Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޖަލްސާ

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

ރާއްޖޭގައި ގެއެއްގެ ކަރަންޓް ބިލް އެވްރެޖްކޮށް ވަނީ 6000 ނުވަތަ 7000 އަރާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ފެބުރުއަރީ 2017 | ހުކުރު 03:40
އަމީރު އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ

އަމީރު އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑަށް މަސައްކަތްކޮށްފައި ވަނީ ދީނީ ވަހުދަތު އާލާކުރުމަށް ކަމަށާއި އެކަން ހާސިލް ކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު އަމީރު ވިދާޅުވެއްޖެ އެވެ.

ގދ ތިނަދޫގައި ބޭއްވި ޖަލްސާގާ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވަނީ ރާއްޖޭގާ ދީނީ ވަހުދަތާއި އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށެވެ. އެކަން ހާސިލް ކުރެވޭނީ ބޯހިޔާވަހިކަމަށް ހައްލު ހޯދާދީގެންނާއި ރައްޔިތުން ސަލާންޖެހުން ނައްތާލެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަމީރު ވިދާޅުވީ، މި ސަރުކާރުން ވެސް ދީނީ ވަހުދަތު ގާއިމް ކުރަން ބޭނުންވާ ނަމަ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

"މި ސަރުކާރު ވެރިކަމަށް އައިފަހުން މިވަނީ ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުވެ، އިގްތިސާދީ ގޮތުން ދަތިތަކާ ކުރިމަރިވެފަ. ފަރުދީ ހައްގުތައް ކުޑަކުރެވިފައިވަނީ. ބޭނުން ވާހަކައެއް ދެއްކޭނެ ފުރުސަތެއް ނެތް" އަމީރު ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި މުއްސަދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު އެ މަންޒަރު އެއްވެސް ވަރަކަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު މިފެނިގެންދަނީ އެވްރެޖުކޮށް ގެއެއްގެ ކަރަންޓު ބިލު 6000 ނުވަތަ 7000 ރުފިޔާ އަރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާ އިރު ރައީސް ޔާމީން ސަރުކާރުން ރާއްޖެއަށް ގެނައި އިންވެސްޓެއް ނެތް ކަމަށް އަމީރު ވިދާޅުވި އެވެ. މި ސަރުކާރުން ރާއްޖޭގެ ރަށްތަކާ ގިރިތައް ވިއްކާލަމުންދާ އިރު ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ ކަމެއް ކުރަނީ ލޯނު ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވަނީ ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލަމުންގެންދާކަން ފާހަގަކޮށް، ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު