Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އަމިއްލަ ދަނޑުގައި ޕެލަސް އަތުން ޔުނައިޓެޑު ބަލިވެއްޖެ

މި ބައްޔާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 13 ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 29 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2025 | ހޯމަ 04:37
މެޗުގައި ލަނޑު ޖެހުމަށްފަހު ޕެލަސްގެ މަޓޭޓާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޕެލަސްގެ މަޓޭޓާ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޕެލަސް އިން ވަނީ 2-0 އިން އެ ޓީމު ބަލިކޮށްފަ އެވެ. މެޗުގައި ޕެލަސް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ޕެލަސްގެ އޭރިޔޭ ތެރެއިން ލިބުނު ބޯޅައެއް އަލެހާންޑްރޯ ގާނާޗޯ ފޮނުވާލި ނަމަވެސް، އެ ބޯޅަ ބޭރަށް ދިޔައީ ޕެލަސްގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން ޔުނައިޓެޑުގެ އަމަދު ޑިއާލޯ ދިން ފުރުސަތެއްގައި ކޮބީ މައިނޫ ފޮނުވާލި ބޯޅަ ވެސް ދިޔައީ ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޕެލަސް އަށް ލީޑު ނަގައިދިނީ ފިލީޕް މަޓޭޓާ އެވެ. އެއީ ޕެލަސްގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި އައި ވަގުތު، ގޯލަށް ވައްދާލައިގެން މާޓޭޓާ ޖެހި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ޕެލަސްގެ ދެ ވަނަ ލަނޑު ޖެހީ ވެސް މަޓޭޓާ އެވެ.

މި ބައްޔާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 13 ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 29 ޕޮއިންޓާ އެކު އެވެ. އަދި މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ 11 ވަނަ ބައްޔެވެ. ޔުނައިޓެޑު އަތުން މޮޅުވެ ޕެލަސް އޮތީ 12 ވަނައިގަ އެވެ. އެއޯ 24 މެޗުން 30 ޕޮއިންޓާ އެކު އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްކްރިސްޓަލް ޕެލަސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު