Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހުޅަނގު އައްސޭރި

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހަމަލާތައް ފުޅާކުރަނީ، އދ ގެ މަންދޫބު ވިދާޅުވަނީ ނަސްލު ނައްތާލުމުގެ މަގްސަދު އޮތްކަން އެނގޭ ކަމަށް

އދ ގެ ސްޕެޝިއަލް ރެޕެޓުއަރ ވިދާޅުވެފައިވަނީ އިސްރާއީލުން ސުންނާފަތި ކުރުމުގެ ދާއިރާ ޣައްޒާ ސްޓްރިޕުން އިތުރަށް ފުޅާކޮށް، ހިފާފައިވާ ފަލަސްޠީނުގެ މުޅި ސަރަޙައްދު ހިމެނޭގޮތަށް ފުޅާކޮށްފައި ކަމަށް.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2025 | ހޯމަ 10:46
2025 ފެބުރުއަރީ 1 - ހުޅަނގު އައްސޭރީގެ ތުލްކަރަމް އަށް އިސްރާއީލު ސިފައިން އަރާ ފުޅާ ދާއިރާއެއްގައި ގެންދަނީ ހަމަލާތައް ދެމުން

2025 ފެބުރުއަރީ 1 - ހުޅަނގު އައްސޭރީގެ ތުލްކަރަމް އަށް އިސްރާއީލު ސިފައިން އަރާ ފުޅާ ދާއިރާއެއްގައި ގެންދަނީ ހަމަލާތައް ދެމުން

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހަމަލާތައް ފުޅާ ކުރަމުން ދާއިރު ނަސްލު ނައްތާލުމުގެ މަގްސަދު އޮތްކަން ހާމަވާ ކަމަށް ފަލަސްޠީނުގެ ސަރަޙައްދުތަކުގެ އިންސާނީ ޙައްޤުތަކާބެހޭ އ.ދ.ގެ ޚާއްޞަ ރެޕަޓުއަރ ފްރަންސެސްކާ އަލްބަނީސް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ރިޕޯޓުތަކުގައި ބުނެފައިވަނީ އިސްރާއީލުގެ ބާރުތަކުން ހުޅަނގު އައްސޭރީގެ އުތުރުގައިވާ ތައްމޫނު އަވަށަށް ހަމަލާދީ، ގިނަ އަދަދެއްގެ ފަލަސްޠީނުގެ މީހުން ވަގަށް ނަގައިފައިވާ ކަމަށެވެ.

ރިޕޯޓުތަކުގައި އިތުރަށް ބުނެފައިވަނީ އޮކިއުޕޭޝަން ބާރުތަކުން ރާމަﷲ ސިޓީގެ ހުޅަނގުގައިވާ ޝުޤްބާ ރަށަށްވެސް ވަދެ، އެތަނުގެ ފަލަސްޠީނުގެ މީހުންނާ ދިމާއަށް ބަޑިޖަހައި އަދި ކަރުނަ ގޭސް ޖަހާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން އިސްރާއީލުގެ ސިފައިން ޖެނީން ސިޓީގައި 23 ގެ ގޮއްވާލާފައެވެ.

ފަލަސްޠީނުގެ ސަރަޙައްދުތަކުގެ އިންސާނީ ޙައްޤުތަކާބެހޭ އ.ދ.ގެ ޚާއްޞަ ރެޕަޓުއަރ ފްރެންސިސްކާ އަލްބަނީސް ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ "ޖަރީމާތައް" ކުށްވެރި ކުރައްވާފައެވެ.

އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ އިސްރާއީލުން ސުންނާފަތި ކުރުމުގެ ދާއިރާ ޣައްޒާ ސްޓްރިޕުން އިތުރަށް ފުޅާކޮށް، ހިފާފައިވާ ފަލަސްޠީނުގެ މުޅި ސަރަޙައްދު ހިމެނޭގޮތަށް ފުޅާކޮށްފައި ކަމަށެވެ.

ނަސްލު ނައްތާލުމުގެ ނިޔަތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ވިދާޅުވަމުން އަލްބަނީސް ފާހަގަ ކުރެއްވި ގޮތުގައި އިސްރާއީލުން މުޅި ފަލަސްޠީނުގެ އާބާދީ އަށް އަމާޒު ކުރުމާއި، ހިފާފައިވާ ފަލަސްތީނުގެ މުޅި ސަރަހައްދަށް އަމާޒު ކޮށްފައިވުން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އިސްރާއީލުގެ މި އަމަލު ހުއްޓުވަން މާ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަނިޔާވެރިކަމާ ގުޅޭގޮތުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ (ޔޫއެންއެސްސީ) ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވާފައެވެ. އިސްރާއީލުން ހިންގާ އަނިޔާވެރި ކަމުގެ މަގްސަދަކީ އެ މީހުންގެ ވަޠަނުން އެ މީހުން ނެރެލުމެވެ.

އިސްރާއީލުގެ "ސިސްޓަމެޓިކް ގޮތެއްގައި އިންފްރާސްޓްރަކްޗަރ ހަލާކުކުރުމުގެ" އަދި "މީހުން މެރުމުގެ ސިޔާސަތު" ގެ ސަބަބުން ފަލަސްޠީނުގެ އެތައް ރައްޔިތުންނެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އޭނާ ވަނީ ބާރުއަޅުއްވާ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއަށް އޮކިއުޕައިކޮށްފައިވާ ހުޅަނގު އައްސޭރިފަށާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަމަލާތައް ހުއްޓުވުމަށް އެދިވަޑައިގެންފައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ (ޔޫ.އެން.އެސް.ސީ) ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވާފައެވެ. އެއީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަނިޔާވެރިކަމާ ގުޅޭގޮތުންނެވެ. އެ އަނިޔާވެރިކަމުގެ މަޤްޞަދަކީ އެ މީހުންގެ ވަޠަނުން އެ މީހުން ނެރެލުމެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައީސް ވަނީ ހުޅަނގު އައްސޭރިއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް އެންގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވެސް ގޮވާލައްވާފައެވެ.

ވެސްޓް ބޭންކުފަލަސްތީނު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު