Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ބިޑި އޮޅައިގެން ވާކަށް ނެތެވެ! ނޯޅައި ވެސް ވާކަށް ނެތެވެ!

26 ޖެނުއަރީ 2025 | އާދީއްތަ 07:27

މީގެ ދެ ދުވަހެއް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވީތީ އަޑު އެހީމެވެ. ސިނގިރޭޓު ނުވަތަ ދުންފަތުން ނަގާ ޑިއުޓީ އަކީ "ކަޑަ" އެއްޗެކެވެ. އޭގެން ލިބޭ ފައިސާ ރައްޔިތުން ބޭނުން ކުރާކަށް ނުވާނެޔޯ އެވެ. އެހެންޏާ ފަހެ، އޭގެއިން ނަގާ ޑިއުޓީން ލިބޭ ފައިސާ މާލީ ވުޒާރާގެ ހިސާބުގެ ތެރޭގައި ނުހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2025 | އާދީއްތަ 07:27
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މީގެ ދެ ދުވަހެއް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވީތީ އަޑު އެހީމެވެ. ސިނގިރޭޓު ނުވަތަ ދުންފަތުން ނަގާ ޑިއުޓީ އަކީ "ކަޑަ" އެއްޗެކެވެ. އޭގެން ލިބޭ ފައިސާ ރައްޔިތުން ބޭނުން ކުރާކަށް ނުވާނެޔޯ އެވެ. އެހެންޏާ ފަހެ، އޭގެއިން ނަގާ ޑިއުޓީން ލިބޭ ފައިސާ މާލީ ވުޒާރާގެ ހިސާބުގެ ތެރޭގައި ނުހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ޑިއުޓީގެ ގޮތުގައި ދައުތަލަށް ނަގާ ފައިސާ، މާލީ ވުޒާރާގެ ހިސާބުގެ ތެރޭގައި ނުހިމަނައި، ދެން އެ ބަހައްޓަންވީ ކޮންތާކު ހެއްޔެވެ؟ އެއީ "ކަޑަ" އެއްޗަކަށް ވެފައި، ރައްޔިތުން އެ ބޭނުން ކުރަން ނުވާތީ އެ ބަހައްޓަވަންވީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އަތްޕުޅުގައި ހެއްޔެވެ؟ ނުވަތަ މަނިކުފާނުގެ އަމިއްލަ ގެކޮޅުގައި ހެއްޔެވެ؟ ރައީސެވެ. ތިޔަ އުޅުއްވަނީ ބީރުބޮލު ވަޒީރު ރަސްގެފާނަށް ދިން ކަހަލަ "ހަޓުކާ" އެއް ދިވެހި ރައްޔިތުންނަށް ދެއްވަން ހެއްޔެވެ؟

ގަނޑުވަރު ތެރޭގައި އާރާއި، ބާރާއި، ލައްޒަތާއެކު އުޅުއްވިޔަސް، ރައްޔިތުންނަށް ކަންކަން އޮޅުވާލަން މަސައްކަތް ނުކުރާށެވެ. މިއަހަރުގެ ބަޖެޓުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ އެކައްޗެއްގެ ގޮތުގައި ސިނގިރޭޭޓުން ނަގާ ޑިއުޓީގެ ވާހަކަ ޖެއްސެވީ މަނިކުފާނުމެންގެ ގަނޑުވަރު ތެރޭގައި މަޝްވަރާކޮށްގެން ނޫން ހެއްޔެވެ؟ އެގޮތަށް ޖަހައި، ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު ފާސްކޮށްފައި އޮއްވާ، އެއީ "ކަޑަ" އެއްޗެއް ކަމަށް ތިޔަ ވިދާވަނީ ކާކަށް، ކޮން ކަމެއް އޮޅުވާލަން ހެއްޔެވެ؟ ބާކީ ކޮން ހުވަފެނެއް ނުދެއްކި އޮތަތީ ހެއްޔެވެ؟

އެހެން ވާހަކަ އެެކެވެ. ހުސްވި 2024 ވަނަ އަަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޞިއްހަތާ ބެހޭ ވުޒާރާ އިން، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ސިޓީއެއް ފޮނުވައި އެންގި އެވެ. އެ ސިޓީގައި ބުނެފައި ވަނީ އަލަށް ގެނައި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ޤާނޫނުގެ 42 ވަނަ މާއްދާގެ (ދ)ގައި ބުނެފައިވާ ބާވަތްތައް ކަމަށެވެ.

ޤާނޫނުގެ އެ މާއްދާއަށް ބަލާއިރު، "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ، ދުންފަތާއި ދުންފަތުގެ ތަނޑި އާއި، ނިކޮޓިން އާއި، ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހަފައިގެން ނުވަތަ ބޮއެގެން ނުވަތަ ވަސް ދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތް ކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތް ކަމަށެވެ.

މި ސިޓީ ފޮނުވާފައި ވަނިކޮށް، ރާއްޖެ އަށް އެތެރެ ކުރި ބިޑި އަނބުރާ ދުންފަތުގެ ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފެހެއްޓި އެވެ. އެއީ ޞިއްޙަތާ ބެހޭ ވުޒާރާ އިން ފޮނުވާފައިވާ ސިޓީގައި އެފަދަ ބާވަތްތައް ނައްތާލަން ވެސް އަންގާފައި އޮތަތީ އެވެ. އެކަން އެހެން އޮއްވާ ފިނަ އަދަދެއް ޒުވާނުން އެކަމާ ދެކޮޅު ހެދި ދަނޑިވަޅަކާއި، އިދިކޮޅު މައި ޕާޓީން 31 ވަނަ ދުވަހު މުޒާހަރާއެއް ރޭވި ރޭވުމާ ވެސް ދިމާވީ އެއް ދަނޑުވަޅަކާ އެވެ. އެއާއެކު އެ ސިޕްމަންޓު ދޫކޮށްލީ އެއީ ޤަނޫނީ ގޮތުން ހިފަހައްޓާފައި ބެހެއްޓޭނެ ތަކެތި ނޫން ކަމަށް ބުނެ އެވެ. އެކަން ކަސްޓަމްސް އިން ވެސް ވަނީ ހާމަކޮށްފަ އެވެ.

ދެން އުފެދުނު ސުވާލަކީ ޞިއްޙަތާ ބެހޭ ވުޒާރާ އިން ކަސްޓަމްސް އަށް އެ ސިޓީ ފޮނުވީއިރު، އެއީ ޤަނޫނީ ގޮތުން ކުރެވޭނެ ކަމެއްކަން އިނގިނުލައްވަނީ ބާ އެވެ؟ ޚުދު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެކަން އެނގިވަޑައި ނުގަންނަވަނީބާ އެވެ؟ މިހެން މި ދެންނެވީ ޞިއްޙަތާ ބެހޭ ވުޒާރާ އިން އެފަދަ އެންގުމެއް އަންގާއިރު، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅެއް ވެސް ހޯއްދަވާނެތީ އެވެ!

ސަރުކާރާއި ރައީސް މި ހައްދަވާ އެއްޗަކުން ސާފު ނުވެ އޮތީ އެހެން ކަމެކެވެ. ބިޑި އޮޅައިގެން ވާކަށް ނެތެވެ! ނޯޅައި ވެސް ވާކަށް ނެތެވެ!

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2019

ޒުވާނާ ބުނި ބަހަށް ސަމާލުކަން ދިންނަމަ މިއަދު މާޔޫސް ވާކަށް ނުޖެހުނީސް ނޫންތޯ؟

20 ސެޕްޓެމްބަރު 2019
ޒުވާނާ ބުނި ބަހަށް ސަމާލުކަން ދިންނަމަ މިއަދު މާޔޫސް ވާކަށް ނުޖެހުނީސް ނޫންތޯ؟
26 ޖުލައި 2019

އެފްއޭއެމްއަށް ބަވައިގެން ވާކަށް ނެތް!

26 ޖުލައި 2019
އެފްއޭއެމްއަށް ބަވައިގެން ވާކަށް ނެތް!
01 ނޮވެމްބަރު 2018

ރައީސް ނަޝީދު އެވެ. ތިވަރެއް ހަމަ ނެތެވެ!

01 ނޮވެމްބަރު 2018
ރައީސް ނަޝީދު އެވެ. ތިވަރެއް ހަމަ ނެތެވެ!
13 އޯގަސްޓު 2018

ޝަހީމް ދެން ތިހާވަރު ވާކަށް ނުވާނެ ނޫންތޯ؟

13 އޯގަސްޓު 2018
ޝަހީމް ދެން ތިހާވަރު ވާކަށް ނުވާނެ ނޫންތޯ؟
28 ނޮވެމްބަރު 2017

ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

28 ނޮވެމްބަރު 2017
ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!
26 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!
18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
20 އެޕްރީލު 2017

ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

20 އެޕްރީލު 2017
ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް