Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ނޯމަލައިިޒިން ކޮމެޓީގެ ޗެއާމަންކަމުން ޒުހޫރު ވަކިކޮށްފި

ފީފާ އިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމުން އަޙުމަދު ޒުހޫރު ވަކި ކުރުމަށްފަހު، ޗެއާމަން ކަމަށް ވަނީ މުޢިއްޒު ހަމަޖައްސައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2025 | ހޮނިހިރު 03:27
އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން ކަމުގައި ހުރި އަޙުމަދު ޒުހޫރު

އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން ކަމުގައި ހުރި އަޙުމަދު ޒުހޫރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމުގެ މަގާމުން އަޙުމަދު ޒުހޫރު ވަކި ކޮށްފި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖޭގެ ފުޓުބޯޅަ ނޯމަލައިޒިން ކުރަން ނިންމާފައި ވަނީ މިދިޔަ އަހަރު އެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒިން ކޮމެޓީ އެއް އައްޔަންކޮށް، ފުޓުބޯޅައިގެ ކަންކަން ވަނީ އެ ކޮމެޓީއާ ހަވާލު ކޮށްފަ އެވެ.

ފީފާ އިން އައްޔަން ކުރި ނޯމަލައިޒިން ކޮމެޓީގައި ހިމެނުނު ފަސް މެމްބަރުންނަކީ ޒުހޫރުގެ އިތުރުން، ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އަޙުމަދު މުޢިއްޒު، އިސްމާއީލް ސިމަން، ފަރީޙާ ޝަރީފް އަދި އަޙުމަދު އަލީ އެވެ. އަދި އެ ކޮމެޓީގެ ޗެއާމަނަކަށް ހަމަޖެއްސީ ޒުހޫރު އެވެ.

ނަމަވެސް ފީފާ އިން ވަނީ އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމުގެ މަގާމުން ޒުހޫރު ވަކި ކުރަން ނިންމައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާ އިން އެ ނިންމުން ނިންމީ، ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތައް އެންްމެ އެކަށީގެންވާ ފެންވަރުގައި އަދި އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ނުދާތީ އެވެ. ޒުހޫރުގެ އިތުރުން ފީފާ އިން ވަނީ އަޙުމަދު އަލީ ވެސް އެ ކޮމެޓީން ވަކިކޮށްފަ އެވެ.

އެއާއެކު މިހާރު އެ ކޮމެޓީގައި ތިއްބަވާނީ ތިން މެމްބަރުންނެެވެ. އެއީ މުޢިއްޒުގެ އިތުރުން، ސިމަން އަދި ފަރީޙާ އެވެ. އަދި ފީފާ އިން ވަނީ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަކަށް މުޢިއްޒު ހަމަޖައްސައިފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީ އަށް ފީފާ އިން ހަވާލު ކޮށްފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، އެފްއޭއެމް ހަމަ މަގަށް އެޅުވުމާއި، އެ އިދާރާގެ އިންތިޚާބު ބޭއްވުމުގެ އިތުރުން، ދެން ވެސް ފުޓުބޯޅައާ ގުޅުން ހުރި ކަންކަން ކުރުމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، އެ ކޮމެޓީ އަށް އޮތީ ބޮޑެތި މަސްއޫލިއްޔަތުތަކެއް ހަވާލު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި

18 އޮކްޓޯބަރު 2017
ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި
28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
11 ސެޕްޓެމްބަރު 2017

ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި

11 ސެޕްޓެމްބަރު 2017
ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި
12 ޖުލައި 2017

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު