Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ހިތްޕުޅާނުވުމުން ފަތްކޮޅު ފޮނުއްވީ ގެޔަށް

ކޮމިޝަނަށް އައްޔަންކުރެއްވި އެއްވެސް މެމްބަރަކަށް ފަތްކޮޅު ހަވާލުކުރުމުގައި މިގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 14:33
ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް މަޖިލީހުން ރުހުން ދީފައިވާ އާމިނަތު ނުޒުހާ މަގާމަށް އައްޔަންކުރެއްވިކަމުގެ ފަތްކޮޅު

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް މަޖިލީހުން ރުހުން ދީފައިވާ އާމިނަތު ނުޒުހާ މަގާމަށް އައްޔަންކުރެއްވިކަމުގެ ފަތްކޮޅު

ކޮންމެ ކަމެއްގައިވެސް އަމަލުކުރާ ވަކި އުސޫލުތަކާއި ހަމަތަކެއް އޮވެއެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިބިކަމުގައިވިޔަސް، މި އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓައެވެ. އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލެއް ކަމުގައިވާނަމަ އެކަމެއް އެގޮތަކަށް ކުރެއެވެ. އެގޮތުން މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ މެމްބަރުންނަށް ފަތްކޮޅު ހަވާލުކުރުމުގައި މީގެކުރިން އަމަލުކުރަމުން އައި ގޮތަކީ، އެއިރަކު ހުންނަވާ ރައީސަކު އެ މެމްބަރުންނަށް ރައީސް އޮފީހުގައި ފަތްކޮޅު ދެއްވައި، އެ މެމްބަރުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވުމެވެ. މިހާތަނަށް އަމަލުކުރަމުން އައީ އެގޮތަށެވެ.

ނަމަވެސް އެއީ މިއަހަރުގެ މާޗް 18 ވީ ހޯމަ ދުވަހާ ހަމައަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން(ބްރޯޑްކޮމް)ގެ ހުސްވެފައިވާ މަގާމަށް މަޖިލީހުން ރުހުން ދީފައިވާ އާމިނަތު ނުޒުހާ މަގާމަށް އައްޔަން ކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ނުބާއްވަވައި، މަގާމުގެ ފަތްކޮޅު ވަނީ ގެޔަށް ފޮނުއްވާފައެވެ. ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ނުޒުހާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ 26 ދުވަސް ފަހުން ނުޒުހާއަށް މަގާމުގެ ފަތްކޮޅު ދީފައި މިވަނީ، މަގާމުގެ ފަތްކޮޅު ހަވާލުނުކޮށްގެން އޮންލައިން ނޫހެއްގައި ޚަބަރު ޖެހުމުންނެވެ. ޚަބަރު ޖެހި ދުވަހު މެންދުރުފަހު ފަތްކޮޅު ފޮނުއްވީ ނުޒުހާގެ ގެޔަށެވެ.

ބްރޯޑްކާސްޓިންގ ގާނޫނުގެ ދަށުން އުފައްދާފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކުރަންޖެހޭ ބައެއް ނޫނެވެ. ނަމަވެސް މި ކޮމިޝަން އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް ކޮމިޝަނަށް އައްޔަންކުރި އެއްވެސް މެމްބަރަކަށް ފަތްކޮޅު ހަވާލުކުރުމުގައި މިގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައެއް ނުވެއެވެ. އަބަދުވެސް ކޮމިޝަނަށް އައްޔަންކުރާ މެމްބަރުންނަށް ފަތްކޮޅު ދެއްވަނީ ރައީސް އޮފީހުގައި، އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެވެ. އެއަށްފަހު މެމްބަރުންނާ ރައީސް ބައްދަލުކުރައްވައި، މަޝްވަރާކުރައްވައި، ފޮޓޯވެސް ނަންގަވައެވެ. ނަމަވެސް ކޮމިޝަންގެ މެމްބަރު ނުޒުހާއަށް އެ ފުރުސަތު މިއަދުގެ ސަރުކާރުން ނުދީ، މިހާ އިހާނެތި ގޮތަކަށް އަމަލުކުރަންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން މީޑިޔާތަކަށް ދީފައިވާ މައުލޫމާތަށް ބަލާއިރު، ނުޒުހާ މަގާމަށް އައްޔަންކުރުން ލަސްވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ. އަދި ނުޒުހާ މަގާމަށް އައްޔަންކުރުން ލަސްވެފައިވާތީ، މަގާމަށް އައްޔަންކުރިކަމުގެ ލިޔުން ފޮނުވައިފައިވަނީ އަވަސްކޮށްލުމުގެ ގޮތުން ކަމަށާއި، މި މަގާމަށް މީހަކު އައްޔަންކުރުމަކީ ރަސްމިއްޔާތެއް ބާއްވައި، ފަތްކޮޅު ދެއްވާގޮތަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގާނޫނުގައި ނޯންނަ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ ކުރީގެ ރައީސުންވެސް ބްރޯޑްކޮމްގެ މެމްބަރުންނަށް ފަތްކޮޅު ދެއްވުން ރައީސް އޮފީހުގައި ކުރިޔަށްގެންދެވީ ގާނޫނެއްގައި ބަޔާންކޮށްފައި އޮތީމައެއް ނޫނެވެ. ނަމަވެސް ރައީސް މުއިއްޒަށް އެކަން އެގޮތަށް ނުކުރެއްވުނީ ހަމަ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަތޮޅުތަކަށް ވަޑައިގެންނަވަން ޖެހުމުންހެއްޔެވެ؟ އެހެންކަމަށްވާނަމަ ދެން މިނިވަން މުއައްސަސާތަކަށް އައްޔަންކުރައްވާ ބޭފުޅުންނަށް ފަތްކޮޅު ފޮނުއްވާނީ އަބަދުވެސް އެބޭފުޅެއްގެ ގެޔަށްހެއްޔެވެ؟ ވަކިން ޚާއްސަކޮށް، ބްރޯޑްކޮމްގެ މެމްބަރުންނާމެދު ރައީސް ކުރިޔަށް އޮތްތަނުގައި އަމަލުކުރައްވާނީ ހަމަ މިގޮތަށްހެއްޔެވެ؟ ނޫނީ މިއީ ރައީސް ހިތްޕުޅާނުވާ ބޭފުޅަކަށް ބްރޯޑްކޮމްއިން ރުހުން ދިނުމުން ކަންކުރެއްވި ގޮތްހެއްޔެވެ؟ ތެދެކެވެ. މިނިވަން މުއައްސަސާތަކަށް އަބަދުވެސް އައްޔަންކުރަނީ އެއިރެއްގައި އޮންނަ ސަރުކާރުގެ ރުހުން އޮންނަ ބައެކެވެ. ނުޒުހާއަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވީ ނިމިގެންދިޔަ ވެރިކަމުގައެވެ. މަޖިލީހުގައި އެ މައްސަލަ ދިގުލައިގެންގޮސް ނުޒުހާއަށް މަޖިލީހުން ރުހުން ދިނީ މި ސަރުކާރުގައެވެ. އެއީ އެކަމުގައި ނުޒުހާގެ ކުށެއް އޮތް ކަމަކީހެއްޔެވެ؟ ރުހުން ދިންތާ އެތައް ދުވަހެއް ފަހުން އަމަލުކުރަންޖެހޭ ގޮތަކީ ހަމަ މިއީހެއްޔެވެ؟

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކޮންމެ ބޭފުޅަކު އައްޔަންކުރިއަސް އެކަން ކުރާނީ އެބޭފުޅެއްގެ ލަޔާގަތާއި ގާބިލިއްޔަތަށް ބެލުމަށްފަހުއެވެ. އެހެންކަމަށްވާއިރު، އެބޭފުޅަކާމެދު އިހުތިރާމު ކުޑަވާ ގޮތަކަށް ކަންކަން ކުރެއްވުމުން، ރައީސް މުއިއްޒުގެ ވެރިކަމުގައި ރައީސް ހިތްޕުޅާނުވާ ރައްޔިތުންނާ މެދުވެސް މިހާ އިހުތިރާމު ކުޑަވާފަދަ ގޮތަކަށް ކަންކުރައްވަފާނެބާވައޭ ސުވާލު އުފެއްދުމުގެ ޖާގަ އެބަލިބެއެވެ. މި ސަރުކާރުން އެއްވެސް ރައްޔިތަކާމެދު ތަފާތު ނުކުރާނެކަމަށް ބުނަމުން އަންނައިރު، ބްރޯޑްކޮމްއަށް އައްޔަންކުރި ބޭފުޅަކާމެދު ރައީސް އަމަލުކުރެއްވި ގޮތުން، މި ސަރުކާރުން ކަންކުރާނީ ހަމަ އެގޮތަށްބާވައޭ ސުވާލު އުފެދެއެވެ. ރައީސާ ސިޔާސީގޮތުން ޚިޔާލު އެއްގޮތްނުވާ ކޮންމެ މީހަކާމެދު މިހާ އިހުތިރާމުކުޑަވާ ގޮތަކަށް އަމަލުކުރައްވާނެބާވައޭ ރައްޔިތުންނަށް މިއަދު ސުވާލު އުފައްދަން މަޖުބޫރު ކުރުވައިފިއެވެ.

ބްރޯޑްކޮމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

27 ޖެނުއަރީ 2025
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު