Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

ބޮލުގައި އޮތް ތާކިހާގަނޑު ބިމަށް ވެއްޓޭވަރަށް ބޯގުދުކޮށް އަދަބު އިހްތިރާމް އޭގެ ނިހާޔަތަށް ބަރުތީލަ ކުރަމެވެ. ތިޔަތަނުން ފޮނުވި އަސަރުގަދަ ހަނދާންކޮށްދިނުމުގެ ނަސޭހަތުގެ ބަސްކޮޅުގެ ސިޓީ ވަނީ ލިބިފައެވެ. ހާލަތުއް ޟަރޫރާގެ ގޮތުން ފަސާހާތްތެރި ކަމާއި ބަލާޣާތްތެރި ކަމާއެކު ތިޔަ ފޮނުއްވި ސިޓީ ލޮލުން ބޮލުން ބަލައިގަންނަމެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 12:07
މަގޭ ރިޕޯޓް

މަގޭ ރިޕޯޓް

ބޮލުގައި އޮތް ތާކިހާގަނޑު ބިމަށް ވެއްޓޭވަރަށް ބޯގުދުކޮށް އަދަބު އިހްތިރާމް އޭގެ ނިހާޔަތަށް ބަރުތީލަ ކުރަމެވެ.

ތިޔަތަނުން ފޮނުވި އަސަރުގަދަ ހަނދާންކޮށްދިނުމުގެ ނަސޭހަތުގެ ބަސްކޮޅުގެ ސިޓީ ވަނީ ލިބިފައެވެ. ހާލަތުއް ޟަރޫރާގެ ގޮތުން ފަސާހާތްތެރި ކަމާއި ބަލާޣާތްތެރި ކަމާއެކު ތިޔަ ފޮނުއްވި ސިޓީ ލޮލުން ބޮލުން ބަލައިގަންނަމެވެ.

މިސިޓީ މި ފޮނުވަނީ ތިޔަ ވިދާޅުވާ ކަންކަމުގައި އަހަރެމެން ނުލާހިކު ރަނގަޅަށް ހަމަހިފަހައްޓައިގެން އެހަމަތައް އަތްދަށުން ދޫވިޔަ ނުދީ އެހާމެ ބާރަށް އޭގައި ތަގުޅިލައިގެންތިބޭ ކަންކަންކަމުގައި ބުނެ ހަނދާންކޮށްދިނުމުގެ ޖަވާބެއްވެސް ދިނުމަށެވެ.

ތިޔަ ފަރާތުން ފޮނުވި ސިޓީގައި ބްރޯޑްކާސްޓަރުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ނޫސްވެރިކަމުގެ ހަމަތަކާއި، އާއްމު އިޖްތިމާއީ މިންގަނޑަށް ފެތޭކަން ކަށަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

ފާޓުފުޅާ ބޮޑު ބްރޯޑްކޮމްއެވެ. އަހަރެން ތިޔަ ކަމަށް އިންތިހާއަށް ރުހި ގަބޫލުވަމެވެ. ތިޔަ ހަނދާންކޮށްދިނީ މުތުލަގަށް ތިޔަކަން އޮންނަ ސާފުސީދާ ރީތި ހަމައެވެ. އަދި އެހާމެ ސާފުކޮށް ބުނަމެވެ. މަވެސް ނުލާހިކު އަދަބު އިހުތިރާމާއެކު ހަނދާންކޮށްދިނުން ފަށްފަށްކޮށް ތަކުރާރުކޮށްލާނަމެވެ. އަހަރެމެންވެސް ހަދައިގެން މިއުޅޭ އެޑިޓޯރިއަލް ޕޮލިސީތަކާއި ކުދިން ކުދިން ގެންގުޅެންވާނެ ނޫސްވެރިކަމުގެ ހަމަތަކާއި، ހެދުން އެޅުމުގައި އަމަލްކުރަން ޖެހޭ މިންގަނޑު އަދި ދިއްކޮށްލާ މައިކުގައި ހިފައިގެން ހުންނާނޭ ގޮތުގެ އިރުޝާދާއި ދުނިޔެވީ ހަމަތައް، ތައްޔާރުކޮށް އެއިން ނުނެއްޓެވޭވަރަށް މަލަރުކޮށްފައިވާނީ ތިޔަ ވިދާޅުވާ ހަމަތަކުން ސިކުންތަކަށްވެސް ނުނެއްޓެވޭނޭފަދަ ބީދައަކަށެވެ. އަދި އެއިން ކަމަކުން އެއްކިބާވެ ޤާނޫނުގައިވާ މަބްދައުތަކާއި މަބާދައުތަކުގެ ބޭރުން އެއިން ކުއްޖަކަށް ކުޑަބޭރުވެސް އަރުވާނުލެވޭވަރަށެވެ. ކޮންޓްރޯލުގެ ފީޑަރާ ފޫޓަކަށްވެސް ގާތްވެވޭނީ އެހަމަތަކުގެ ދަށުންނެވެ. ވީމާ އަނެއްކާވެސް ދެއިރު ދެދަޅައަށްކާ ބޭހެއްހެން ތަކުރާރުކޮށް ފަށްފަށްކޮށް ބުނެދެމެވެ. ތިޔަ އެއްޗެއްގައި ހިފަހައްޓައިގެން މިތިބީ ނިކަން ބާރަށް އެއިން ދޫނުވާވަރަށް ބަގުޑިވެސް ބައްދައިގެންނެވެ.

ބުރޯޑް ކޮމްއެވެ. ހަމައެހެންމެ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރަންޖެހޭ ކޯޑް އޮފް ޕްރެކްޓިސް ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް މަންޒަރާއި އަޑު ބްރޯޑްކާސްޓްކުރުމުގައި އިތުރަށް ސަމާލުވުމަށް ވެސް އެ ސިޓީގައި ތިޔަވަނީ އިލްތިމާސްކޮށްފައެވެ.

ސާބަހެވެ. އައްސަރިބަހުން ސާބަހެވެ. ތިޔަކަމަށް ތާއީދުކޮށް އަތްފޫދާވަރަށް އަތްވެސް ބާރަށް ޖަހަމެވެ. ތިޔައީ އަހަރަމެންވެސް ހެނދުނާ ހަވީރުގެ ޒިކުރަށްފަހު ކޮންމެ ދުވަހަކުވެސް ދެއިރު ދެދަޅައަށް ބަލާ މުތޯލިއާކޮށް އެއަށް ފަރުވާވެ ތިބުމަށް ނުހަނު ލޯހުޅުވައިގެން ތިބޭ ކަންކަމެވެ. މިފޮނުވާ މަންޒަރުތަކާއި އިއްވާ އަޑުތަކުން ސާފު ސަރީހަކޮށް އެކަން ސަބަބުވެރި އިންސާނުންނަށް އެނގި ސާފުވާނެއެވެ. ވަކިފަރާތަކަށް ނުޖެހި ހަމަޔާއި އިންސާފުން މިއެއްޗެހި ބަލައި އުޅޭ މީހުންނަށް މިކަން ފަހުމްވާކަށް އިތުރު ދަލީލެއް ހެއްކެތް އަދި ގަރީނާއެއްވެސް ބޭނުމެއް ނުވާނެއެވެ.

ބްރޯޑްކޮމްއެވެ. އަދި މަވެސް އެއްޗެއް ހަނދާންކޮށްލަދެން ހެއްޔެވެ. ތިޔަށް އިތުރު ބާރެއް ދޭނަމޭ ހިތާއެވެ. އަހަރެމެން ތިޔަކަންކަމަށް ސަމާލުވަނީކީ ބަޔަކު ޖަލްސާއެއް ބާއްވަން އުޅޭއިރަކަށް ނޫނީ މަގުމައްޗަށް ނުކުމެ ހިނގާލުމެއް ހިންގާލަން އުޅޭ އިރަކަށް ނޫނެވެ. އަދި ކަމެއްގައި ހައްގު ހޯދަން ބަޔަކު ނުކުމެ އިހުތިޖާޖެއް ކުރަން ފެށީމާ އެކަންޏެއްވެސް ނުމެނޫންމެއެވެ. ދުނިޔެމައްޗަށް އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކުމެ ތާއަބަދު މިތިބެނީ އެކަމަށް ސަމާލުވެ އޭގެ ތަރަހަތެރެއަށް ނުހަނު ރަނގަޅަށް ފެތި ބާރުވެގެންނެވެ. ނޭނގިނަމަވެސް އެއިން އުންސުރަކާ ޚިލާފް ނުވާނޭހެން ފަރުވާވެގެންނެވެ.

ބުރޯޑުކޮމްއެވެ. އެ ސިޓީގައި އިތުރަށް ބުނެފައި ތިޔަ ވަނީ ހަމަހަމަ، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ އިތުރުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ހުރިހާ ފަރާތެއްގެ ބަސް ހިމަނައިގެން ކޮންޓެންޓް ފޮނުވުމަށް ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދޭ ކަމަށެވެ.

ހާދަހާވާ ރީއްޗެވެ. އެހާމެ ފުރިހަމައެވެ. ޅެމެއްނަމަ ތިޔައިގެ ގެތުންގަނޑު ހާދަ ފުރިހަމައެވެ. ތިޔަ ބަސްކޮޅުގެ ކާފިޔާއާއި ފިލިކޯޅިތައް އަތުރާލެވިފައިތިޔަވަނީ އޭގެ ދެވަނައެއް ނުވާވަރަށެވެ.

ބުރޯޑް ކޮމްއެވެ. ތިޔައީ ކަޅާ ހުދުން ލިޔެވި ކަނޑާނެގިފައި އޮންނަ ގޮތެވެ. މަވެސް ކަންކުރެވޭތޯ ހިތްވަރު މިކުރަނީ ތިޔަ ވިދާޅުވާ ގޮތަށެވެ. ތައައްސުބުން އެއްކިބާވެ ސީދާ މުތުލަގަށް ކަންއޮތްގޮތް ބުނެދޭށެވެ. އެކަމަކު އެހެންވާހަކައެއް މަ ބުނެދޭނަމެވެ. ނޭނގި އޮތިއްޔާ އަންގާލަދިނުމެއްކަމަށް ބެއްލެވިއްޔާ ނުހަނު ޝުކުރުވެރިވާނަމެވެ. ތިޔަތަނުގެ ބައެއްކުދިން އާކަމުން އަދި ލޯނުހުޅުވި އޮވެދާނެތީވެސް މެއެވެ. މީގެ އިތުރުން އަހަރަމެންގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަހަރެމެންގެ ޝިކާޔަތަށް ލޮލުގެ ހިމަކޮޅުންވެސް ބައްލަވާލައްވާނެ ކަމުގެ އުއްމީދަކާވެސް އެކުގައެވެ.

ބުނާން ހެއްޔެވެ. ތިޔަކަން ހަނދާންކޮށްދިނުން އެންމެ ލާއިގުވަނީ މިއުޅޭ މުއިއްޒުބޭމެނަށެވެ. ވަރުވަރުން ތަންތަނުގައިތިބި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށެވެ. ކަމުގެ އަނެއްކޮޅު ހޯދަން ގުޅާލީމާ ހިތްޕުޅާ ހަމަ ނުވިއަސް ޖަވާބެއް ދެއްވުން އެދި އާދޭސްކޮށްދިނުމަށެވެ. ތިޔަވިދާޅުވާ ހުރިހާ ފަރާތެއްގެ ބަސް ހިމަނައިގެން ޒިންމާދާރުކަމާއެކު ކުރާން މިއުޅޭ ނޫސްވެރިކަން ކުރުމަށް އެއްބާރުލުން ދެއްވުން އެދިއެވެ. ކިތައްމެ ނުރުހުނަސް ފޮނުވާ އާރުޓީއައިތަކަށް ޖަވާބުދެއްވުން އެދިއެވެ. ހިތްޕުޅާ ނުވިއަސް ދަތުރުތަކުގައި ގެންގޮސް އަސްލު މަންޒަރުތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދެއްވުން އެދިއެވެ. ބުނަން ހެއްޔެވެ.  އެއް އަތްތެޅިއަސް އަޑެއް ނުނިކުންނާނެތާއެވެ. އަދި ފަހަތުން ރޮއެ އާދޭސްކުރިއަސް ނުދޭ ޖަވާބެއް ނުބުނާ ބަހެއް ހިމެނިދާނެ ހެއްޔެވެ. ފޮނުވާ ސުވާލުތަކަށް ނުކުރާ ކޮމެންޓެއް މަވެސް އަދި ތިޔަ ބްރޯޑްކޮމްވެސް އުޑުގައިޖެހި ބިމުގައިޖެހުނަސް ހިމެނޭނެ ގޮތެއް އޮންނާނެ ހެއްޔެވެ.

ބުރޯޑްކޮމްއެވެ. އަނެއްކާވެސް ތިޔަތަނުން ތިޔަފޮނުވި ސިޓީއަށް ފަށްފަށުން ޝުކުރުވެރިވަމެވެ. އެކަމަކު ނިންމާލަމުން މަވެސް ވާހަކައެއް ބުނަން ހެއްޔެވެ. އެއްޗެކޭ ހީ ނުކުރައްޗެވެ. ފަހަރެއްގައިވެސް މީކީ ދެފަށްމާނައިގާ، ބުނާ ވާހަކައެއް ނޫނެވެ. އަދި ބައެއް ޅެންވެރިންހެން ފޮރުވިފައިވާ މާނަ ބަނޑުގައި ބާއްވައިގެން ބުނާ އެއްޗެއްވެސް ނުމެ ނޫންމެއެވެ.

ބުރޯޑް ކޮމްއެވެ. ކުރިން ރާއްޖޭގައި ފިލްމުކުޅެ ޖޯކުހެދިގެން އުޅުނު މުހައްމާކަލޯ ބުނާހެން "ދެކެދެކެވެސް" މިވަރުގެ ކަމެއް ނުދެކެވެ. މަވެސް މިކަމެއް ކުރެވޭތޯ އުޅޭތާ ހެޔޮވަރު ދުވަސްކޮޅެއް މިވަނީ ވެފައެވެ. މިހާވަރު އަދި އަރުވައެއް ނުލައެވެ. މަވެސް ލައްކަ މީހުންގެ ދައުރުތައް ދެކެފީމެވެ. އަހަރެމެން ބޯމައްޗަށް ހިއްލިޔަ ނުދޭން މިކުރާ ވަރެއް އަދިއެއް ނުދެކެވެ. ނުމިޔަ ނުދިރި ކަރުތާ ފެނުގައި ބޭއްވޭތޯ ބަލާން އެޖަހާ މަޅިތައްވެސް މިވަރެއް ނޫނެވެ. އިޝްތިހާރުތައް އަތުލައި، ސަނާކިޔާން އުފެއްދި އިއްޔެ މެނދުރުގެ އޮންލައިން ނޫސްތަކަށް ކާފަގެ މަސްބެހުމަށް އެދަނީ ބަހާލަމުންނެވެ. އިސްތިހާރެއް ދައްކާލާތީ އަމިއްލަ ވިޔަފާރިވެރިން ލޯލާރިއެއްވެސް ދިއްކޮށްލިއަ ނުދިނުމަށް އެދަނީ ބިރުދައްކައި ޕްރެޝަރު ކުރަމުންނެވެ.

ބުރޯޑްކޮމްއެވެ. މަޝްހޫރު ނަައިފަރު ދޮހޮއްކޮގެ ލަވައެއްގައި ވެއެވެ. އަދާވާތްތެރި ވިއަސްވާންވާނީ ހިތައް ކުޅަދާނަ މިންވަރަކަށެވެ. އެ މޭރުމުން ނުރުހުންވިއަސް ވާންވާނީ ކޮންމވެސް ހައްދެއްގެ މަތިންތާއެވެ. ނިންމާލަމުންވެސް ބުނަމެވެ. ތިޔަ ސިޓީ އަހަރެން މި ބަލައިގަތީ ހެޔޮނިޔަތުންނެވެ. ފަހަރެއްގައިވެސް ގާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ނޫސްވެރިކަން ހަންމަތަކުރަން އެއުޅޭ އުޅުމަށް އިތުރުވާ ބޮޅެއްކަމަށް ތިޔަ ސިޓީ ދެކިގެންނެއް ނޫނެވެ. މަގޭ ހިތް ހަމަ ސާފެވެ. ބަޔަކު މީހުން ކިތައްމެ ގަޔާނުވިއަސް އަދި ހިތްހަމަ ނުޖެހި ކިތައްމެ ދުއްތުރާލެއް ކުރިއަސް އަހަރެން މިބަލާނީ ތިޔަބުނާގޮތައް މިނިވަން ހަމަ ނޫސްވެރިކަމެއް ކުރެވޭތޯއެވެ. ކިތައްމެ ފޮނެއް އެރުވިއަސް އަދި ކިތައްމެ ޖެއްސުމެއް ބަޔަކު ކުރިއަސްވެސް މަހަމަ ކުރިއަށްދާނީ ތިޔަ ބުނާ ގޮތަށެވެ. ވަރަށް ބޮޑަށް ސަލާމެވެ.

ބްރޯޑްކޮމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024
ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

31 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު