Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޔޫއޯ

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017 | ބުރާސްފަތި 03:21

ވަޒީފާގެ ބަޔާނުގައި ކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްފައިވާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 23 ފެބުރުއަރީ 2017 | ބުރާސްފަތި 03:21
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މެމްބަރު ޝިދާތާ ޝަރީފް

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މެމްބަރު ޝިދާތާ ޝަރީފް

ވެރިކަން ކުރާ ޕީޕީއެމުން ވަޒީފާގެ ބިރު ދައްކައިގެން އެޕާޓީއަށް ސޮއިކުރަަން މަޖުބޫރު ކުރަމުން ދާއިރު، އެކަންކަމަށް އަމާންދީފިނަމަ މާދަމާވެސް ތިބެން ޖެހޭނީ އަޅުވެތިކަމެއްގައި ކަމަށް އަދާލަތުގެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ "ވަޒީފާގެ ނާމާންކަން" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝިދާތާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާގެ ބިރު ދައްކައިގެން ސިޔާސީ ހަރަކާތަކުގައި ބައިވެރިކުރުމަށް މަޖުބޫރުކުރާއިރު އެކަމާ ދެކޮޅު ހަދަންޖެހޭ ކަމަށެވެ. ގާނޫނު އަސާސީ ކަނޑައެޅިގެން މުޅިން ހިލާފަށް ކުރާ އެފަދަ ކަންކަމަށް ތަބާވެއްޖެނަމަ އެކަމުގެ ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސަރުކާރުގެ މުވައްޒިފުނަކީ ޝިދާތާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ މުވައްޒިފަކު މަސައްކަތް ކުރާ މުވައްސަސާއެއްގައި ނުވަތަ އޮފީހެއްގައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ. އެއްވެސް ހާލެއްގައި އެ މުވައްޒިފަކުންނަކީ ޕީޕީއެމްގެ ޖަލްސާތަކުގައި ބައިވެރިވާންޖެހޭ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިދަތާ ވިދާޅުވީ ވަޒީފާ ދޭއިރު ވަޒީފާގެ ބަޔާނުގައި އެމީހެއް ކުރަންޖެހޭ މަސައްކަތްތަށް ބަޔާންކޮށްފައިވާ ކަމަށެވެ. ޕީޕީއެމްއަށް ވަންނަން ދެކޮޅު ހަދައިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އިއްތިހާދުގެ ވެރިކަމެއްގައި ވަޒީފާ އަލުން ހޯދައިދޭނެ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ. ވަޒީފާގެ ބިރުދައްކައިގެންނާއި ސިޔާސީ ހަރަކާތަކުގައި ބައިވެރިވާން މަޖުބޫރުކުރާ މައްސަލަ މަސައްކަތް ތެރިންގެ ޙައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށައެޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު 13:00 ގައި

27 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު 13:00 ގައި
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް