Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިންގަޕޫރާއި ރާއްޖެ

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

ސިންގަޕޫރުގައި 13 ސެޕްޓެމްބަރުގައި ވަނީ އިންތިހާބަކާ ނުލާ ރައީސެއް ހުވާކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 18 ސެޕްޓެމްބަރު 2017 | ހޯމަ 18:46
ރާއްޖޭގެ ދިވެހި ދިދަ

ރާއްޖޭގެ ދިވެހި ދިދަ

ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އެންމެ ގިނަ ބަޔަކު އަޅާކިޔާ އެއް ގައުމަކީ ސިންގަޕޫރެވެ. ސިންގަފޫރުގެ އާބާދީ 5 މިލިއަނަށް އަރާ އިރު އެގައުމަކީ ބިމުގެ ގޮތުން ވަރަށް ކުޑަ ގައުމެކެވެ. އެގައުމުން ވަނީ އިގްތިސާދު ތަރައްގީ ކުރުމަށް މާގިނަ ވަސީލަތްތަކެއް ނެތް ނަމަވެސް، އަމިއްލަ އިނޮވޭޓިވް ގޮތްތައް ބޭނުން ކޮށްގެން ތަރައްގީ ހާސިލުކޮށްފަ އެވެ. ރާއްޖެއަކީ ވެސް ގުދުރަތީގޮތުން މާގިނަ ވަސީލަތްތަކެއް ނެތް ގައުމެކެެވެ. އެހެން ކަމުން ރާއްޖެއިން ވެސް ބޭނުން ކުރަންޖެހޭނީ ސިންގަޕޫރުން ބޭނުން ކުރި ފަދަ އެޕްރޯޗެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އަދި ބައެއް ފަރާތްތަކުން ބުނަމުންދަނީ ރާއްޖެއާ ސިންގަޕޫރާއި އެއްވެސް ވަރަކަށް އަޅާ ނުކިޔޭނެ ކަމަށެވެ. އެގޮތުން ސިންގަޕޫރާ ހިލާފަށް ރާއްޖޭގެ ރަށްތައް އެކި ސަރަހައްދުތަކަށް ބެހިފައިވުމާއި، އާބާދީ ވެސް އެކި ސަރަހައްދުތަކަށް ބެހިފައިވުމުގެ ސަބަބުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ތަަރައްގީ ގެނައުމުގައި ވެސް ގެންގުޅެން ޖެހޭނީ ތަފާތު ގޮތްތަކެއް ކަަމށް އެފަދަ ފަރާތްތަކުން ބުނަމުންދެ އެވެ.

ކަން މިހެން އޮތް އިރު އަނެއްކާ ވެސް ސިންގަޕޫރު މިވަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދާފަ އެވެ. މިފަހަރު ސަމާލުކަން ހޯދާފައިވަނީ ތަރައްގީގެ ނަމޫނާ ގައުމުތަކުގެ ލިސްޓަކުން ނޫނެވެ. ސަތޭކައަށް ވުރެ ގިނަ ސިންގަޕޫރުގެ ރައްޔިތުން ކަޅު ހެދުމުގައި ހިމޭން މުޒާހަރާތައް ކުރަމުންދާތީ އެެވެ. މި މުޒާހަރާތައް ނުވަތަ އިހްތިޖާޖުތައް ކުރަމުންދަނީ އެގައުމުގައި ވާދަކުރުމެއް ނެތި ނުވަތަ އިންތިހާބަކާ ނުލާ ރައީސަކު ހުވާ ކުރުމުންނެވެ.

ސިންގަޕޫރަކީ ސިޔާސީ މިފަދަ ކަންކަމުގައި މުޒާހަރާތައް މަދު ގައުމެއް ނަމަވެސް އެގައުމުގެ ރައީސަކަށް ކުރީގެ ޕާލިމެންޓްރީ މެންބަރު ހަލީމާ ޔަކޮބް ހުވާކޮށްފައިވާ އިރު އެހެން ކެނޑިޑޭޓުންގެ ކެނޑިޑެސީ ބާތިލް ވުމާ ގުޅިގެން އެގައުމުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

" ރޮބްޑް އޮފް އޭން އިލެކްޝަން" ނުވަތަ "ނޮޓް މައި ޕްރެޒިޑެންޓް" ޖަހާފައިވާ ބެނާތަކާ އެކު އެގައުމުގެ އެކި ސަރަހައްދުތަކުގައި ދަނީ ހިންހަމަނުޖެހުން ފާޅުކުރަމުންނެެވެ.

ސިންގަޕޫރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ހަތަރު ކެނޑިޑޭޓަކު ވަނީ އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާ، ކެނޑިޑެސީ ބާތިލް ކޮށްފަ އެވެ.

ސިންގަޕޫރުގެ ރިޔާސީ އިންތިހާބު ހިނގާދިޔަ ގޮތުން ދުނިޔޭގެ ސަމާލުކަން އެމަކަށް ހުއްޓިފައިވާ އިރު ރާއްޖޭގެ ރިޔާސީ އިންތިހާބަށް މިފަދަ ގޮތެއް ދިމާވެދާނެ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންދަނީ ބުނަމުންނެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ކެނޑިޑޭޓުންތައް މިވަގުތު ތިބީ ތަފާތު އެކި މައްސަލަތަކުގައި ތާށިކޮށްފައެެެވެ. އެހެންކަމުން އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް އެންމެ ފަހު ވަގުތު ނެތި، އިންތިިހާބަކާ ނުލައި ވަކި ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑެވެ. ރައީސް އަބްދުﷲ ޔާމީން އިންތިހާބަކާ ނުލާ ވެރިކަމަށް ވަޑައިގެންފާނެ ފަދަ މާނަ ދޭހަވާ ގޮތަށް ޕީޕީއެމް އަށް ނިސްބަތްވާ ބައެއް ބޭފުޅުން ވާހަކަ ދައްކާފައި ވެސް އެބަ ހުއްޓެވެ.

މިފަދަ ގޮތަކަށް ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އިންތިހާބަކާ ނުލާ ވެރިކަމަށް ބޭފުޅަކު ވަޑައިގެންފި ނަމަ މިކަން ވެގެންދާނީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތަށް އައި ވަރަށް ކަޅު ދުވަހަކަށެވެ. ތަރައްގީގައި ސިންގަޕޫރަށް ވުމުގެ ހުވަފެން ރައްޔިތުން ދެކުނު ނަމަވެސް، ސިޔާސީ ސިންގަޕޫރަކަށް މިރާއްޖެ ބަދަލުވާކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެއެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!
10 އޯގަސްޓު 2017

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
02 ޖޫން 2017

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު