Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމާވެށި ހިމާޔަތް ކުރުން

ރާއްޖޭގައި ގަސްބޯ ޖަންގަލި އޮތް ރަށްތައް އެގޮތުގައި ދެމެހެއްޓުމަށް އަޅާފައިވަނީ ކޮންފިޔަވަޅުތަކެއް؟

ބޮޑު އެމޭޒަން ރެއިން ފޮރެސްޓް ހިމާޔަތް ކުރުމަށް މިވަނީ ރިޔަސީ ޑިކްރީ އެއް ފާސްކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 26 މެއި 2022 | ބުރާސްފަތި 07:24
އެމޭޒަން ރެއިން ފޮރެސްޓް

އެމޭޒަން ރެއިން ފޮރެސްޓް

ޖައްވު ހޫނުވުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ގައުމުތަކުން ފިޔަވަޅު އަޅާވާހަކަ މިއީ ރާއްޖެއަށް އައު ވާހަކައެއް ނޫނެވެ. ރާއްޖެއަކީ މިކަމުގައި އިސް ރޯލެއް އަދާކުރަމުން އަންނަ ގައުމަކަށް ވާތީ އެވެ. އަދި ރާއްޖޭގެ ނިސްބަތުން ދަނީ ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ފަރުދީ ފެންވަރުގައި ވެށި ސަލާމަތްކޮށް ދެމެހެއްޓުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.

ގަސްގިނަވުމަކީ ޖައްވު ފިނިކޮށްދޭ ކަމެކެވެ. ވީއިރު އިތުރު ގަސް އިންދާ އަދި މިހާރުވެސް ގަސްބޯ ޖަންގަލި އޮތް ރަށްތައް އެގޮތުގައި ދެމެހެއްޓުމަށް ސަރުކާރުގެ ފެންވަރުގައި ޚާއްސަ މަސައްކަތްތަކެއް ކުރުމަކީ ކުރިޔަށް އޮތްތަނުގައި ކުރެވިދާނެ ރަނގަޅު ކަމެކެވެ. ނޫންނަމަ ލާޒިމް ކަމެކެވެ. ރަށްތަކުގެ "ކޫލް ކަން" ދެމެހެއްޓުމަށެވެ. ރަށްތައް ސަލާމަތް ކުރުމަށެވެ. ގައުމު ސަލާމަތް ކުރުމަށެވެ.  

ދުނިޔޭގެ އެންމެ ބޮޑު ރެއިން ފޮރެސްޓް އޮންނަ ބްރެޒިލް ސަރުކާރުން ވަނީ އަންގާރަ ދުވަހު ޚާއްސަ ޑިކްރީއެއް ފާސްކޮށްފައެވެ. އެއީ ތިމާވެއްޓަށް ގެއްލުން ދޭ ފަރާތްތައް ކުރެވޭ ޖޫރިމަނާ އިތުރު ކުރައްވާ ރައީސް ޖައީރު ބޮލްސޮނާރޯ ފާސްކުރެއްވި ޑިކްރީ އެކެވެ. ޑިކްރީގެ އެންމެ ބޮޑު ބޭނުމަކީ އެގައުމުގެ އެމެޒަން ރެއިން ފޮރެސްޓުން ގަސްކެޑުން ހުއްޓުވާ އަދި އެޖަންގަލި އަންނަން އޮތް ޖީލުތަކަށްޓަކާ އެގޮތުގައި ދެމެހެއްޓުމެވެ. އަދި އެމެޒަން ރެއިން ފޮރެސްޓްގެ ސަބަބުން މުޅިދުނިޔެއަށް ވެސް ލިބިދޭ ރައްކާތެރިކަން އެގޮތުގައި ދެމެހެއްޓުމެވެ.

އަންގާރަ ދުވަހު ސޮއިކުރުމާއެކު ހަމަ އަންގާރަ ދުވަހު އަމަލުކުރަން ފަށާފައިވާ އައު ގަވާއިދުގެ ދަށުން، ލަކުޑީގެ ބޭނުމަށް އެމޭޒަން ޖަންގަލިން ވަގަށް ގަސްކެޑުމަށް މަގުފަހިކޮށްދީ، ވަގު ހުއްދަ ހަދާދޭ ފަރާތްތަކާ އަދި ތަކުރާރުކޮށް ވެއްޓަށް ގެއްލުން ދޭ ފަރާތްތަކަށް ކުރެވޭ ޖޫރިމަނާ ބޮޑު ކޮށްފައިވެއެވެ. މީގެ އިތުރުން ޖޫރިމަނާ ކުރެވި ނަމަވެސް ފައިސާ ނުދައްކާ ފަރާތްތަކުން އެފައިސާ ހޯދުމުގެ ކަންތައްވެސް އަލަށް ސޮއިކުރެވުނު އަމުރުގެ ދަށުން ވަރުގަދަކޮށްފައި ވެއެވެ.

ގަސްކެނޑުމާއެކުއެކީގައި ހުއްދަނެތި ޝިކާރަ ކުރުމަކީވެސް ބްރެޒިލްފަދަ ޖަންގަލިތައް އޮންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ.

ބްރެޒިލްގެ ރައީސް ޖައީރު ބޮލްސޮނާރޯ އަކީ މީގެކުރިން ޖޫރިމަނާތައް އިތުރު ކުރެއްވުމަށް ތާއީދު ކުރެއްވި ބޭފުޅެއް ނޫން ނަމަވެސް އދގެ ކްލައިމެޓް ސަމިޓް ކޮޕް 26 ގައި ބޮލްސޮނާރޯ ވަނީ 2028 އަންނަންވާއިރަށް އެމޭޒަން ޖަންގަލިން ހުއްދަނެތި ގަސްކެޑުން ހުއްޓުވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެމޭޒަން ޖަންގަލި އެގޮތުގައި ދެމެހެއްޓުމަކީ ދުނިޔޭގެ ހޫނުމިން އާދަޔާޚިލާފު ބާރުމިނެއްގައި މައްޗަށް ދިއުން ހުއްޓުވޭނެ އެންމެ މުހިންމު އެއްގޮތް ކަމަށް ތިމާވެށީގެ މާހިރުން ވިދާޅުވެއެވެ.

ބްރެޒިލްގައި އަލަށް އަމަލުކުރަން ފެށުނު ޑިކްރީގެ ދަށުން ވަގަށް ލަކުޑި ކަނޑައިގެން ސަޕްލައި ޗެއިންތަކަށް ވިއްކާ ފަރާތްތައް، ލަކުޑި ކޮންމެ ކިއުބިކް މީޓަރަކަށް (ބްރެޒިލްގެ ފައިސާ 300 ރިއީސް) ނުވަތަ 58.62 ޔޫއެސް ޑޮލަރު ޖޫރިމަނާކުރެވޭނެއެވެ. އަދި މިގޮތަށް 50 މިލިއަން ރިއީސް އާއި ހަމަޔަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ ކުރިން އޮންނަނީ ޖޫރިމަނާގެ އެންމެ މަތީ އަގަކީ 1 މިލިއަން ރިއީސް ކަމުގައެވެ.

2019 ވަނަ އަހަރު މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ބޮލްސޮނާރޯ ވަނީ ތިމާވެށީގެ ކުށްކުރާ ފަރާތްތަކަށް އަދަބުން ބަރީއަވުމަށް ފުރުސަތުދޭ "ރިކޮންސިލިއޭޝަން ހިއަރިންގސް" ގެ ނަމުގައި އުސޫލެއް ތައާރަފު ކުރައްވާފައެވެ. މިއުސޫލުގެ ދަށުން އެފަދަ ކުށްތައް ކުރާ ފަރާތްތަކާ ކުންފުނިތަކަށް އަދަބު ކުޑަކުރުމުގެ، ނުވަތަ އަދަބު ކެންސަލް ކުރުމުގެ ހައްގުވެސް ލިބިދެއެވެ. ނަމަވެސް މިހާރު ރައީސް އަލަށް ސޮއިކުރެއްވި ޑިކްރީގެ ދަށުން މިވަނީ މި އުސޫލުވެސް އުވާލައްވާފައެވެ. އެމޭޒަން ރެއިން ފޮރެސްޓް ހިމާޔަތް ކުރުމަށް ސީރިއަސް ފިޔަވަޅު އަޅުއްވާކަން ދުނިޔެއަށް ދެއްކެވުމަށްޓަކައެވެ.

އެމޭޒަން ރެއިން ފޮރެސްޓްއަށް ނުވިޔަސް ރާއްޖޭގައިވެސް ހުރި ގަސްބޯ "ޖަންގަލި" ތައް އެގޮތުގައި ދެމެހެއްޓުމަށް ސީރިއަސް ފިޔަވަޅުތަކެއް އެޅުމުގެ މަގުތަކީ މިއީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު