Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެްނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

ނުޒުހާއަކީ މީގެ ކުރިން ރާއްޖެ ޓީވީގައި ޚަބަރު ހުށަހަޅައި، ޕްރެޒެންޓް ކުރި ނޫސްވެރިއެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 މާރިޗު 2024 | ހޯމަ 17:28
ނުޒުހާ

ނުޒުހާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް މަޖިލީހުން ރުހުން ދީފައިވާ އައިމިނަތު ނުޒުހާ މަގާމަށް އައްޔަން ކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ނުބާއްވާ އޭނާގެ މަގާމުގެ ފަތްކޮޅު ގެއަށް ފޮނުވައިފިއެވެ.

އޭނާ އަށް ފަތްކޮޅު ފޮނުވީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ނުޒުހާ މަޤާމަށް އައްޔަން ކޮށްފައި ވަނީ މަޖިލީހުން އޭނާގެ ނަން ފާސްކުރިތާ މަހެއްހާ ދުވަސް ވާން ކައިިރިވެފައި ވަނިކޮށެވެ. މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުގެ މަގާމާށް އައިމިނަތު ނުޒުހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަކީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ ގޮތުގައި އަދި މެންބަރު ގޮތުގައި ކުރިން ހުންނެވި، އަޙްމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމެކެވެ. އެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

މިހާތަަނަށް އަމަލުކުރަމުން އައި އުސޫލަށް ބަލާއިރު ކޮމިޝަން ވުޖޫދު ކުރީއްސުރެ މިއަދާއި ހަމައަށް ވެސް މެމްބަރުން އައްޔަނުކުރުމަށް ފަހު އެ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި އެ މެމްބަރުންނާއި ފަތްކޮޅު ހަވާލުކުރެއެވެ. ނަމަވެސް ނުޒުހާ އަށް ފަތްކޮޅު ހަވާލު ކުރުމަށް އެފަދަ ރަސްމިއްޔާތެއް ބާއްވާފައެއް ނުވެއެވެ.

ނުޒުހާއަކީ މީގެ ކުރިން ރާއްޖެ ޓީވީގައި ޚަބަރު ހުށަހަޅައި، ޕްރެޒެންޓް ކުރި ނޫސްވެރިއެކެވެ.

ބްރޯޑްކޮމް

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި
31 އޯގަސްޓު 2025

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟
21 އޯގަސްޓު 2025

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި
27 ޖެނުއަރީ 2025

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

27 ޖެނުއަރީ 2025
ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު
19 ނޮވެމްބަރު 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު