Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސް

ހޮނިހިރު ދުވަހު 3 ރަހީނުން ދޫކޮށްލާނެ ކަމަށް ހަމާސް އިން ބުނެފި

14 ފެބުރުއަރީ 2025 | ހުކުރު 14:16

ހަމާސްއިން ތިން ރަހީނުންގެ ނަން ހާމަކޮށްފާ ވާއިރު، ހޮނިހިރު ދުވަހުގެ މެންދުރަށް މީހުން ދޫ ނުކޮށްފިނަމަ، އިސްރާއީލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2025 | ހުކުރު 14:16
ހަމާސްގެ އަލް-ޤައްސާމް ބްރިގޭޑްގެ މެންބަރުން، ހަމާސް އާއި އިސްރާއީލާ ދެމެދު ވެފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ބަޔަކު ދޫކޮށްލަނީ

ހަމާސްގެ އަލް-ޤައްސާމް ބްރިގޭޑްގެ މެންބަރުން، ހަމާސް އާއި އިސްރާއީލާ ދެމެދު ވެފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ބަޔަކު ދޫކޮށްލަނީ

ހުއްޓިފައިވާ ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ ނުތަނަވަސްކަން އުފެދިފައިވަނިކޮށް، ހަމާސްއިން ހޮނިހިރު ދުވަހު މިނިވަންކުރުމަށް ހަމަޖެހިފައިވާ ތިން ރަހީނުންގެ ނަންތައް ހާމަކޮށްފިއެވެ.

މިއީ އިސްރާއީލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުންނާ ބަދަލުކުރުމަށް ހަމަޖެހިފައިވާ ރަހީނުންނެވެ.

މި ތިން މީހުން ސުންގަޑި ހަމަވުމުގެ ކުރިން ދޫނުކޮށްފިނަމަ ހަނގުރާމަ އަލުން ފަށާނެކަމަށް އިސްރާއީލުން ބުނެ އިންޒާރު ދީފައިވެއެވެ. މި އިންޒާރު ދީފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެފައިވާ ކަމަށް ބުނެ ރަހީނުން ދޫކުރުން ފަސްކުރާނެކަމަށް ހަމާސްއިން ބުނުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހުގެ މެންދުރުގެ ނިޔަލަށް ހަމާސް އިން ގާޒާގައި ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫނުކޮށްފިނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލަން ޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

19 ޖެނުއަރީގައި އަމަލު ކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމިގެ ދަށުން އިސްރާއީލަށް ނިސްބަތްވާ 16 ރަހީނުން އަދި ތައިލެންޑުގެ 5 ރަހީނުން ދޫކޮށްފައިވެއެވެ. މީގެ ބަދަލުގައި އިސްރާއީލުން ހައްޔަރު ކޮށްފައި ތިބި 566 ފަލަސްތީނު މީހުން ދޫކޮށްލާފައިވެއެވެ.

ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމައިގެ ފުރަތަމަ 6 ހަފްތާގެ މުއްދަތުގައި، ޖުމްލަ 33 ރަހީނުން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ބަދަލުގައި އިސްރާއީލުގައި ހައްޔަރުކޮށްފައިވާ 1،900 އާ ގާތްކުރާ އަދަދެއްގެ ފަލަސްތީނު މީހުން ދޫކޮށްލަން ޖެހޭނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން ވަނީ 251 މީހުން ރަހީނުންގެ ގޮތުގައި ހިފަހައްޓާފައިވެއެވެ.

އޭގެ ފަހުން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި 48،230 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ގައި ހިފަހައްޓާފައިވާ މީހުންގެ ތެރެއިން 73 ރަހީނުން އަދިވެސް ޣައްޒާ ގައި ބަންދުކޮށްފައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުނީއްސުރެ ތަފާތު މައްސަލަތައް ކުރިމަތިވަމުން އައިސްފައިވެއެވެ. އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ދެފަރާތުން ވެސް ބުނެ އެކަމާ ގުޅިގެން ފިޔަވަޅުތައް އަޅަމުން ގެންގޮސްފައިވެއެވެ. މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ އެމެރިކާ، މިސްރު އަދި ޤަޠަރުގެ ބުރަ މަސައްކަތުން އެއްބަސްވުން އުވާލުން އަދި މީހާތަނަށް ވަނީ ހުއްޓުވާފައެވެ.

އަނެއްކޮޅުން، އެއްބަސްވުމުގެ ޝަރުޠުތަކުގެ ދަށުން ޣައްޒާ އަށް އެތެރެކުރަން ޖެހޭ ކަމަށް ހަމާސް އިން ބުނާ އަދަދަށް ޓެންޓުތަކާއި އެހީގެ ލޮރީތައް ވެއްދުން އިސްރާއީލުން ހުއްޓުވާ ކަމަށް ހަމާސް އިން ތުހުމަތުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް