Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް މައުމޫން

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

ރައީސް މައުމޫން ތަޖުރިބާގެ ބޭނުން ކުރައްވަން އެބަ ޖެހޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 29 ޖެނުއަރީ 2017 | އާދީއްތަ 04:25
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަގަނޑަކަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިވަނީ ޕީޕީއެމްގެ ޒައާމަތާ ހަވާލުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމްގެ ރައީސް ކަމުގައި ހުންނަވަނިކޮށެވެ. ރައީސް މައުމޫނަކީ ޕާޓީގެ ނަމުގައި ބަހެއް ވިދާޅުނުވެވޭ ފަދަ ބޭފުޅަކަށް އެވަނީ ހައްދަވައިފައެވެ. ކޯޓުތަކުގެ އެހީގައެވެ.

ރައީސް މައުމޫނަކީ ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރައްވައި އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންކަމުން މި ސަރުކާރު ޖަވާބުދާރީކޮށް، މި ސަރުކާރުން ހަމަޔާއި އިންސާފުން ކުރާކަންކަން ހަމަ މަގަށް އެޅުމުގައި އެމަނިކުފާނުގެ ދައުރު ވަރަށް ބޮޑެވެ. އެ މަސައްކަތް ކޮންމެވެސް ވަރަކަށް މައުމޫން ކުރެއްވި މަންޒަރު ފެނިގެންދިޔައެވެ.

މީގެ ކުރިން ރައީސް ޔާމީނަށް ތާއީދު ކުރައްވަމުން ގެންދެވި ބައެއް މަޖިލީސް މެމްބަރުން އެމަނިކުފާނުގެ ފަހަތްޕުޅަށް ވަޑައިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވެސް ބައިވެރިވުމާ އެކު ޚާއްސަ މަސައްކަތްތަކެއް ކުރައްވަން އުޅުއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބައެއް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތައް އަލުން އިހުގައި ހުރިގޮތަށް ބަދަލުކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ފެއްޓެވިކަން ރައީސް މައުމޫންގެ ފެކްޝަނުން އިއުލާން ކުރިއެވެ. ގާސިމް އިބްރާހީމާއެކު އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެން ސިޔާސީ ޚާއްސަ މަސައްކަތްތަކެއް ފެއްޓެވުމަށް މަޝްވަރާތަކެއް ކުރެއްވިއެވެ.

ނަމަވެސް ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ގާސިމް އިބްރާހީމް ވެސް ސައިޒުކޮށްލައިފިއެވެ. ރައީސް މައުމޫންގެ ފަހަތްޕުޅުގައި ތިއްބެވި ގިނަ މަޖިލިސް މެމްބަރުންތަކެއް އަނބުރާ ސަރުކާރަށް ގެންގޮސްފިއެވެ.

ނުވިތާކަށް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވި ދުންޔާ މައުމޫން އަނބުރާ، އެއަށްވަރުގެ ދަށް ސިޔާސީ މަގާމެއް ދިނުމަށް ފަހު އަނބުރާ ސަރުކާރަށް ގެންދިޔައީއެވެ. ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން އަދިވެސް އެ ހުންނެވީ ދެގޮތެއް ނުވެ ރައީސް ޔާމީންގެ ފަހަތްޕުޅުގައެވެ.

ދެން ފެނިގެން ދިޔައީ ރައީސް މައުމޫން ޕީޕީއެމްގެ މެމްބަރުންގެ ޚިޔާލު ހޯއްދެވުމަށް އެމަނިކުފާނުގެ އޮފީހުގައި ބައްދަލުވުމެއް ބާއްވަން ނިންމެވުމުން އެ ބައްދަލުވުން ނުބޭއްވޭނެ ކަމަށް އެންގި މަންޒަރެވެ. އެއާއެކު ރައީސް މައުމޫން ވަނީ އެ ބައްދަލުވުން ކެންސަލް ކުރައްވައިފައެވެ. އެންމެ ފަހުން އެކަން ވެސް ކުރައްވަން ޖެހިވަޑައިގެންނެވީ ސިއްރިއްޔާތުގައެވެ.

މިކަންކަން މިހެން މެދުވެރިވި ނަމަވެސް ރައީސް މައުމޫނު ފަދަ، ރާއްޖޭގެ އެތައް ބައެއްގެ ތާއީދާއި ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅަކު ހިމޭނުން ހުންނަވަންވީތޯއެވެ؟ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި ގާނޫނާއި ޚިލާފު ކަންތައްތަކުގެ ވާހަކަ ޓްވިޓާގައި ފާޅުކޮށްލެއްވުމަށް ފަހު ރައީސް މައުމޫން ހިމޭނުން ހުންނަންވީތޯއެވެ؟

އިސްލާހީ އެޖެންޑާއެއް ހިއްޕަވައިގެން ނުކުންނެވި ރައީސް މައުމޫން މިއަދު ހިމޭނުން ހުންނަވައިގެން ވާކަށް ނެތެވެ. އިސްލާހީ މަސައްކަތް ބާރަށް ކުރިއަށް ގެންދަން އެބަޖެހެއެވެ. ރައީސް މައުމޫން އެ ވިދާޅުވާ ވާހަކަފުޅުތަކަކީ ތެދު ހަގީގަތްކަން ޕީޕީއެމްގެ މެމްބަރުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ވިސްނުވައިދިނުމަށްޓަކައި އަމަލީ މައިދާނަށް ނުކުމެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ރައީސް މައުމޫން ފަދަ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅަކު ހިމޭނުން ހުންނަވައިގެން މި ގައުމު އިސްލާހު ވާކަށް ނެތެވެ. އޭގެ ބަދަލުގައި ފެނިގެންދާނީ ސަރުކާރުން ހިންގާ ނޭއްގާނީ ކަންތައްތައް ދުވަހެއް ދުވަހަކަށް އިތުރުވެގެންދާ މަންޒަރެވެ. އެހެންކަމުން ރައީސް މައުމޫނާއި އެމަނިކުފާނަށް ބައިއަތު ހިއްޕަވައިގެން ތިއްބެވި ޕީޕީއެމްގެ ސިޔާސީ އިސް ބޭފުޅުން އެއް މޭޒުދޮށަށް އަރާވަޑައިގެން އަމަލީ ގޮތުން މުހިންމު މަސައްކަތްތަކެއްކޮށް ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ ދީނީ އަދި ގައުމީ ވާޖިބަކަށް މިއަދު މިވަނީ ވެފައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

01 އެޕްރީލު 2017
މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟
01 އެޕްރީލު 2017

ރައީސް މައުމޫންގެ ކުށަކީ...

01 އެޕްރީލު 2017
ރައީސް މައުމޫންގެ ކުށަކީ...
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު