Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކޮމް އިން ރާއްޖެޓީވީގެ މައްސަލަ އެއް ބެލުން

ބްރޯޑްކޮމް އިން ރާއްޖެޓީވީގެ މައްސަލަ އެއް ބަލަނީ

ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ސިޔާސީ ކޮންޓެންޓް ގެެނެސްދިނުމުގެ ސުންގަޑިއަކީ 29 ސެޕްޓެމްބަރ 2023ގެ 18:00

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 އޮކްޓޯބަރު 2023 | އާދީއްތަ 12:56
ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިންގ ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމް އިން ރާއްޖެޓީވީގެ މައްސަލަ އެއް ބަލަން ފަށައިފިއެވެ.

ބްރޯޑްކޮމް އިން ރާއްޖެޓީވީ އަށް ފޮނުވި ސިޓީ އެއްގައި ބުނެފައި ވަނީ 2023ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ދުވަހަކީ 2023 ސެޕްޓެމްބަރ 30 ވަނަ ދުވަސް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވުމާއި އެކު އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރާއިރު ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ސިޔާސީ ކޮންޓެންޓް ގެެނެސްދިނުމުގެ ސުންގަޑިއަކީ 29 ސެޕްޓެމްބަރ 2023ގެ 18:00 ކަމަށެވެ. އެހެންނަމަވެސް ރާއްޖެ ޓީވީ އިން އިންތިޚާބީ ދުވަސްވަރު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން އާއި ޚިލާފު ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ މައްސަލަ ކޮމިޝަނުން ބަަލަމުންދާ ކަމަށް ބްރޯޑްކޮމްގެ ސިޓީގައި ވަނީ ބުނެފައެވެ. މައްސަލައިގެ އިތުރު ތަފްސީލް ހިއްސާކުރަމުން އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ އަކީ ރާއްޖެޓީވީން 29 ސެޕްޓެމްބަރުވީ ހުކުދު ދުވަހުގެ ރޭ 08:08 އިން 08:10 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓާއި ގުޅޭ މައްސަލަ އެއް ކަމަށެވެ. އަދި އެ މައްސަލަ އަކީ ސަރުކާރުގެ ކެނޑިޑޭޓަކު އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއްގައި ހުރި މީހަކު ސަރުކާރަށާއި ކެނޑިޑޭޓަށް ތާއީދުކޮށް ދައްކާފައިވާ ވާހަކަ ހިމެނިފައިވާތީ އެއީ ސިޔާސީ ކޮންޓެންޓް އާއްމުކުރުމުގެ އުސޫލާއި ޚިލާފުވާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެއީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ސަރުކާރަށް ނިސްބަތް ނުވާ ކެނޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށާއި، ކޮންޓެންޓް ގެނެސްދިން ވަގުތަކީ އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރަން އަދުލުވެރި ނުވަތަ އިންސާފުވެރި ވަގުތެއްކަމުގައި ނުވާތީ އެ މައްސަލަ އިންތިޚާބީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންގެ 3 ވަނަ މާއްދާގެ (ހ)އާއި ޚިލާފު ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. އެ މައްސަލަ އޮކްޓޯބަރ 9އެއްގެ ކުރިން ޖަވާބުދިނުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ. އަދި މައްސަލަ ބަލާ ނިމެންދެން ހަވާލާދިން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވަނީ އެދިފައެވެ.

ބްރޯޑްކޮމް

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި
31 އޯގަސްޓު 2025

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟
21 އޯގަސްޓު 2025

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި
27 ޖެނުއަރީ 2025

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

27 ޖެނުއަރީ 2025
ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު
19 ނޮވެމްބަރު 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު