Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ މުސްލިމުންނަށް ކުރާ އަނިޔާ

އުއިގުރު މުސްލިމުންގެ ފޯނަށް ޤުރުއާން އަޅާފައިވާނަމަ އެއީ އެކްސްޓްރީމިސްޓުން ކަމަށް ޗައިނާ ސަރުކާރުން ބަލާ

މިދިޔަ ރަމަޟާން މަހުވެސް، އަމިއްލަ ގޭގައިވެސް ނަމާދުކުރުމާއި ޤުރުއާން ކިޔެވުން އޮތީ ވަރަށް ބޮޑަށް މަނާކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 މެއި 2023 | ބުދަ 15:48
ޗައިނާގައި ވަރުގަދަ ސަރވެއިލަންސް ނިޒާމެއްވަނީ ގާއިމްކޮށްފައި

ޗައިނާގައި ވަރުގަދަ ސަރވެއިލަންސް ނިޒާމެއްވަނީ ގާއިމްކޮށްފައި

ޗައިނާގައި އުއިގުރު ނަސްލުގެ މުސްލިމުންގެ ފޯނަށް ކީރިތި ޤުރުއާން އެޕް އަޅާފައިވާނަމަ އެއީ އެކްސްޓްރީމިސްޓުން (ހައްދުފަހަނަ އަޅާފައިވާ މީހުން) ކަމަށް ޗައިނާ ސަރުކާރުން ބަލާކަމަށް، ހިއުމަންރައިޓްސް ވޮޗްގެ ރިޕޯޓެއްގައި ބުނެފިއެވެ. ރިޕޯޓްގައި ބުނެފައިވާގޮތުގައި ޗައިނާ ފުލުހުންގެ އަތުގައި މިފަދަ 50 ހާހެއްހާ ފަރާތުގެ މަލްޓިމީޑިއާ ފައިލް ހިމެނޭ މާސްޓަރ ލިސްޓެއް އެބައޮތެވެ. އަދި މިފަރާތްތަކަށް ކޮންމެ ވަގުތަކުވެސް ދުއްތުރާތައް ކުރިމަތިކުރުވަމުން ގެންދެއެވެ.

ހިއުމަންރައިޓްސް ވޮޗްގެ ފަރާތުން މި މާސްޓަރ ލިސްޓް ބަލައި ކުރި ތަހުގީގުތަކުން ފެނިފައިވާގޮތުގައި، 2017 އަދި 2018 ވަނަ އަހަރު ނުވަ މަސްދުވަހުގެ ތެރޭގައި ފުލުހުން ވަނީ 1.2 މިލިއަން މޯބައިލް ފޯނުގެ ޑޭޓާ ބެލުމަށް 11 މިލިއަން ފަހަރު ފޯނުތަކުގެ މައުލޫމާތުތައް ސަރޗްކޮށްފައެވެ. ފުލުހުން މިކަން ކުރަނީ އެމީހުން ބޭނުންކުރާ އޮޓޮމޭޓަޑް މާސް ސަރވޭލަންސް ސިސްޓަމް މެދުވެރިކޮށް ކަމަށް ރިޕޯޓްގައި ވެއެވެ. މި ނިޒާމް މެދުވެރިކޮށް ފުލުހުންނަށް އެންމެންގެ ފޯނުތައްވެސް ބެލޭނެއެވެ.

ހިއުމަންރައިޓްސް ވޮޗްގެ ޗައިނާގެ އެކްޓިންގ ޑައިރެކްޓަރ މާޔާ ވެންގް ވިދާޅުވީ، އުއިގުރު މުސްލިމުން އެންމެ ގިނަ ޒިންޖިއަންގްގައި، ފުލުހުން ގެންގުޅޭ ސަރވެއިލަންސް ޓެކްނޮލޮޖީ މެދުވެރިކޮށް ބަލާއިރު ފޯނުގައި ޤުރުއާން އެޕް ހިމެނޭނަމަ އެކަނިވެސް އެއީ ފުލުހުންގެ ހަރުކަށި ރައްދުތަކާ ކުރިމަތިލާންޖެހޭ ކަމަކަށް ވެދެއެވެ.

ހަމައެކަނި މުސްލިމުންނަށް ވުމީވެސް ޓެރަރިސްޓުން ނުވަތަ އެކްސްޓްރީމިސްޓުން ކަމަށް ބަލައި، މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގަމުންގެންދާ ހަރުކަށި އަމަލުތައް ކުށްވެރިކޮށް ހިއުމަންރައިޓްސް ވޮޗްއިން އެތައް ފަހަރަކު ވަނީ އަޑު އުފުލާފައެވެ. އެންމެފަހުން ނެރެފައިވާ ރިޕޯޓްގައިވެސް ބުނެފައިވާގޮތުގައި؛ ޗައިނާގެ ކައުންޓަރ ޓެރަރިޒަމް ގާނޫނުގައި "ޓެރަރިޒަމް" އަދި "އެކްސްޓްރީމިޒަމް" މިދެލަފްޒު ބުނެދީފައިވަނީ ވަރަށް ފުޅާ މާނައެއްގައިކަމަށާއި، އަދި ޔަގީންނުވާ ގޮތަކަށް ކަމަށް ބުނެފައި ވެއެވެ. އަދި ދީނީގޮތުން، ނުވަތަ ސިޔާސީ ގޮތުން ވިޔަސް، ކޮންމެހެން މީހަކަށް ސީރިއަސް ގެއްލުމެއްދީ، ނުވަތަ މެރުމަށް ގަސްތުކޮށްގެން ނޫން ގޮތަކަށް ހިންގާ އަމަލުތައްވެސް މި ދެ ގޮޅިއަށް ފައްތައި ޝަރީއަތަށް ހުށަހަޅަމުން ދާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، މިދިޔަ ރަމަޟާން މަހުވެސް އަމިއްލަ ގޭގައިވެސް ނަމާދުކުރުމާއި ޤުރުއާން ކިޔެވުން އޮތީ ވަރަށް ބޮޑަށް މަނާކޮށްފައެވެ. އަދި ފުލުހުން ގޭގެޔަށް ވަދެ، ނަމާދަށް ތިއްބައި މީހުން ދަމައި ނެރެ އަނިޔާކޮށް ހައްޔަރުކުރަމުން ގެންގޮސްފައި ވެއެވެ. މީގެ އިތުރުން، އީދު ނަމާދަށް މިސްކިތަށް ދިއުންވެސް އޮތީ މަނާކޮށްފައެވެ.

މިފަދަ އަމަލުތަކާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްއިން މިހާރު ވަނީ މިކަން ބެލުމަށް، މިނިވަން އަދި ބައިނަލްއަގުވާމީ ތަހުގީގެއް ހިންގައިދިނުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އެދިފައެވެ.

މައުލޫމާތު: ވިއޯން ރިޕޯޓް  

ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު