Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2018

ޝަހީމް ދެން ތިހާވަރު ވާކަށް ނުވާނެ ނޫންތޯ؟

13 އޯގަސްޓު 2018 | ހޯމަ 13:30

ކެމްޕެއިންގައި ޝަހީމް ދައްކަވާ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 އޯގަސްޓު 2018 | ހޯމަ 13:30
ރައީސް ޔާމީންގެ ރަނިންގމޭޓް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޝަހީމް ޕާޓީގެ މެމްބަރުންނާއި ވާހަކަ ދައްކަވަނީ

ރައީސް ޔާމީންގެ ރަނިންގމޭޓް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޝަހީމް ޕާޓީގެ މެމްބަރުންނާއި ވާހަކަ ދައްކަވަނީ

ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދަކީ ދިވެހި ގިނަ ބަޔަކު ޤަދަރުކުރަމުން އައި ދީނީ ޢިލްމުވެރިއެކެވެ. ދީނީ އިލްމުވެރިންނަށް ބަސް ބުނުމުގެ މިނިވަންކަން ކޮންމެވެސް ވަރަކަށް 2003 ވަނަ އަހަރުގެ ސިޔާސީ ހަލަބޮލިކަމަށްފަހު ލިބުމާއިއެކު ތޮށިގަނޑު ފަޅާލާފައި ނިކުންނެވި ބޭފުޅުންގެ ތެރެއިން ޝަހީމަކީ އެއް ބޭފުޅެކެވެ. ޢަދާލަތު ޕާޓީގެ އިސްކޮށް މަސައްކަތްކުރެއްވުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުގައި މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އަދި އޭގެ ފަހުގައި އަނެއްކާވެސް ސިޔާސީ މައިދާނުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު މިހާރު އެހުންނެވީ ރައީސް ޔާމީންގެ ރަނިންގމޭޓްގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބަށް ނިކުންނަވައެވެ.

ރައީސް ޔާމީން ހަމަޖެހިވަޑައިގެން ޕޯޑިއަމްތަކަށް އަރާވަޑައިގެން އޭތިމީތި ވިދާޅުވެފައި، އެމަނިކުފާނު ދިފާޢުކުރެއްވުމުގެ މަސައްކަތް އެހެން މީހުންނާ ހަވާލުކޮށްފައިވާ ވަޑައިގަންނަވާއިރު، ޑރ. ޝަހީމަށް ޖެހިވަޑައިގަންނަވަނީ ހުރިހާ ރަށަކަށް ކެމްޕޭނެއް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވާށެވެ. 2013 ވަނަ އަހަރު ރައީސް ޔާމީންގެ ކެމްޕެއިންގައި އުޅުއްވި ބޭފުޅުންނަށް މިއަދު ޖެހިފައިވާ ޙާލު ޝަހީމަށް އެނގިވަޑައިނުގަންނަވަނީބާވައެވެ؟ ރައީސް ޔާމީން އަރިހުގައި އުޅުއްވާ ބޭފުޅުންނަށް އެމަނިކުފާނު އަރުވަނީ ފެންކައްކާ ބޮލީގެ އިއްޒަތެވެ.

ރައީސް ޔާމީން ދިފާޢުކުރައްވައި، އެމަނިކުފާނު ވެރިކަމަށް ގެންނަވަން ޑރ. ޝަހީމް އެކުރައްވާ މަސައްކަތުންނާއި، ދައްކަވާ ވާހަކަފުޅުތަކުން، އެމަނިކުފާނަށް ދީނީ އިލްމު އެނގިވަޑައިގަންނަވާ މިންވަރާއި މެދު ސުވާލުކޮށްލަން ޖެހެއެވެ. ފިތުނަ ފަސާދަ އުފެދޭ ވާހަކަ ދެއްކެވުމާއި، ހަޤީގަތް އޮޅުވާލުމަކީ ދީނުގައި ކިހާ ވަރެއްގެ ނުބައިކަމެއްކަން އެނގިވަޑައިނުގަންނަވަނީބާވައެވެ؟

ދީނީ އިލްމުވެރިންނަށް މިނިވަންކަން ދެއްވީ ރައީސް ޔާމީންކަމަށް ޑރ. ޝަހީމް ވިދާޅުވިއިރު، ރައީސް ޔާމީންގެ ވެރިކަން ދިފާޢުކުރެއްވުމުގެ ވާހަކަ ފިޔަވައި އެހެން ވާހަކައެއް ދީނީ އިލްމުވެރިންނަށް ދެއްކުމުގެ ފުރުސަތެއް އެބައޮތްތޯއެވެ. ދީނީ އިލްމުވެރިންނަށް ދަރުސް ދޭން ހުއްދަ ނުލިބިގެން އުޅޭ ވާހަކަޔާއި، ދީނީ އިލްމުވެރިންނަށް މިނިވަންކަމެއް ނެތް ވާހަކަ ދައްކަނީ ކިތައް ބޭފުޅުންތޯއެވެ؟ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުވެސް ސިޔާސީ ހަތިޔާރަކަށް ހައްދަވައިގެން އުޅުއްވާއިރު، އެކަމާއި ކަންބޮޑުވެގެން އުޅުއްވާ ދީނީ އިލްމުވެރިން މަދެއް ނޫނެވެ.

އަދި ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގައި އިސްލާމް ދީން ނޯންނާނެކަމަށް ޝަހީމް ވިދާޅުވަނީ ކޯއްޗެއް އެނގިވަޑައިގެންތޯއެވެ؟ ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއި މިންވަރުފުޅުން މިދިވެހި ރައްޔިތުން ތިބީ އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައެވެ. ދީން ބަދަލުކުރާކަށް ދިވެހިން ބޭނުމެއް ނުވެއެވެ. އިސްލާމްދީނަކީ ރައީސް ޔާމީން ރާއްޖޭގައި ދަމަހައްޓަވައި އެއްޗަކަށް ހައްދަވައި، ދީނުން ބޭރުވާ ޒާތުގެ ވާހަކަޔާއި ގާތަށް ވަޑައިނުގަތުމަށް ޑރ. ޝަހީމަށާއި އެހެން ބޭފުޅުންނަށް އިލްތިމާސްކުރަމެވެ. ރައީސް ޔާމީން އުފަން ނުވާއިރުވެސް ދިވެހިން އުޅުނީ އިސްލާމް ދީނަށެވެ. އަދި ރައީސް ޔާމީނަށްފަހުވެސް ދިވެހިން އުޅޭނީ އިރާދަކުރެއްވިއްޔާ އިސްލާމް ދީނަށެވެ. ޝިރުކުކުރާ ބަޔަކު އުޅޭކަން އެނގިތިބިކަމަށް ބުނާއިރު، އެކަމާއި ދެކޮޅަށް ފިޔަވަޅު ނާޅާއި ހުންނެވީވެސް ޚުދު ރައީސް ޔާމީން ނޫންތޯއެވެ؟

ޝަހީމާއިއެކު އެންމެ އެކުވެރިކޮށް ތިއްބެވި އެންމެ ބޭފުޅުންނަށް ސަރުކާރުން ޖައްސާފައިވާ ޙާލަތު ނިކަން ބައްލަވާށެވެ. ޝައިޚް އިމްރާނާއި ޝައިޚް އިލްޔާސްއަކީ ވަރަށް ގާތް ދެބޭފުޅުންކަމަށް ވިދާޅުވެ، އެދެބޭފުޅުންގެ ވާހަކަތަކަށް ޝަހީމް އެގެންދަވަނީ ޖަދަލުކުރައްވަމުންނެވެ. ސިޔާސީ މަންފާއަކަށްޓަކައެވެ. އެހެންނަމަވެސް އެކަމުން ލިބެން އޮތީ ކޮން މޮޅެއްކަން ނުވަތަ ކޮން ދެރައެއްކަން ޝަހީމަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކު ނުހުންނަވާނެއެވެ.

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަދޭނެކަމަށް އެބޭފުޅުން އެވިދާޅުވަނީ ކޮން ސާބިތު ހެއްކެއްގެ މައްޗަށް ބިނާކޮށްތޯއެވެ؟ ހީއެއްގެ މައްޗަށް ބިނާކޮށް އެވާހަކަ ދައްކަވާނަމަ އެއީ ގޯހެކެވެ. ބައެއް ހީތަކަކީ ފާފައެއްކަމަށްޗެސް އޮވޭ ނޫންތޯއެވެ. ހީއެއްގެ މައްޗަށް ބިނާކޮށް މުޅި ޤައުމުގައި ފިތުނަ ފަސާދަ އުފައްދަވަން ހަޤީގަތާއި ޚިލާފް ވާހަކަ ދެއްކުމަކީ ކިހާ ނުބައިކަމެއް ކަން ޝަހީމަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟

ޑރ. ޝަހީމެވެ. ތިވަރު ވާކަށް ނުވާނެއެވެ. ސިޔާސީ ފިކުރު ވިއްކުމުގައި ހައްދެއް އޮންނަން ވާނެއެވެ. މިންގަނޑުތަކެއް އޮންނަން ވާނެއެވެ. އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ދިޔުމަކީ ގޯހެކެވެ. ތިވަރު ވާކަށް ނުވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!
23 ނޮވެމްބަރު 2017

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!
18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
20 އޯގަސްޓު 2017

ނައީމާއްތަ: ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

20 އޯގަސްޓު 2017
 ނައީމާއްތަ:  ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!
10 ޖޫން 2017

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!
24 މެއި 2017

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
18 އެޕްރީލު 2017

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް