Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުލުހުންގެ އިހުމާލު

އިޝާރާތުން ޝިމާން ކިޔާދިނީ "ބިޑި އަޅާފަ ބެހެއްޓުމުން އިތުރަށް ތަދުވި ވާހަކަ"

10 ފެބުރުއަރީ 2025 | ހޯމަ 11:50

ހޮނިހިރު ދުވަހު ހެނދުނު އަލީ ޝިމާން ނަސީރު (41އ.) ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކްސިޑެންޓެއް ވެގެންނެވެ. އިޝާރާތުން އެއްޗެއް ބުނެދެވޭ މިންވަރު ވުމާއި އެކު ފުރަތަމަ ވެސް އޭނާ ބުނެދިނީ ބިޑި އެޅުވުމުން ވީ ތަދުގެ ވާހަކައެވެ،

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ފެބުރުއަރީ 2025 | ހޯމަ 11:50
އަލީ ޝިމާން ނަސީރު (41އ.)

އަލީ ޝިމާން ނަސީރު (41އ.)

މިއީ އަލީ ޝިމާން ނަސީރު (41އ.) އޭނާގެ އެކްސިޑެންޓަށް ފަހު އާއިލާ އާއި ހިއްސާކުރި ފުރަތަމަ ވާހަކައެވެ، ހޮނިހިރު ދުވަހު ހެނދުނު ސްޓްރޯކެއް ޖެހުމުން އެކްސިޑެންޓްވި ޝިމާން އެކްސިޑެންޓުގެ ސީނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަމަލު ކުރި ގޮތުގައި އިހުމާލުގެ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އެހެންކަމަށް ވާއިރު ޝިމާންގެ އާއިލާ އިން ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ހޯމަ ދުވަހު ބުނީ، ހޯމަ ދުވަހު ހެނދުނުން ފެށިގެން އޭނާ އައީ ކޮންވެސް ވާހަކަ އެއް އާއިލާ ކައިރީގައި ބުނުމަށް މަސައްކަތްކުރަމުން ކަަމަށެވެ. ނަމަވެސް އޭނާ އަށް ޖުމްލަ އެކުލަވާލައިގެން ވާހަކަ ނުދެއްކޭތީ އިޝާރާތުން ވާހަކަ ދައްކަން މަސައްކަތް ކުރަމުން އައި ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތުދިން މީހާ ވަނީ ބުނެފައެވެ.

މި ނޫހަށް އޭނާ ކިޔާދިން ގޮތުގައި ޝިމާން އަށް އޭނާ ބުނެދޭން އުޅޭ ވާހަކަ ބުނެދެވުނީ ވަރަށް އުނދަނގުލުންނެވެ. އެހެންނަމަވެސް ތަކުރާރުކޮށް ސުވާލުކޮށްގެން ޝިމާން ދައްކަމުން ދިޔަ ވާހަކަ ފަހުމުވާވަރުވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ބިޑި އަޅުވާފައި ހުރި ވާހަކަ އާއި ކުރިމައްޗަށް ވާގޮތަށް ބިޑި އެޅުވުމުން އިތުރަށް ތަދުވި ކަމަށް ޝިމާން ވަނީ އޭނާގެ އާއިލާ އަށް ކިޔާދީފައެވެ. އަދި ބިޑިއަޅުވާފައި އިށީނދެފައި ހުރުމުން އޭނާ އަށް އިތުރަށް އުނދަނގޫވި ކަމަށް ވެސް އިޝާރާތުން އޭނާ ވަނީ ކިޔާދީފައެވެ.

ޝިމާން އާއި މުއާމަލާތުކޮށްގެން އޭނާ އަށް އެކްސިޑެންޓް ހިނގި ގޮތް އެނގޭތޯ އޭނާގެ އާއިލާ އިން ވަނީ ސާފުކުރުމަށް މަސައްކަތް ކޮށްފައެވެ. އެކްސިޑެންޓްވިކަން އެނގޭތޯ އާއި އެކަން ހިނގީ ކިހިނެތްތޯ އާއިލާއިން ސުވާލުކުރުމުން ޝިމާން ވަނީ އެކްސިޑެންޓްވީ އޭނާގެ ބޮލަށް ތަދުވެގެން ކަމަށް ކިޔާދީފައެވެ.

ޝިމާން އާއި ވާހަކަދެއްކުމުން އޭނާގެ ކުޑަކަމުދާތަކެތި ނެގީވެސް ފުލުހުން އޭނާ ގެންގޮސްގެން ކަމަށާއި އޭނާގެ ބަލި ހާލަތު ހުރީ އަމިއްލަ އަށް ކުޑަ ކަމުދާތަކެތި ދެވޭ މިންވަރުގައި ނޫން ކަަމަށް އެނގިފައިވާކަން އޭނާގެ އާއިލާއިން ހާމަކުރެއެވެ. އެހެންކަމުން އެ މިންވަރުން ވެސް ފުލުހުން އޭނާގެ ބަލި ހާލަތު ހުރި ގޮތް ބަލަން ނޫޅުނު ސަބަބާއި މެދު އާއިލާ އިން ވަނީ ސުވާލު އުފައްދާފައެވެ.

ޝިމާން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ހެނދުނުގެ 10:30 އެހާކަށް ހާއިރެވެ.އަދި އޭނާ ދޫކޮށްލި އިރު ހުރީ އިރު އޮއްސެން ކައިރިވެފައެވެ. ޝިމާންގެ އާއިލާ އިން ބުނާގޮތުން އޭނާގެ މެޑިކަލް ރިޕޯޓްތަކުން އެނގޭ ގޮތުން އޭނާ އަށް ސްޓްރޯކް ޖެހިފައި ވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ 4 ވަރަކަށް ގަޑި އިރު ކުރިންނެވެ. އެހެންކަމުން އޭނާ އަށް ސްޓްރޯކް ޖެހުނީ އުޅަނދު ދުއްވަން އިންދާކަން އެނގެއެވެ. އަވަހަށް ހޮސްޕިޓަލަށް ގެންދެވުނު ނަމަ އޭނާގެ ރިކަވަރީގެ ފުރުސަތު އެތައް ގުނައެއް އަވަސްވީސް ކަމަށް ޑޮކްޓަރުން ބުނާ ކޮންމެ ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ހުންނަން ޖެހުނު ވަގުތު ކަންކަން ވެގެން ދިޔަ ގޮތާއި މެދު އާއިލާގެ ހިތުގައި އޮތް ނުތަނަވަސް ކަން ވަނީ އިތުރެވެ.

ސަބަބަކީ ޝިމާން ވާހަކަ ނުދައްކާ ކަމަށާއި، ކުޑަކަމުދާތަކެތި ނުދޭކަމަށް ބުނެ އެތައް އިރެއް ވަންދެން ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓާފައި ހުރުމުން އޭނާ އަށް ނަފްސާނީ ގޮތުން ވެސް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުމެވެ. ޝިމާންގެ އާއިލާ އިން ބުނާ ގޮތުން ޝިމާން އަށް އެއްކޮށް ވާނުވާ ނޭނގޭ މިންވަރަށް ހާލަތު ގޯސްވި ކަމަށް އޭނާ ބުނަނީ މެންދުރު 2 ޖެހި ފަހުންނެވެ. އެހެންކަމުން ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރުވެސް ސްޓްރޯކެއް ޖެހިފައި ހުރިކަން ދެނެ ނުގަނެވުނީ ބަލަންވާ މިންވަރަށް ނުބެލުމުން ނޫންތޯ އާއިލާއިން ސުވާލު އުފައްދައެވެ. މީގެ އިތުރުން ޝިމާން މަސްތުވާތަކެތި ބޭނުންކޮށްގެން ނެތްކަން އެނގުމަށް ފަހު ވެސް ގާތްގަނޑަކަށް 3 ގަޑި އިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހުނު ސަބަބައި މެދު އާއިލާއިން ވަކިން ބޮޑަށް ސުވާލު އުފައްދައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ސަރުކާރުގެ އިތުރު ބައެއް މީހުންގެ ސަމާލުކަމަށް ވެސް މި މައްސަލަ ޝިމާންގެ އާއިލާއިން ވަނީ ގެނެސްފައެވެ. އެހެންނަމަވެސް ޝިމާންގެ ސިއްހީ ޙާލަތު އިތުރަށް ގޯސްވީ، 5 ގަޑި އިރު ވަންދެން އޭނާގެ އާއިލާއިން އޭނާ ސިއްހީ ފަރުވާ ހޯދަން ގެންގޮސްދޭތޯ އެކި ގޮތްގޮތަށް އާދޭސްކުރުމުން ވެސް އެކަމަށް އިޖާބަ ނުދީވަނިކޮށެވެ.

މީގެ އިތުރުން ޝިމާންގެ އާއިލާ އިން އޭނާ އާއި ބައްދަލުކުރަން އެދުމުން ފުލުހުން ވަނީ ބަންދުގައި ހުންނަ މީހަކާއި ބައްދަލުކުރެވޭނީ ފޯމު ހުށަހަޅައިގެންކަން ފާހަގަކޮށްފައެވެ. އަދި ފޯރމު ހުށަހެޅުމުން ބަންދު ދުވަހަކަށް ވުމުން އޭނާ އާއި ބައްދަލު ނުކުރެވޭނެ ކަމަށް އާއިލާ އަށް އެންގިއެވެ. ޝިމާން އަށް ވަކީލެއްގެ ފުރުސަތު އޮތްތޯ އާއިލާއިން ސުވާލުކުރުމުން އެ ފުރުސަތު ޝިމާން އަށް ފުލުހުން ފޯރުކޮށްދިން ކަމަށާއި ޝިމާން އެކަމަށް އެއްޗެކޭ ނުވުނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ސްޓްރޯކެއް ޖެހިފައި ހުރުމުން ޝިމާން އަށް ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ދެވިފައެއް ނުވެއެވެ.

މީގެ އިތުރުން ޝިމާންގެ އާއިލާއިން އޭނާގެ ހާލު ބަލަން ދިޔައިރު ފުލުހުން އާއިލާއި ކުރި މުއާމަލާތުތަކާއި، ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ފުލުހުން ސީނަށް އެޓެންޑުވީ ވެސް މަސްތުގެ ހާލަތުގައި ހުރެ މީހަކު އުޅަނދެއް ދުއްވިކަމަށް ބަލައިގެން ކަން އެނގެއެވެ. އަދި ޝިމާން މަސްތުގެ ހާލަތުގައި ނެތްކަން އެނގުމުން ވެސް ފަހުން ފުލުހުން މީޑިއާ އަށް ދިން މެސެޖުގައި ވެސް މަސްތުގެ ހާލަތުގައި ހުރި މީހަކު އުޅަނދު ދުއްވި ކަމަށް ބުނެ މެސެޖު ފަށާފައި ވުމުން ފުލުހުންގެ ޕްރޮފެޝަނަލިޒަމާއި މެދު އާއްމުން ދަނީ ފާޑުކިޔަމުންނެވެ.

އެހެންކަމަށް ވާއިރު ޝިމާން ޕޮލިސް ސްޓޭޝަނަށް ވަތް އިރު ވެސް "ވަނީ އަރިއަކަށް ހުރެގެން ކަމަށާއި، އެއީ ބޮއެގެން ހުރުހުމުން ނޫންހޭ" ބުނެ ފުލުހުން އޭނާގެ އާއިލާ އާއި ވެސް މުއާމަލާތު ކުރީ ޝިމާން ހުރީ މަސްތުގެ ހާލަތުގައި ކަމަށް ދޭހަވާ މޭރުމަކުންނެވެ. އެހެންކަމުން ޝިމާން އަށް ދޭންޖެހޭ އަޅާލުމާއި ފަރުވާ ދިނުމަށް އާއިލާއިން ތަކުރާރުކޮށް އެދުމުން ވެސް އެކަން ކޮށް ނުދިން ސަބަބާއި މެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މި މައްސަލަ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2025

ބިޑި އޮޅައިގެން ވާކަށް ނެތެވެ! ނޯޅައި ވެސް ވާކަށް ނެތެވެ!

26 ޖެނުއަރީ 2025
ބިޑި އޮޅައިގެން ވާކަށް ނެތެވެ! ނޯޅައި ވެސް ވާކަށް ނެތެވެ!
07 އޮކްޓޯބަރު 2024

ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް

07 އޮކްޓޯބަރު 2024
ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް
08 ސެޕްޓެމްބަރު 2024

ސާދިޔާ އާއި ޑރ ޝަޒްރާގެ އަތުގައި އެޅުވި ބިޑި އެމީހުންގެ މަގްސަދަށް ލިބުނު އެންމެ ބޮޑު ކާމިޔާބަށް

08 ސެޕްޓެމްބަރު 2024
ސާދިޔާ އާއި ޑރ ޝަޒްރާގެ އަތުގައި އެޅުވި ބިޑި އެމީހުންގެ މަގްސަދަށް ލިބުނު އެންމެ ބޮޑު ކާމިޔާބަށް
10 މެއި 2023

އުއިގުރު މުސްލިމުންގެ ފޯނަށް ޤުރުއާން އަޅާފައިވާނަމަ އެއީ އެކްސްޓްރީމިސްޓުން ކަމަށް ޗައިނާ ސަރުކާރުން ބަލާ

10 މެއި 2023
އުއިގުރު މުސްލިމުންގެ ފޯނަށް ޤުރުއާން އަޅާފައިވާނަމަ އެއީ އެކްސްޓްރީމިސްޓުން ކަމަށް ޗައިނާ ސަރުކާރުން ބަލާ
26 މެއި 2022

ރާއްޖޭގައި ގަސްބޯ ޖަންގަލި އޮތް ރަށްތައް އެގޮތުގައި ދެމެހެއްޓުމަށް އަޅާފައިވަނީ ކޮންފިޔަވަޅުތަކެއް؟

26 މެއި 2022
ރާއްޖޭގައި ގަސްބޯ ޖަންގަލި އޮތް ރަށްތައް އެގޮތުގައި ދެމެހެއްޓުމަށް އަޅާފައިވަނީ ކޮންފިޔަވަޅުތަކެއް؟
26 ފެބުރުއަރީ 2022

ހަނގުރާމަ އާއިއެކު ދުނިޔެއިން ރަޝިޔާއަށް އަޅާފައިވާ ފިޔަވަޅުތައް

26 ފެބުރުއަރީ 2022
ހަނގުރާމަ އާއިއެކު ދުނިޔެއިން ރަޝިޔާއަށް އަޅާފައިވާ ފިޔަވަޅުތައް
10 ޑިސެމްބަރު 2020

ގަލު އަޅާފައިއޮތް މަސްވެރިންގެ ޒަމާންވީ ޝަކުވާ، ބުޅި ކަނޑާލުމަށްފަހު، ޙަޤީގަތާ ދިމާއަށް؟

10 ޑިސެމްބަރު 2020
ގަލު އަޅާފައިއޮތް މަސްވެރިންގެ ޒަމާންވީ ޝަކުވާ، ބުޅި ކަނޑާލުމަށްފަހު، ޙަޤީގަތާ ދިމާއަށް؟
26 އެޕްރީލު 2019

ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތަކެއް!

26 އެޕްރީލު 2019
ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތަކެއް!
22 ސެޕްޓެމްބަރު 2018

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

22 ސެޕްޓެމްބަރު 2018
ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ
26 އެޕްރީލު 2018

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

26 އެޕްރީލު 2018
ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް