Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ މޭޔަރު ކަމުގައި ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރަން 11 މިލިއަން ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ މަސައްކަތް ނުނިމެނީސްކަން ފަޅާއަރައިފި

ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރަން ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނީ މަސައްކަތް ނުނިމެނީސް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 ފެބުރުއަރީ 2025 | ހުކުރު 14:05
ރައީސް ޑރ. މުހައްމަދު މުއިއްޒު, މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނެވި އިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު, މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނެވި އިރު

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރަން އަމިއްލަ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވަނީ އެ މަސައްކަތް ނުނިމެނީސްކަން ފަޅާއަރައިފި އެވެ.

މިކަން ފަޅާއެރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ހުރިހާ" އިން ހޯދަން އެދުނު މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ދިނުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

އަމިއްލަ ކުންފުންޏެއްކަމަށް ބުނާ އެ ކުންފުންޏާއި މަސައްކަތް ހަވާލުކުރީ 1161000 ރުފިޔާއަށް ކަމަށް ސިޓީކައުންސިލުން ބުންޏެވެ. ނަމަވެސް އެ ފައިސާ ދީފައިވަނީ މަސައްކަތް ނުނިމެނީސް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ދާދިފަހުން ހައުސިންގ މިނިސްޓްރީ ހިންގި އިމާރާތުގައި ހިންގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ޝެކްޝަނެއް ހިންގި އިމާރާތައް އަލިފާނުގެ އަސަރުކޮށް މާލޭގެ ރައްޔިތުންގެ ގޯތީގެ ރެޖިސްޓްރީ ފަދަ މުހިންމު ލިޔެކިޔުންތައް ވަނީ އަނދައި އަޅިއަށް ވެފައެވެ.

އެހެންކަމުން މިއީ ބައަކަށް ނާޖާއިޒް ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ހިންގާފައިވާ ބޮޑު ކޮރަޕްޝަނުގެ އަމަލެއްކަމަށް ބެލެވެއެވެ.

ރައީސް މުއިއްޒުގެ މި ވަރިކަމުގައިވެސް މިފަދަ ބޮޑެތި ގިނަ ކޮރަޕްޝަންތަކުގެ މައްސަލަތަކެއް ފެންމަތިވެ، އެމަނިކުފާނަށް މި ކޮރަޕްޝަނުގެ ތުހުމަތުތަކުގެ އިނގިލި ގިނަ ބަޔަކު ދަނީ ދިއްކުރަމުންނެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު