Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކޮމް

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

އުސޫލުގެ ދަށުން އެކްރެޑިޓޭޝަން ހޯދުމަށް އެމްކިއުއޭ ލެވެލް 3 ސަނަދެއް ނުވަތަ 3 އަހަރުގެ ތަޖުރިބާ ބޭނުންވާނެ

އަލީ ޝާހީން
އަލީ ޝާހީން | 1 ސެޕްޓެމްބަރު 2025 | ހޯމަ 02:17
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)

ނޫސްވެރިން އެކްރެޑިޓް ކުރުމާ ބެހޭ އައު އުސޫލެއް މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ގެޒެޓް ކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން އާދިއްތަ ދުވަހު ވަނީ ނޫސްވެރިން އެކްރެޑިޓް ކުރުމާ ބެހޭ އައު އުސޫލެއް ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި އުސޫލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ކަށަވަރުކޮށް، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އައު އުސޫލުގެ މައިގަނޑު މަގުސަދަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކަށީގެންވާ ތަމްރީނާއި ތަޢުލީމު ލިބިފައިވާ ބަޔަކަށް ހެދުމެވެ. މީގެ އިތުރުން ނޫސްވެރިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޕްރޮފެޝަނަލިޒަމް ކަށަވަރުކުރުމަށްވެސް މި އުސޫލުން މަގުފަހިކުރެއެވެ.

އުސޫލުގެ ދަށުން އެކްރެޑިޓޭޝަން ހޯދުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ވަނީ ކަނޑައެޅިފައެވެ. މިގޮތުން ބްރޯޑްކާސްޓިންގ އަދި ކޮމިއުނިކޭޝަން ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ލާޒިމުކުރެއެވެ.

ޕްރެސް ފާސް ދޫކުރެވޭނެ ފަރާތްތަކުގެ ތެރޭގައި އެޑިޓަރުން، ރިޕޯޓަރުން، ޖާނަލިސްޓުން، ޕްރެޒެންޓަރުން، ލިޔުންތެރިން، ކޮލަމިސްޓުން، ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓުން ހިމެނެއެވެ.

ބްރޯޑްކޮމްގެ ފަރާތުން މި އުސޫލަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށްފަހުގައެވެ. މި މުއްދަތުގެ ތެރޭގައި ނޫސްވެރިންނަށް އައު އުސޫލަށް ތައްޔާރުވުމަށް ފުރުސަތު ލިބިގެންދާނެއެވެ. މި އުސޫލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ފުރިހަމަކޮށް، ޕްރޮފެޝަނަލް މިންގަނޑުތަކެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބްރޯޑްކޮމްއިން ފާހަގަކުރެއެވެ.

ބްރޯޑްކޮމްނޫސްވެރިންއެކްރެޑިޓޭޝަންޕްރެސް ފާސްއެމްކިއުއޭ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
24 ސެޕްޓެމްބަރު 2025

ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

24 ސެޕްޓެމްބަރު 2025
ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި
21 ސެޕްޓެމްބަރު 2025

ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި

21 ސެޕްޓެމްބަރު 2025
ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2025

މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު

20 ސެޕްޓެމްބަރު 2025
މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު