Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. ދިއްދޫ

ރައީސް މުއިއްޒު ހއ. ދިއްދު އަށް ކުރައްވާ ދަތުރުފުޅަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ކައުންސިލުން އެމްޑީޕީ އަށް އަންގައިފި

ރައީސް ސޯލިހް ދިއްދޫ އަށް ވަޑައިގެންނެވި އިރު ކައުންސިލްގެ މިހާރުގެ ރައީސް އިސްވެ ހުންނަވާ އިހްތިޖާޖު ކޮށްފައިވޭ

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 10:25
ރައީސް ސާލިހް ދިއްދޫ އަށް ވަޑައިގަތުމާ ދިމާކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި އިހްތިޖާޖުގެ ތެރެއިން

ރައީސް ސާލިހް ދިއްދޫ އަށް ވަޑައިގަތުމާ ދިމާކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި އިހްތިޖާޖުގެ ތެރެއިން

ރައީސް ޑރ. މުއިއްޒު ހއ. ދިއްދޫ އަށް ކުރައްވާ ދަތުރުފުޅަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ދިއްދޫ ކައުންސިލުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް އަންގައިފިއެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ސޮއި ކުރައްވާ، އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދަށް ފޮނުއްވި ސިޓީ އެއް ގައި ރައީސް މުއިއްޒު ދިއްދޫ އަށް 2025 ޖަނަވަރީ 28 ވަނަ ދުވަހު ޒިޔާރަތްކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެމްޑީޕީ ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement - newsAdvertisement

"މިދަތުރުފުޅާ ގުޅިގެން އިންތިޒާމް ކުރާ ޙަރަކާތްތަކަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ތިޔަ ޕާޓީއިން ނުކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ދަތިވާފަދަ ގޮތަށް ލައުޑް ސްޕީކަރ މެދުވެރިކޮށް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ." ޖެނުއަރީ 25 ގެ ތާރީޚުގައި ކައުންސިލްގެ އިދާރާ އިން ފޮނުވާފައިވާ ސިޓީގައިވެއެވެ.

ސިޔާސީ ހަރަކާތް ހިންގި ކަމުގައި ވީ ނަމަވެސް ގާނޫނީ އިމުން ބޭރު ނުވުމަށް ދަންނަވާ ކަމަށް ފުލުހުންގެ އިދާރާ އަށް ކޮޕީ ކޮށް ފޮނުވާފައިވާ ސިޓީގައި ވެއެވެ.

ސިޓީ އާ ބެހޭ ގޮތުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އަބްދުﷲ ވަހީދު ވިދާޅުވީ، ކުރީގެ ރައީސް ސާލިހް ދިއްދޫ އަށް ކުރެއްވި ދަތުރުފުޅުތަކަށް ހުރަސް އެޅުމަށް މިހާރުގެ ކައުންސިލުގެ ރައީސް އިސްވެ ހުންނަވާ ހިންގެވި ހަރަކާތްތަކުގެ މަތިން ހަނދާން ވުމުން ފޮނުވި ސިޓީ އެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.              

ދިއްދޫ އިން މި ނޫހަށް ވާހަކަ ދެއްކި ފަރާތަކުން ބުނި ގޮތުގައި ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ހާލު ބައްލަވަން ކަމަށް ވުމާއެކު ހާލު އޮތް ގޮތް ރައީސް އަށް ސާފު ކޮށްދިނުމަށް ޝުއޫރު ފާޅު ކޮށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ.    

ހއ. ދިއްދޫހއ. ދިއްދޫ ކައުންސިލްއަބްދުﷲ ވަހީދުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު