Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވާހަކަދެއްކުންތެރިކަން ރަނގަޅުކުރުން

"ޒުވާން ޖީލު މިހާރު އޮތީ ގެލުމުގެ ތެރޭގަ، އެމީހުންނާއި މުޚާތަބުކުރެވޭނީ އެކަން ދަނެގެން"

ވާހަކަ ދެއްކުންތެރިން ވާހަކަދައްކަންވާނީ ބަސްކޮށާރު ރަނގަޅުކޮށްގެން އަބަދުވެސް ތިމާއަށް ވުރެ އެހެން މީހުން މޮޅު މީހުން ކަމަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 15:22
 ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު ސަލީމް

ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު ސަލީމް

ޒުވާންޖީލު މިހާރު އޮތީ ގެލުން ނުވަތަ އެބްރެވިއޭޝަން ތެރޭގަ ކަމަށާއި، އެމީހުންނާއި މުޚާތަބުކުރެވޭނީ އެކަން ދަނެގެން ކަމަށް ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޓްރެއިނިން އެކެޑެމީގެ ހަރަކާތްތަކުގެ ތެރެއިން، ބުދަ ދުވަހުގެ ރޭ ބޭއްވި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދޭ ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޒުވާނުންނަކީ އެބްރެވިއޭޝަން ނުވަތަ ބަސްތަކުގެ ކުރު ފޯރމްތައް ބޭނުންކުރާ ބަޔަކަށް ވުމުން އެ މީހުން މުއާމަލާތު ކުރާ ގޮތް ވަރަށް ތަފާތުކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން ޒުވާނުން ޖަލްސާ އަށް ދިޔަކަމުގައި ވީ ނަމަވެސް އެ ޖަލްސާގައި ދައްކާ ވާހަކަ އެ ކުދިންނަށް ފަހުމް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވާހަކަދައްކާ އިރު އޯޑިއަންސް އަށް ވާހަކަ ފޯރުކޮށްދިނުމުގެ މުހިންމުކަމާއި އެކަމުގެ ވައްޓަފާޅިއަށް ސަލީމް ވަނީ އަލިއަޅުވާލައްވާފައެވެ.

13 ވަރަކަށް އަހަރު މެދު ނުކެނޑި ކިޔަވާދެމުންދާ މީހެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާ ކަމަކީ މިހާރުގެ ޒުވާނުން ނުވަތަ ޖެންޒީންނާއި ދެން އޮތް ޖީލާއި ވާހަކަދެއްކެވުމުގައި ހުރި ފަރަގުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މީހުންނާއި ވާހަކަ ދައްކަން އާއްމުކޮށް ޕޯޑިއަމްތަކަށް އަރާ މީހުން ބޭނުންކުރާ ބަހުރުވަ އާއި ވަރަށް ތަފާތުކަމަށާއި އެއީ ދެ ދުނިޔެއެއްގައި އުޅޭ ބައެއްކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. ސަލީމް ވަނީ ވޯޓުލުމުގެ އާބާދީ އަދި މުޖުތަމައުގެ ބޮޑުބައެއް ހިއްސާކުރާ ޒުވާނުންގެ ބަސްމޮށުންތެރިކަމާއި އާއްމުކޮށް ވާހަކަދައްކާ ގޮތާއި ހުރި ތަފާތު ހިއްސާކުރައްވާ، އެކަމުގެ ސަބަބުން އެ މީހުންނަށް ވާހަކަތައް ވާސިލްކޮށްދިނުމުގައި ދިމާވާނެ ގޮންޖެހުންތައް ވެސް ސާފުކޮށްދެއްވާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބާއި އަދި އެހެނިހެން އިންތިޚާބުތަކުގައި މީހުން ތަމްރީންކުރުމުގައި އެމްޑީޕީ އާއި އެކު މީގެ ކުރިން ވެސް މަސައްކަތްކުރައްވާފައިވާނެ ކަމަށް ފާހަގަކުރައްވާ، އެމްޑީޕީގެ މޫނުތަކަކީ އާ މޫނުތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވާހަކަދައްކާ އިރު ދައްކާ ވާހަކަ އަކީ ސިކުނޑީގައި ފޮރުވިފައި އޮންނަ ކަމެއް ކަަމަށާއި އެ ވާހަކަ ޝުއޫރެއްް ގޮތުގައި ބޭނުން ކުރެވެނީ ދުލުގެ ޒަރިއްޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެ އަސަރު ނެރުމަށް ބޭނުންވާ ޖަޒުބާތާއި ލަފުޒުތަކާއި ބީރައްޓެހިވުމުން ސިކުނޑީގަ ހުންނަ ޚިޔާލުތައް ހާމަކުރަން އުނދަނގޫވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން ދިމާވާ މައްސަލަ އަކީ ތިމާއި އާއި އޯޑިއަންސްގެ ބޮޑީ ލެންގުއެޖް ދެނެނުގަނެވުން ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް އޯޑިއަންސްގައި ތިބި މީހުން ބުމަ ގޮށްޖަހާނަމަ އެއީ ވާހަކަދައްކާ މީހާ އޯޑިއަންސް އަށް ކަމު ނުދާކަން އެނގޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވާހަކަދައްކާ އިރު އެ ވާހަކަދައްކާ މީހާގެ އަޑަކީ ހިތްގައިމު މިއުޒިކަކަށް ވާން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ވާހަކަދައްކަދެއްކުންތެރިން ވާހަކަދައްކަންވާނީ ބަސްކޮށާރު ރަނގަޅުކޮށްގެން އަބަދުވެސް ތިމާއަށް ވުރެ އެހެންމީހުން މޮޅު މީހުން ކަމަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު