Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސެލޯނާ އިން ދެއްކި ކުޅުމާމެދު ފްލިކް ހުރީ އިންތިހާ އަށް ހިތްހަމަ ޖެހިފައި!

28 ޖެނުއަރީ 2025 | އަންގާރަ 04:33

މެޗު ފެށުނީއްސުރެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބާސެލޯނާ އިން ދިޔައީ މެޗުގެ ފުރިހަމަ ކޮންޓްރޯލް ހިފަހައްޓަމުން ކަމަށާއި، ކުޅުންތެރިން ކުރީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ފްލިކް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2025 | އަންގާރަ 04:33
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ސްޕެނިޝް ލީގުގައި ވެެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އިންތިހާ އަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީ ފްލިކް ބުނެފި އެވެ.

ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާ އިން ވަނީ އެ ޓީމުގެ ކޮޅަށް ހަތް ލަނޑު ޖަހައިގެން، ބޮޑު މޮޅެއް ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. އަދި ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެން ބާސެލޯނާ ވަނީ އެ ޓީމުގެ ފެންވަރު ދައްކާލައިފަ އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާގެ ކުޅުންތެރިން ދައްކައިދިނީ ވަރަށް ތަފާތު ރޫޙެއް ކަމަށެވެ. މެޗު ފެށުނީއްސުރެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބާސެލޯނާ އިން ދިޔައީ މެޗުގެ ފުރިހަމަ ކޮންޓްރޯލް ހިފަހައްޓަމުން ކަމަށާއި، ކުޅުންތެރިން ކުރީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ފްލިކް ބުންޏެވެ. އަދި އެ މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހި އަދި އުފާވެފައި ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފްލިކް ބުނީ ބާސެލޯނާގައި ތިބީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ކަމަށާއި، އެ ކުޅުންތެރިންގެ ތެރެއިން ޓީމެއް އެކުލަވާލަން ޖެހުމަކީ އޭނާ އަށް މައްސަލަ އަކަށް ނުވާ ކަމަށެވެ. އެއީ ރަނގަޅު ނިޝާނެއްކަން ފާހަގަކޮށް ފްލިކް ބުނީ، ކޮންމެ ކުޅުންތެރިޔަކީ ވެސް ފެންވަރު ރަނގަޅު އަދި ހަވާލު ކުރާ ކަމެއް އެންމެ ފުރިހަމަ އަށް އަދާ ކުރާނެ، އިތުބާރު ހުރި ކުޅުންތެރިޔެއް ކަމަށެވެ.

ބާސެލޯނާ ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ އެ ޓީމުގެ ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި ކަމަށެވެ. އަދި އެންމެ މުހިންމީ ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށާއި، ކޮންމެ މެޗެއްގައި ވެސް ތިން ޕޮއިންޓު ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އޭނާ އަށް ލިބިފައި އޮތް ޓީމަކީ އެއް ރޫޙެއްގައި މަސައްކަތް ކުރާ، އެއް ހިތްވަރެއް ދައްކާ ޓީމެއް ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

މިސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމުން އައީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި ވެސް ބާސެލޯނާ އިން ރަނގަޅު ނަތީޖާތަކެއް ނެރެ އެއް ވަަނައިގައި އޮތްއިރު، ވަކި ހިސާބަކުން ލީގުގައި މުހިންމު ޕޮއިންޓުތަކެއް ގެއްލި މިހާރު ބާސެލޯނާ އޮތީ ތިން ވަނައިގަ އެވެ. ބާސެލޯނާ އާއި އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު މިހާރު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ.

ބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް