ނަންގަވަން. ހަމައެއާއެކު މިނިވަން މުއައްސަސާތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލައްވާ ފަނޑިޔާރުންނާއި ކޯޓުތަކަކީ ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާ އެންގެވީމާ އެ އަންގަވާ ގޮތަކަށް ޝަރީއަތްކޮށް ހުކުމް ކުރަން ހުރި ތަންތަން ކަމަށް ބަދަލުކޮށް ތިޔަ ބޭފުޅުންގެ ހަޒާނާ ރައްޔިތުންގެ ހަޒާނާ ބާރުފޯރުވަން.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ މަގުމައްޗަށް ފަރިތަ ޕާޓީއެއް ކަމަށާއި، މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މަޑުން ތިބެވެން ނެތް ކަމަށެވެ. މިސަރުކާރުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ކުރަމުންދާއިރު، މަންޒަރު ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށާއި، ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުން އަޅުވެތިކޮށްފައިވާ ރައްޔިތުންގެ މަޖިލިސް ވެސް އެމްޑީޕީން މިނިވަން ކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް