Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް

ކޮންމެއަކަސް ވެރިކަމަށް އަންނަންވެގެން ޗައިނާގެ މަދަދު ލިބި ބޭނުން ގޮތަކަށް ކަންކުރެވޭނެ ކަމަށް ހިތަށް އެރިނަމަވެސް، ވެރިކަން ކުރުމުގެ ޗަސްބެއް އަދި އުސޫލެއް އަހުލާގެއް ނެތް މި ސަރުކާރަށް ޗައިނާއިން އެހީތެރިކަމެއް މިހާތަނަށް އައި އިރުވެސް ނުދެއެވެ. އެއްކަލަ އިންޑިއާ ނޫން ގައުމެއް އެހީގެ އަތެއްވެސް ދިގުކޮށްނުލައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2024 | ހޯމަ 13:41
ޗައިނާ ސަރުކާރުން އެހީނުވުމުން އެންމެ ފަހުން ދާންޖެހުނީ އިންޑިއާގެ ފައިބުޑަށް

ޗައިނާ ސަރުކާރުން އެހީނުވުމުން އެންމެ ފަހުން ދާންޖެހުނީ އިންޑިއާގެ ފައިބުޑަށް

އަހަރެއް ކުރިން ދިވެހިރާއްޖޭގެ ރައީސްކަމަށް އައީ އިންޑިއާ ރާއްޖޭގެ ކަންކަމުން ބޭރުކޮށް ޗައިނާއާ ގާތްކުރުމުގެ ވައުދުތަކާ އެކުގައެވެ. މިހާރު، ދަރަނީގެ ހާލަތު ގޯސްވެ ކުރިން ނެގި ޗައިނާގެ ލޯނުތަކުގެ މުއްދަތު ހަމަވަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ އިންޑިއާއާއެކު ގުޅުން ރަނގަޅުކުރުމަށް އިންޑިއާއަށް ވަޑައިގަންނަވާފައެވެ.

މި ދަތުރުގައި ބޮޑަށް މަޝްވަރާކުރެވޭނެ ކަމަށް ބެލެވުނު ގޮތަށް ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއެވެ. މި ދަތުރުފުޅުގެ ކުރިން މުޢިއްޒު ވަނީ އިންޑިއާއާއި ދެކޮޅަށް ދައްކަމުން އައި ވާހަކަތައް މަދުކޮށް، ރާގު ބަދަލުކޮށް މަޑުމައިތިރިކޮށް، އިންޑިއާއާ ދެކޮޅަށް އެއްވެސް އިރެއްގައި ނުހުންނާނެ ކަމަށާއި، ރާއްޖޭގެ މާލީ ހާލަތު އިންޑިއާއަށް އެނގޭ ކަމަށާއި އެހީތެރިވާން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މިއީ އަހަރެއް ކުރިން ރައީސް މުއިއްޒު ވެރިކަމަށް އައިއިރު ދެއްކެވި ވާހަކަތަކާ ތަފާތު ގޮތަކަށެވެ. އޭރު އޭނާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލާނެ ކަމަށާއި ޗައިނާގެ އެހީގައި ބޮޑެތި މަޝްރޫޢުތައް ހިންގާނެ ކަމަށެވެ. އޭނާގެ ކެމްޕޭނުގެ ސަބަބުން ރާއްޖެ ވަނީ އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަމުގެ މެދުތެރެއަށް ވައްދާލާފައެވެ. މި ދެ ޤައުމަކީ ރީތި ގޮނޑުދޮށްތަކާއި ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ މަގުތަކުގެ މެދުގައި އޮންނަ މުހިންމު ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ދެ ބާރުވެރި ޤައުމެވެ.

މި ދެ ޤައުމުންނާއި އެހެން ޤައުމުތަކުން ވެސް ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އެތައްސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ވަނީ އިޤްތިޞާދީ ދަތި ދުވަސްވަރެއްގައި ޖެހިފައެވެ. ބޭޭރު ފައިސާގެ ރިޒާވް ދަށްވެފައެވެ، އިގްތިސާދު ރަނގަޅެވެ. ފަތުރުވެރިންގެ އަދަދުވެސް 1.5 މިލިއަން ފަހަނައަޅައިގޮސްފިއެވެ. ގޯސްވެގެން އުޅެނީ މާލީ ކަންކަން ސަރުކާރަށް ނޭނގުމެވެ.

ރާއްޖޭގެ ދަރަނި މިހާރު އަންދާޒާކުރެވެނީ ޖީޑީޕީގެ 110 އިންސައްތަ ކަމަށެވެ. އަދި ސުކޫކުގެ ފައިސާ ދެއްކުމަށް ނުކުޅެދުމުގެ ނުރައްކާ އިތުރުވަމުންދާ ކަމަށެވެ. އެހެން ވެއްޖެނަމަ، އެއީ ދުނިޔޭގައި އިސްލާމިކް ބޮންޑެއް ޑިފޯލްޓްވާ ފުރަތަމަ ފަހަރު ކަމަށް ވެގެންދާނެއެވެ.

އިންޑިއާއިން ވަނީ މިދިޔަ މަހު ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. މިއީ މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށް ދިން އެހީއެކެވެ. ނަމަވެސް އިންވެސްޓަރުންނާއި ތަޙުލީލުކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ކުރުމުއްދަތުގެ ހައްލެކެވެ. އިތުރު ފައިސާ ދައްކަންޖެހޭ މުއްދަތުތައް ކައިރިވަމުން އަންނާތީއެވެ.

ފިޗް ރޭޓިންގްސްގެ އަންދާޒާގައި، 2025 ވަނަ އަހަރު ރާއްޖޭގެ ބޭރުގެ ދަރަނި 557 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި، 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ފަހަނައަޅާދާނެ ކަމަށް ބުނެއެވެ. އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ އެންމެ 437 މިލިއަން ޑޮލަރެވެ. މިއީ އެވްރެޖްކޮށް އެއް މަހާއި ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.

ފިޗްގެ ބަހުން ދަރަނި ޑިފޯލްޓްވުމުގެ ފުރުޞަތު އިތުރުވަމުންދާ ކަމަށް ބުނެއެވެ. އަދި އައި.އެމް.އެފްއިން ވެސް ވަނީ ދަރަނީގެ ހާލަތު ގޯސްވެދާނެކަމުގެ އިންޒާރު ދީފައެވެ.

މުއިއްޒު އިންޑިއާގެ އެކެސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ އާދީީއްތަ ދުވަހު ބައްދަލުކުރައްވާ އަދި ހޯމަ ދުވަހު މޯދީއާ ބައްދަލުކުރައްވާފައިވެވެ.

ޗައިނާ އާއި އިންޑިއާ އަކީ ދިވެހި ސަރުކާރުގެ ބޭރުގެ ދަރަނީގެ ތެރެއިން އެންމެ ގިނަ ދަރަނި ދައްކަންޖެހިފައިވާ ގައުމުތަކެވެ. ފާއިތުވި އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއިން އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އަދި ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކަށް ގާތްގަނޑަކަށް 530 މިލިއަން ޑޮލަރު ދަރާފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފައިވަނީ އޮފިޝަލުން އިންޑިއާގެ ސެންޓްރަލް ބޭންކާއެކު 400 މިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ސްވޮޕްއެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ކުރިމަގުގައި ދަރަނި އަދާކުރުމަށް މުހިންމު ފައިސާގެ މަސްދަރަކަށް ވެދާނެއެވެ. އަދި ޗައިނާއިން ބުނެފައިވަނީ މާލެއާއެކު ދަރަނި ލުއިކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި 400 މިލިއަން ޑޮލަރުގެ ސްވޮޕްގައި ވަނީ ސޮއިކޮށްފައެވެ.

"ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެ އިންޑިއާއަށް ބަރޯސާވުމުގެ ބަދަލުގައި މިނިވަން ބޭރު ސިޔާސަތަކަށް، އޭގެ ތެރޭގައި ޗައިނާއާއެކު ރަހުމަތްތެރި ގުޅުމަކަށް، ބަދަލުކުރަން މަސައްކަތްކޮށްފައެވެ،" މިހެން ވިދާޅުވީ ޑާންސްކެ ބޭންކް އޭއެސްގެ އަލަށް އުފެދެމުންދާ މާކެޓްތަކުގެ ދަރަނީގެ އިސްވެރިޔާ ސޯރަން މޯޗްއެވެ. "މި ފަހުގެ އިންޑިއާގެ ބެއިލްއައުޓުން ދައްކައިދެނީ މި އެޕްރޯޗްގެ ހުދޫދުތަކެވެ."

މި ދަރަނީގެ ދަތިކަން އައިސްފައިވަނީ ކޮވިޑް-19 ބަަލިމަޑުކަމަށްފަހު ދިވެހި އިޤްތިޞާދު ކުރިއަރަމުން ދިޔަ ދުވެލި ހިފެހެއްޓިފައި ނުވާތީއެވެ. 2022 ވަނަ އަހަރު ޖީޑީޕީ ކުރިއެރުން 13.9 އިންސައްތައަށް އަރާފައިވީ ނަމަވެސް، ފާއިތުވި އަހަރު އެ މިންވަރު 4 އިންސައްތައަށް ދަށްވެފައިވެއެވެ. އަދި ފަތުރުވެރިން ޚަރަދުކުރަމުންދަނީ ބަލިމަޑުކަމުގެ ކުރީގެ މިންވަރަށްވުރެ ދަށް މިންވަރެއްގައި ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ދަށްވެގެން ދިޔައީ ޖެނުއަރީ މަހު ސޯޝަލް މީޑިއާގައި ހިނގި ޖަދަލަކާ ގުޅިގެންނެވެ. އެއީ ހާރިޖީ ސިޔާސަތުތަކާއި، ސިޔާސީ މައިދާނު ނޭނގޭ ބަޔަކަށް އެކަށީގެން ނުވާ މަގާމު ދިނުމުން ހޭވި ހަޑިއެއްގެ ސަބަބުންނެވެ. މުއިއްޒުއާއި އަރިސް 3 ޑެޕިއުޓީ މިނިސްޓަރުން މޯދީއަށް ފުރައްސާރަކުރުމުން، އިންޑިއާގެ ރައްޔިތުންނާއި ގިނަ މަޝްހޫރު މީހުން ދިވެހިރާއްޖެއަށް ދަތުރުކުރުން ބޮއިކޮޓްކުރުމަށް ގޮވާލިއެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެ ސަރުކާރުގެ ދަރަނި ނުދެއްކޭ ހިސާބަކަށް ނުދާނެ ކަމަށާއި، އައިއެމްއެފްގެ ފަންޑިންގ ޕްރޮގްރާމެއްގައިވެސް ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ދަރަންޏެއް އަލުން ރޭވުމެއްގައި އިންޑިއާގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށް ވާނެތީ، ނިއު ދިއްލީގައި ހުންނަ ސަރުކާރުގެ ތިންކް ޓޭންކެއް ކަމަށްވާ މަނޯހަރ ޕަރީކަރ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސްގެ އެސޯސިއޭޓް ފެލޯ ގުލްބިން ސުލްޠާނާ ވިދާޅުވީ، އިންޑިއާއާއެކު ގުޅުން އަލުން ރަނގަޅުކުރުން މުހިންމުވެގެންދާނެ ކަމަށެވެ.

ކޮންމެއަކަސް ވެރިކަމަށް އަންނަންވެގެން ޗައިނާގެ މަދަދު ލިބި ބޭނުން ގޮތަކަށް ކަންކުރެވޭނެ ކަމަށް ހިތަށް އެރިނަމަވެސް، ވެރިކަން ކުރުމުގެ ޗަސްބެއް އަދި އުސޫލެއް އަހުލާގެއް ނެތް މި ސަރުކާރަށް ޗައިނާއިން އެހީތެރިކަމެއް މިހާތަނަށް އައި އިރުވެސް ނުދެއެވެ. އެއްކަލަ އިންޑިއާ ނޫން ގައުމެއް އެހީގެ އަތެއްވެސް ދިގުކޮށްނުލައެވެ.

ކޮންމެއަކަސް މިފަހަރު އުނބަށް މިޖެހީ ނިކަން ބޮޑުކޮށެވެ. ބޮޑު ބުލީ ކައިރިއަށްގޮސް އާދޭސްކޮށް ސަލާންޖެހީއެވެ. ފައިބުޑަށް ވެއްޓި ގޮސް ހުސްވެ ހުރިހާކަމަކަށްވެސް އެއްބަސްވީއެވެ. ހަގީގަތަކީ ބުލީ މިއަދު ދިޔައީ އިންޑިއާ ކައިރިއަށެވެ. އިންޑިއާއިން އެހީތެރިކަން ދިނީ ގާތް ރަހުމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ. މިއަދު އިންޑިއާ އައުޓެއް ނެތެވެ. ބުލީކުރުމެއްވެސް ނެތެވެ. މިއަދު އިންޑިއާވަރެއްވެސް ނެތެވެ. މި ސަރުކާރަކީ ދެދުލުން ވާހަކަދައްކާ ސަރުކާރެކެވެ. ވެރިޔަކު މުނާފިގުވާނީ މިވަރަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއިންޑިއާ އައުޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު