Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ފްލިކް ބޭނުން ވަނީ ގާސިއާ ބާސެލޯނާގައި ހުންނަން!

ބާސެލޯނާ އަށް ބަދަލުވީ ފަހުން އެ ކުލަބުގައި ގާސިއާ އަށް އެންމެ އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ، އޭނާ ހުރީ ކުލަބު ދޫކޮށްލަން ބޭނުންވެފައި ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2025 | އަންގާރަ 04:35
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަދި އެރިކް ގާސިއާ

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަދި އެރިކް ގާސިއާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު އެރިކް ގާސިއާ އެ ކުލަބުގައި ހުންނަން އެދޭ ކަމަށް، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ގާސިއާ ބާސެލޯނާ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު، އެ އަހަރު ގާސިއާ ބާސެލޯނާ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާ އެކު ގާސިއާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބާސެލޯނާ އަށް ބަދަލުވީ ފަހުން އެ ކުލަބުގައި ގާސިއާ އަށް އެންމެ އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ، އޭނާ ހުރީ ކުލަބު ދޫކޮށްލަން ބޭނުންވެފައި ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ބާސެލޯނާ އަށް ބަދަލުވީ ފަހުން 2023 ވަނަ އަހަރު ގާސިއާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޖިރޯނާ އަށް ވެސް ކުޅެފަ އެވެ. އެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ގާސިއާ ވަނީ އެނބުރި ބާސެލޯނާ އަށް އައިސްފަ އެވެ.

ގާސިއާގެ މުސްތަޤުބަލާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ފްލިކް ވަނީ، ގާސިއާ އެ ކުލަބުގައި ހުންނަން އެދޭ ކަަމަށް ބުނެފަ އެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނެފައި ވަނީ، ގާސިއާގެ ފަރާތުން ބާސެލޯނާ އަށް ހަމަޖެހުން ލިބޭ ކަމަށާއި، އޭނާ އަކީ ކޮންމެ ރޯލެއް ވެސް އަދާ ކުރެވޭނެ ކުޅުންތެރިޔެއް ކަމަށެވެ. އެހެންކަމުން ގާސިއާ ބާސެލޯނާގައި ހުންނަން އޭނާ ބޭނުންވާ ކަމަށާއި، ވެލެންސިއާ މެޗުގައި ވެސް ގާސިއާގެ މުހިންމުކަން ފެނިފައިވާނެ ކަމަށް ފްލިކް ބުންޏެވެ.

ގާސިއާ ވަނީ ބާސެލޯނާ އަށް ބަދަލުވީ ފަހުން އެ ކުލަަބަށް 87 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. އަދި ގާސިއާ ވަނީ ބާސެލޯނާ އާއެކު ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރެއިން ސްޕެނިޝް ސުޕަ ކަޕް ވަނީ ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޖިރޯނާގެ އިތުރުން ރެއާލް ސޮސިއެޑާޑުން ވެސް އޮތީ ގާސިއާ ހޯދުމަށް ޝައުޤުވެރިވެފަ އެވެ. މީގެ އިތުރުން އިޓަލީގެ ކޯމޯ އިން ވެސް ގާސިއާ އަށް ޝައުޤުވެރިވާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ބާސެލޯނާއެރިކް ގާސިއާހަންސީ ފްލިކް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު