Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުޅަނގު އައްސޭރި

ހުޅަނގު އައްސޭރީގައި ހިންގާ އަސްކަރީ އޮޕަރޭޝަން ފުޅާކުރާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފި

24 ޖެނުއަރީ 2025 | ހުކުރު 10:46

ހުސްވި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޖެނިން ގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 12 މީހުން ޝަހީދު ކޮށްލައި އަދި އެތައް ބަޔަކު ޒަޚަމްކޮށްލުމަށްފަހު ޖެނިން ރެފިއުޖީ ކޭމްޕުގައި އަސްކަރީ ހަމަލާތައް ފުޅާކުރުމަށް ރާވާފައިވާ ކަމަށް އިސްރާއީލުން ބުނެ އިންޒާރު ވަނީ ދީފައެވެ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 10:46
2025 ޖެނުއަރީ 21 - ޖެނިން ރެފިއުޖީ ކޭމްޕް ގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތައް އަރާ ރެއިޑް ކުރަނީ

2025 ޖެނުއަރީ 21 - ޖެނިން ރެފިއުޖީ ކޭމްޕް ގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތައް އަރާ ރެއިޑް ކުރަނީ

ހުޅަނގު އައްސޭރީގެ ޖެނިން ގައި އިސްރާއީލުގެ ސިފައިން އިތުރު ދެ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ.

ހުސްވި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޖެނިން ގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 12 މީހުން ޝަހީދު ކޮށްލައި އަދި އެތައް ބަޔަކު ޒަޚަމްކޮށްލުމަށްފަހު ޖެނިން ރެފިއުޖީ ކޭމްޕުގައި އަސްކަރީ ހަމަލާތައް ފުޅާކުރުމަށް ރާވާފައިވާ ކަމަށް އިސްރާއީލުން ބުނެ އިންޒާރު ވަނީ ދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިންނާއި އިންޓެލިޖެންސް ސަރވިސްއިން ބުނެފައިވަނީ "ގިނަ ފްރޮންޓް ތަކެއް ގައި ހިނގަމުންދާ ހަނގުރާމައެއް" ގެ ތެރެއިން ޖެނިން ގައި ހިންގާ އަސްކަރީ "އޮޕަރޭޝަންތަކެއްގެ ސިލްސިލާއެއް" ކުރިއަށް ގެންދާނެ ކަމަށެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިތުރުކޮށްފައިވާ އަސްކަރީ ހަމަލާތަކާއި، ޔަހޫދީ ވަޒަންވެރިންގެ އިތުރުވަމުންދާ އަނިޔާވެރިކަމަކީ ފަލަސްތީނުގެ ސަރަޙައްދުތަކަށް އެމީހުންގެ ބާރު އިތުރަށް ފުޅާކުރުމަށް އިސްރާއީލުން އެންމެ ފަހުން ކުރަމުންދާ މަސައްކަތް ކަމަށް ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތެއް ކަމަށްވާ މުޙައްމަދު އަލްމަސްރީ އަލްޖަޒީރާ އާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

"މިއީ ހަމަ އެއްގޮތަކަށްވެސް އައު ކަމެއް ނޫން،" ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ މީޑިއާ ސްޓަޑީޒް ޕްރޮގްރާމްގެ ޕްރޮފެސަރ އަލްމަސްރީ އަލްޖަޒީރާ އަށް ބުނެފައިވެއެވެ. "އިސްރާއީލުން އެތައް އަހަރެއް ވަންދެން ބުނަމުން އަންނަނީ އެމީހުން ޓެރަރިޒަމާ ދެކޮޅަށް ހަމައެކަނި ހަނގުރާމަ ކުރަމުންދާ ކަމަށް، އެކަމަކު އެއީ ހަމަ ދޮގު ވާހަކައެއް. އިސްރާއީލުން ބޭނުންވަނީ އަދި ކުރަމުން އަންނަ ކަމަކީ ހުޅަނގު އައްސޭރި އަށް އިސްރާއީލުގެ ސަރަހައްދު އިތުރަށް ފުޅާ ކުރުން."

"750,000 އަށްވުރެ ގިނަ ޣައިރު ޤާނޫނީ އިސްރާއީލީ ވަޒަންވެރިން އެބަތިބި އަދި އެއީ ފަލަސްތީނުގެ ސަރަޙައްދުތަކަށް މަޑުމަޑުން ނަމަވެސް ފުޅާވަމުން ދިއުމަށް އިސްރާއީލު ދައުލަތުން ގެންގުޅޭ ސިޔާސަތެއް،" އަލްމަސްރީ އިތުރުކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމާއެކު، ހުޅަނގު އައްސޭރި އަށް އިސްރާއީލުން ދަޢުވާކުރާ ކަންތައްތަކަށް ހާމަކަން ބޮޑު ގޮތެއްގައި ތާއީދުކުރާ މަތީ ފަންތީގެ ޑިޕްލޮމެޓުން އައްޔަން ކޮށްފައިވުމަކީ، މީގެ ކުރިން ކުރެވުނު ވަރަށް ވުރެ އިތުރަށް އެމީހުންގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް އިސްރާއީލަށް ލިބުނު "ތާރީޚީ ފުރުޞަތެއް" ކަމަށް އޭނާ ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
30 މާރިޗު 2017

ތުރުކީ ސިފައިން ސީރިޔާގައި ހިންގި އޮޕަރޭޝަން ނިންމާލައިފި

30 މާރިޗު 2017
ތުރުކީ ސިފައިން ސީރިޔާގައި ހިންގި އޮޕަރޭޝަން ނިންމާލައިފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް