Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން ސަރުކާރު

ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތަކެއް!

ރައީސް ޔާމީންގެ ފަސް އަހަރުގައި 80 ފުޓްސަލް ދަނޑު ވަނީ އަޅާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 26 އެޕްރީލު 2019 | ހުކުރު 14:04
ރައީސް ޔާމީން ފުޓްސަލް ކުޅުއްވަނީ

ރައީސް ޔާމީން ފުޓްސަލް ކުޅުއްވަނީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ނިމުމަކަށް އައިސްފައިވީ ނަމަވެސް، އެ މަނިކުފާނު ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ރާއްޖެއަށް ގެނައި ތަރައްގީއަކީ އަގުނުކުރެވޭނެވަރުގެ ތަރައްގީއެކެވެ. އެތައް ބަޔަކު ހުވަފެން ބަލަނިކޮށް މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅާލިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ބޮޑު މާސިންގާ ހޮސްޕިޓަލެއް އެޅުއްވައިފިއެވެ. ވިނަ ދަނޑުތަކެއް ހިމެނޭ ސްޕޯޓްސް އެރީނާ އެކި ރަށްރަށުގައި އަޅުއްވައިފިއެވެ. މިއީ ހައްތަހާ ވެސް ރައީސް ޔާމީންގެ ފަސް އަހަރުގެ ތަރައްގީއެވެ.

ނަމަވެސް ދިވެހި ރައްޔިތުން ދާއޮހުރުވައިގެން ކުރި ބުރަ މަސައްކަތުގެ ފައިސާ ބޭނުންކޮށްގެ އެޅުއްވި ބްރިޖުގައި ކޮޅަކަށް ތިން ލޭނުގެ ބަދަލުގައި އޮތީ އެންމެ ދެ ލޭނެވެ. ހަނިކަމުން ޝަކުވާ ކުރަނީއެއް ނޫނެވެ. ބްރިޖް ވަރަށްވެސް ފައްކަލެވެ. ބޮޑު މާސިންގާ ހޮސްޕިޓަލެއް އެޅިއިރު، އެއީ ދެ ޓަވަރު ގުޅުވާފައި ހުރިތަނެއް ކަމަށް ކުރެހުންތަކުން ފެނެއެވެ. ނަމަވެސް ހޮސްޕިޓަލް އަޅާ ނިމުނުއިރު އިނީ ރާއްޖޭގައި މިހާތަނަށް އިމާރާތްނުކުރާހާ ބޮޑު ޓަވަރެކެވެ. އަދިވެސް ޝަކުވާއެއް ނުކުރަމެވެ. ރޭގަނޑު ގަޑީގައި އެ ޓަވަރު ދިއްލާލީމަ ވަރަށް ސަޅިއެވެ.

ޓާފް އަޅަންޖެހޭ ފުޓްސަލް ދަނޑުތަކުގައި ވިނަ ފަޅާފައިހުރުމުން ހައިރާނެއް ނުވެއެވެ. އެއީ ރައީސް ޔާމީން ގެންނަވާ ތަރައްގީގައި ދެ ލޭނުން އެއް ލޭނު ޖީބަށް ލާފައި، ދެ ޓަވަރުން އެއް ޓަވަރު ޖީބަށްލާއިރު، އެވަރުކަމެއް ހިނގާފާނެތީއެވެ.

ރާއްޖޭ ރަށެއްގައި ފުޓްސަލް ދަނޑެއް އަޅަން ފަށާފައި، މަސައްކަތް ނުނިމި - ފޮޓޯ: ފޭސްބުކް

ބައެއް ފުޓްސަލް ދަނޑުތަކުގެ ބޭރަށް ޓާފްތައް އުކާލާފައި ހުރި ނަމަވެސް، އަނެއް ދަނޑުތަކުގެ ޓާފްތަކަށް ވީގޮތެއް ނޭނގެއެވެ. އަދި އެ ދަނޑުތައް ވީރާނާވެގެންދިޔައީވެސް ރައީސް ޔާމީންގެ ސަރުކާރުގައެވެ. ބައެއް ދަނޑުތައް ރަނގަޅަށް ނުވެސް ނިމެއެވެ. ބައެއް ދަނޑުތަކުގައި ވަށާ ފައުންޑޭޝަން އަޅާފައިވާއިރު، ބައެއް ދަނޑުތަކުގައި ޓާފް އެޅުން ފިޔަވައި އެހެން ހުރިހާ ކަމެއް ވަނީ ނިމިފައެވެ. މަސައްކަތް ހުއްޓިފައި ހުރި ދަނޑުތަކުގެ މަސައްކަތް ހުއްޓެން ދިމާވި ސަބަބު ނޭގޭއިރު، އެއްކޮށް ނިމިފައިހުރި ދަނޑުތައް ވަނީ އަޅާނިމުނުތާ މާގިނަދުވަސްތަކެއް ނުވަނީސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މިއީ ހަމަ ރައީސް ޔާމީން ގެންނަވާފައިވާ ތަރައްގީގެ އަސްލެވެ.

ހަ މިލިއަނެއްހާ ރުފިޔާއިން ފީފާ ގަބޫލުކުރާ މިންގަނޑަށް ބޮޑު ޓާފް ދަނޑެއް އެޅޭއިރު، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ރައީސް ޔާމީން 80 ފުޓްސަލް ދަނޑު އެޅުއްވިއެވެ. އޭގެ ކޮންމެ ފުޓްސަލް ދަނޑެއް އަޅާފައިވަނީ 1.2 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެންނެވެ. އެއީ ޖުމްލަ 96 މިލިއަން ރުފިޔާއެވެ. 16 ބޮޑު ޓާފް އެޅޭހާ ފައިސާއެވެ.

މަހިބަދޫގައި އަޅާފައިވާ ފުލް ސައިޒް ޕިޗް - ފޮޓޯ: ޓުވިޓާ

ރައީސް ޔާމީންގެ ސަރުކާރުގައި ފައިސާ ބޭކާރު ގޮތުގައި ބޭނުންކުރި ވާހަކައަކީ އާ ވާހަކައެއް ނޫވެއެވެ. ނުއަގުގައި މަސައްކަތްތައް ހަވާލުކުރި ވާހަކައަކީވެސް އާވާހަކައެއް ނޫނެވެ. މިއީ ދައްކާ ދައްކާ ހުސްނުވާ ވާހަކައެކެވެ. މިކަންކަން އަދުގެ ސަރުކާރުން ތަހުގީގު ކުރަންޖެހެއެވެ. ބްރިޖްގެ ބާކީ ލޭނު ލީ ކާކު ޖީބަށްތޯ ބަލަންޖެހެއެވެ. ބާކީ ޓަވަރު ލީ ކާކު ޖީބަށްތޯ ބަލަންޖެހެއެވެ. ފުޓްސަލް ދަނޑުތައް ވީރާނާވީ ގޮތްވެސް ބަލަންޖެހެއެވެ.

މިއަދު އުފާކުރަންޖެހޭ ކަމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ފުޓްސަލް ދަނޑުތަކަށްވުރެ، ފީފާ ގަބޫލުކުރާ ބޮޑު ޓާފް ދަނޑުތައް އެޅުމަށް ހިތްވަރުދޭތީއެވެ. ރިޔާސީ އިންތިހާބަށް ކެމްޕޭންކުރެއްވިއިރު ރައީސް ސޯލިހު ވަނީ ބައެއް ރަށްރަށުގައި ބޮޑު ޓާފް ދަނޑު އެޅުމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ގިނަ ފައިދާތަކެއް ވާނެއެވެ. ރާއްޖޭގައި ފީފާ ގަބޫލުކުރާ ދަނޑުތައް ގިނަވުމަކީ ރާއްޖޭގެ ފުޓުބޯޅަ ސަޕޯޓަރުން ދެކޭ ހޯމް އެންޑް އަވޭ އުސޫލަށް ފުޓުބޯޅަ ފޯމެޓް ބަދަލުވުމަށް ލިބޭ ފެހި ސިގްނަލެކެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ބޭރުގެ ޓީމުތައް އައިސް ކޭމްޕްކޮށް މެޗުތައް ކުޅުމަކީވެސް ދިވެހި ފުޓުބޯޅަ ކުރިއަރަން ހުޅުވޭ ދޮރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

05 އޯގަސްޓު 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު