Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސާދިޔާ އާއި ޑރ ޝަޒްރާގެ އަތުގައި އެޅުވި ބިޑި އެމީހުންގެ މަގްސަދަށް ލިބުނު އެންމެ ބޮޑު ކާމިޔާބަށް

ސާދިޔާ ބުނީ އެމީހުންގެ އެއިހްތިޖާޖްގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތްލު އާއްމުގައި ބައެއް އިސްލާމީ ގައުމުތަކުން އެކަމުގައި ބައިވެރިވާތީ އެއެމްބަސީތަކުގައި ތިއްބަވާ އެމްބެސެޑަރުން މެދުވެރިކޮށް އެގައުމު ތަކުގެ ސަރުކާރުތަކަށް އެމެސެޖް ދިނުން ކަމަށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2024 | އާދީއްތަ 10:46
ގައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލަމުންދަނިކޮށް ހައްޔަރުކުރި ޝަޒްރާ އަދި ޝާދިޔާ

ގައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލަމުންދަނިކޮށް ހައްޔަރުކުރި ޝަޒްރާ އަދި ޝާދިޔާ

ރާއްޖޭގައި ހުރި ބޭރުގެ ބައެއް އެމްބަސީތައް ދޮށަށް އެއްވެ އަޑު އުފުލާތީ ސަރުކާރުން ވަނީ އާއިޝަތު ސާދިޔާއާއި ޑރ ޝަޒްރާ އިބްރާހީމް ހައްޔަރުކޮށް ދެފަހަރެއްގެ މަތިން އެދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. މިފަހުގެ ތާރީޚެއްގައި އެމްބަސީއެއްގެ ދޮށުގައި އިހުތިޖާޖް ކޮށްގެން މިނޫނިއްޔަކާ މިގޮތައް ބަޔަކު ހައްޔަރުކޮށް ޖަލުގައި ގެންގުޅެފައެއް ނުވެއެވެ. އަދި އެއީވެސް އެންމެ ދެ އަންހެނުންނެވެ.

ސާދިޔާ އާއި ޝަޒްރާ ބުނީ އެމީހުންގެ މިހަރަކާތަކީ އޭގައި ސިޔާސީ އެއްވެސް ކުލައެއް ނެތް އަދި މުޅި އިސްލާމީ އުއްމަތުގެ މައްޗަށް މިހާރު އެކަމައިގެން ނުކުންނަން ވާޖިބު ވެފައިވާ ފަލަސްތީނުގެ މައްސަލައިގާ ނުކުމެ ކުރި އިހުތިޖާޖެކެވެ.

ސާދިޔާ ބުނީ އެމީހުންގެ އެއިހްތިޖާޖްގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތްލު އާއްމުގައި ބައެއް އިސްލާމީ ގައުމުތަކުން އެކަމުގައި ބައިވެރިވާތީ އެއެމްބަސީތަކުގައި ތިއްބަވާ އެމްބެސެޑަރުން މެދުވެރިކޮށް އެގައުމު ތަކުގެ ސަރުކާރުތަކަށް އެމެސެޖް ދިނުން ކަމަށެވެ. އަދި އެކަމުގައި އެންމެ މުހިއްމު އެމްބަސީއަކަށްވީ ސައޫދީ އެމްބަސީކަމަށާއި ސަބަބަކީ އެއީ މުސްލިމް ގައުމަކަށްވުން ކަމަށެވެ.

"މިފެށި އިހުތިޖާޖަކީ ފަލަސްތީނުގައި ހިންގާ ގަތްލު އާއްމު. އިޒްރޭލްގެ ޔަހޫދީން ފަލަސްތީނު ރައްޔިތުން މަރަމުންގެންދާތީ އެކަމުގައި އިސްލާމީ ދައުލަތްތަކުންނާއި އެހެން ގައުމުތަކުން ބައިވެރިވާތީ އެމްބެސެޑަރުން މެދުވެރިކޮށް އެސަރުކާރު ތަކަށް އެމެސެޖްދޭން ބޭނުންވީ" ސާދިޔާ ބުންޏެވެ.

ސާދިޔާ ބުނީ އެމީހުން އިހްތިޖާޖް ކުރިއަށް ގެންދިޔައީ ވަރަށް ސުލްހަވެރިކަމާއެކުގައި ކަމަށާއި ބޭއަދަބީ އެއްވެސް އެއްޗެއް ބުނެ އަދި ބޭނުންކޮށްފައިވެސް ނުވާނެ ކަމަށެވެ. އަދި ހަމަނުޖެހުމެއް ހިންގާފައިވެސް ނުވާނެ ކަމަށާއި އިހްތިޖާޖާގުޅިގެން ހުޅުމާލޭ ޕޮލިހަށް ހާޒިރުކޮށް އެއީ ކުށެއް ނޫންކަމަށް ފުލުހުންވެސް ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރި އިހްތިޖާޖުގެ ވީޑިއޯތައް ހުންނާނެ ފެންނަން. އޭގަ ނުހުންނާނެ ހަޑިހުތުރު އެއްވެސް އެއްޗެއް. ސާޖަންޓް ސަމީރުވެސް ވިދާޅުވި ތިއީ ކުރެވޭނެ ކަމެކޭ. " ސާދިޔާ ބުންޏެވެ.

އެހެންނަމަވެސް އޭގެފަހުން ކޯޓު އަމުރެއްގެ ދަށުން ސަރުކާރުން ވަނީ އެދެމީހުން ކުއްލި ގޮތަކަށް ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކޯޓު އަމުރުގައި ބުނެފައިވަނީ " ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން" ކަމަށެވެ. ހައްޔަރުކުރުމަށްފަހު  ދެފަހަރަކަށް ކޯޓު އަމުރުޖަހައިގެން ޖަލުގައި ބާއްވާ ދޫކޮށްލީ އެމްބަސީތައް ދޮށަށް ނުދިއުމަށް ޝަރުތުވެސް ކޮށްފައެވެ.

"ފުރަތަމަ ހައްޔަރުކުރި ގޮތްވެސް ގޯސް. ގާނޫނީ އެއްވެސް ކުށެއް ކޮށްގެނެއް ނޫން ހައްޔަރުކުރީކީ. ހައްޔަރު ކުރި ހިސާބުން ޖަލުންވެސް ވަރަށް ރަނގަޅަށް ކަންކުރީ. އެމީހުންވެސް ގަބޫލުކުރޭ އަޅުގަނޑުމެންގެ ކުށެއް ނެތްކަން." ސާދިޔާ ބުންޏެވެ.

ސާދިޔާ ބުނީ ހައްޔަރުކޮށް ޖަލަށްލުން ވެގެން ދިޔައީ އެމީހުންގެ މަސައްކަތް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިހާރު އެމަބްސީތައް ދޮށަށް އެއްވުމުގެ ބޭނުމެއް ނެތްކަމަށާއި ސަރުކާރުން އެމީހުން ހައްޔަރުކުރުމުން މުޅިދުނިޔެއަށްވެސް އެދެމީހުންގެ މެސެޖް ދެވިއްޖެކަމަށެވެ.

"މިކަން ހުއްޓާލާކަށް ނޫން މިތިބީ. އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖް މިހށާރު ދެވިއްޖެ. ކޮންމެހެން މުހިއްމެއްނޫން ދެން އެތަންތަނަށް ދާކަށްވެސް" ސާދިޔާ ބުންޏެވެ.

ސާދިޔާ ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށްވެސް ވަރުގަދަ ރައްދެއްވާފައެވެ. ސާދިޔާ ބުނީ އިލްމުވެރިންނަށް ފަލަސްތީނުގެ މައްސަލައިގާ އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާނަމަ ހަނުހިމޭނުން ތިއްބެވުމަށާއި އޭގެ ބަދަލުގައި އެކަމާ ނުކުންނަ ބަޔަކަށް ޖެއްސުންކޮށް ފުރައްސާރަ ނުކުރުމަށެވެ.

"އަޅުގަނޑު ދަންނަވާލާނީ ދީނީ އިލްމުވެރިންނަށް. އެބޭފުޅުންނަށް ހައްގުބަސް ވިދާޅުވާން ކެރިވަޑައިނުގަންނަވާނަމަ ފަލަސްތީނުގެ މި ގަޟިއްޔާއާމެދު އަޑުއުފުލާ މީހުންނާމެދު ޚާއްޞަކޮށް އަންހެނުންނާ ދޭތެރޭ ހަޑިހުތުރުބަސް ވިދާޅުވެ ހަނުތިއްބެވުން ރަނގަޅުވާނެޔޭ. މިނިސްޓަރުނގެ ލެވެލްގައި ތިއްބެވި އިލްމުވެރިން އެބަހުރި އަޅުގަނޑުމެންގެ ފިރިންނަށް ގުޅާފަ އަނބިމީހާ ވަރިކޮށްލާށޭ ބުނެފަ" ސާދިޔާ ވިދާޅުވިއެވެ.

ސާދިޔާ އާއްމު ރައްޔިތުންނަށް ގޮވާލެއްވީ ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި އެދެމީހުން ހައްޔަރުކުރިނަމަވެސް އެކަމުގައި ފަހަތައް ނެޖެހުމަށާއި ފަލަސްތީނުގައި ހިންގާ ގަތްލުއާއްމު އަދި ނިމިފައި ނުވާ ކަމަށެވެ.

"އެއްވެސް ބޭފުޅަކު ފަލަސްތީނުގެ މައްސަލައިގާ އަޑުއުފުލުމަށް ޖެހިލުންވެ ވަޑައިގަންނަވާ. ފަލަސްތީނުގެ ގަތުލު އާއްމު އަދި ނިމިފައެއް ނުވޭ" ސާދިޔާ ބުންޏެވެ.

ސާދިޔާއެކޭ އެއްގޮތައް ޑރ ޝަޒްރާވެސް ބުނީ ސަރުކާރުން ކިތައްމެ ހުރަހެއް އެޅިނަމަވެސް އެމީހުންގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

އޭނާ ބުނީ ފަލަސްތީނުގެ މައްސަލައިގާ ކޮންމެ ދުވަހަކުވެސް ކަން ހިނގާގޮތުގެ ވަރަށް ގިނަ ޚަބަރުތައް އާއްމުވާ ކަމަށާއި އޭނާއަކީ ރިސާޗަރެއްކަމުން އެގިނަ އާޓިކަލްތައް ލިބި އަދި ކިޔަމުންވެސްދާކަމަށެވެ. އެހެންކަމުން ސައޫދީ އެމްބަސީ ޚާއްޞަވަނީ މިމައްސަލައިގާ ސައޫދީން އިޒްރޭލަށް އެހީތެރިވާކަމަށް ޤަބޫލު ކުރެވޭތީކަމަށެވެ.

ޝަޒްރާ ބުނީ އެއްވެސް އިރަކު އިހުތިޖާޖުގައި ފުލުހުންގެ ވާޖިބަށް ހުރަސްނާޅާ ކަމަށާއި ހުރިހާ އިހުތިޖާޖެއްވެސް ގެންދިޔައީ ފުލުހުން އަންގާއެންގުންތަކަށް ކިޔަމަންވެގެން ކަމަށެވެ. އަދި ފުލުހުންގެ އެއްބާރުލުންވެސް އެދެމީހުންނަށް ލިބޭކަން ފާހަގަކޮށް ޝަޒްރާ ބުނީ އިހުތިޖާޖް ކުރާތީ ފުލުހުންވެސް އެމީހުންނާމެދު ފަޚުރުވެރިވާކަމަށެވެ.

"ފުލުހުން އައިސް ބުނެލާނެ. މިހިސާބުގަ މަޑުކޮށްލާށޭ. ބުނީމަ އެމީހުން ވިދާޅުވާ ތަނެއްގަ އަޅުގަނޑުމެން މަޑުކޮށްލަން. ދެން އެތާތިބެގެން އަޅުގަނޑުމެން ޕްރޮޓެސްޓްކުރަނީ. ދެން އަޅުގަނޑުމެން ދެއަންހެނުން ޖުމްލަ ގޮތެއްގައި މިކަން މިކުރަނީވެސް. ބައެއް ފަހަރަށް ފުލުހުންބުނޭ ތިކުދިންނަށް ބަޔަކު ކަމެއް ކޮށްފާނެތީ ހިމާޔަތުގައޭވެސް މި ތިބީ. އަދި ބައެއް ޕޮލިހުން ވިދާޅުވާނެ އަސްލު ތިމަންނަމެން ވަރަށް ފަޚުރުވެރިވަމޭ އުއްމަތުގެ އަޑު އުފުލާތީވެސް. އެބޭފުޅުން ވަރަށް ތައުރީފްވެސް ކުރެއްވި ހަމަ" ޝަޒްރާ ބުންޏެވެ.

ޝަޒްރާ ބުނީ އެމީހުން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެމީހުންގެ ކުށެއްވެސް ދެއްކިފައި ނުވާ ކަމަށެވެ. އޭގެ ސަބަބުތައްވެސް ޝަޒްރާ ބުންޏެވެ.

ޝަޒްރާ ބުނީ ހައްޔރުކުރުން ވެގެން ދިޔައީ އެމީހުންގެ މަސައްކަތައް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި އެމީހުންގެ މެސެޖް މިހާރު މާ ފަސޭހައިން މާ ސާފުކޮށް ރައްދުކުރެވިއްޖެކަމަށެވެ.

އަދި ޝަޒްރާ ޤަބޫލުކުރާ ގޮތުގައި އޭނާގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެބޮޑު ކާމިޔާބީއަކީ ފަލަސްތީނުގެ މައްސަލައިގާ އަޑު އުފުލާތީ ނުހައްގުން މިސަރުކާރުން އޭނާ ހައްޔަރުކުރުން ކަމަށެވެ. އަދި ލިބުނު އެންމެބޮޑު ފަޚުރާއި ޝަރަފަކީ އަތުގައި އެޅުވި ބިޑިކަމަށެވެ.

''އަޅުގަނޑުމެން އަތުގަ އެޅުވި ބިޑިއަކީ އެންމެ ބޮޑު ޝަރަފް" ޝަޒްރާ ފަޚުރުވެރިކަމާއެކު ބުންޏެވެ.

ޝަޒްރާ ބުނީ ސަރުކާރުން އެދެމީހުން ހައްޔަރު ކުރުމަކުން ބިރެއް ނުގަންނަ ކަމަށާއި ކުރަމުންދާ މަސައްކަތުގައި ފަހަކަށްވެސް ނުޖެހޭނެ ކަމަށެވެ. ޝަޒްރާވެސް ވަނީ އެމީހުންގެ އިހުތިޖާޖަށް ފާޑުކީ އެއްބަޔަކީ އިލްމުވެރިން ކަމަށެވެ. އެފަދަ ބައެއް އިލްމުވެރިންނަކީ ސައުދީ ސަރުކާރުން މާލީ މަންފާ ލިބޭ ބައެއް ކަމަށާއި އެމީހުން އެއުޅެނީ އެމާލީ މަންފާ ގެއްލިދާނެތީ ކަމަށެވެ.

''ސަރުކާރަށް އަޅުގަނޑުމެން ދަންނަވަން އޮތީ އަޅުގަނޑުމެން ބިރެއް ނުގަންނަމޭ. އަޅުގަނޑުމެން ފަހަށްވެސް ނުޖެއްސޭނެޔޭ. އަޅުގަނޑުމެން ދެއަންހެނުން ނުކުތީތީ ރަނގަޅު ސަރުކާރެއްނަމަ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނީ. ޖަލަކަށްނޫން ލާންޖެހޭނީ" ޝަޒްރާ ބުންޏެވެ.

ޝަޒްރާވެސް ހުރީކީ އެމީހުންގެ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫނެވެ. އަދި ގޮވާލީ މިއީ އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި އެންމެންވެސް ފަސްނުޖެހި މިކަމުގައި ބައިވެރިވުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު