Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީން މެޗު ނިންމާލި ގޮތާ މެދު ހިތާމަ ކުރަން: ގާޑިއޯލާ

އޭނާ ބުނީ މެޗުގެ އެންމެ ފަހު ވަގުތާ މެދު ހިތާމަ ކުރާ ކަމަށާއި، މެޗުގެ އެ ނޫން ވަގުތަކުގައި ސިޓީގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ފެބުރުއަރީ 2025 | އަންގާރަ 06:39
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އިން އާސެނަލާ ދެކޮޅަށް ކުޅުނު މެޗު ނިންމާލި ގޮތާ މެދު ހިތާމަ ކުރާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އާސެނަލްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ، ސިޓީ ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މި ސީޒަންގައި ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައި އޮއްވާ، މި ފަހުން އެ ޓީމުން ވަނީ ނަތީޖާތައް ރަނގަޅުކޮށް ހަމަޖެހިލައިފަ އެވެ. ނަމަވެސް އާސެނަލް އަތުން ބަލިވެ ސިޓީ ފަސް ވަނައިގައި އޮތްއިރު، ގަދަ ހަތަރެއްގެ ޕްރެޝަރު ސިޓީ އަށް ބޮޑުވެއްޖެ އެވެ.

ގާޑިއޯލާ ބުނީ މެޗުގެ ފަހު 25 ވަނަ މިނެޓާ މެދު އޭނާ ހިތާމަ ކުރާ ކަމަށެވެ. ސިޓީގެ ކުޅުންތެރިން މެޗުގެ 65 ވަނަ މިނެޓު ނުވަތަ 70 ވަނަ މިނެޓާ ހަމައަށް ކުރި ކަންތައް، ފަހު ވަގުތުގައި ކުރަން އެމީހުންނަށް "ނޭނގުނީ" ކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ އާސެނަލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި، މެޗު ފަށައިގެން ވެސް އާސެނަލްގެ ފަރާތުން ފެންނަމުން ދިޔައީ ވަރުގަދަކަން ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ސިޓީން މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ކުޅެމުން ދިޔަކަން ޤަބޫލު ކުރާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެއް ލަނޑުން ފަހަތުގައި އޮއްވާ، ސިޓީން ނަތީޖާ ހަމަހަމަ ކުރީ ރަނގަޅު ކުޅުމެއް ދައްކައިގެން ކަަމަށް ގާޑިއޯލާ ބުންޏެވެ. އޭގެ ފަހުން ވެސް ސިޓީން އެ ޓީމުގެ ރަނގަޅު ކުޅުން ދައްކަމުން ދިޔަ ކަމަށް ގާޑިއޯލާ ވަނީ ފާހަގަ ކޮށްފަ އެވެ.

ނަމަވެސް ވަކި ހިސާބަކުން ސިޓީ އަށް ދޫކޮށްލެވުނީ ކަމަށާއި، ކުޅުންތެރިންނަށް އެމީހުން ކުރަން ޖެހޭ ކަންތައް ނޭނގުނީ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ މެޗުގެ އެންމެ ފަހު ވަގުތާ މެދު ހިތާމަ ކުރާ ކަމަށާއި، މެޗުގެ އެ ނޫން ވަގުތަކުގައި ސިޓީގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށް ޤަބޫލު ކުރާ ކަމަށެވެ. ގާޑިއޯލާ ބުނީ މެޗުގެ ނަތީޖާއަށް ބަލާފައި އޭނާ އެ ބުނާ ވާހަކަ ދެނެގަންނަން އުނދަގޫ ވާނެ ކަމަށާއި، ނަމަވެސް އޭނާ އަށް ކުރެވޭ އިޙުސާސަކީ އެއީ ކަމަށެވެ.

މި ސީޒަންގެ ލީގުގައި މިހާތަނަށް ސިޓީން 24 މެޗު ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ 12 މެޗުންނެވެ. ހަތް މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. ފަސް ވަނައިގައި ސިޓީ އޮތީ 41 ޕޮއިންޓާ އެކު އެވެ. މި ސީޒަންގައި ސިޓީގެ ނަތީޖާތައް ދަށްވެފައިވާއިރު، މިއީ ގާޑިއޯލާ ހަވާލުވީ ފަހުން ސިޓީގެ ނަތީޖާތައް އެންމެ ދަށްވީ ފަހަރެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު