Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

ވަޒީރުންގެ ވާހަކަތަކަށް ޖޯކުޖަހާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 20 އެޕްރީލު 2017 | ބުރާސްފަތި 23:03
އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖަޖެއްގެ ތެރެއިން

އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖަޖެއްގެ ތެރެއިން

މާވަރުގަދައަކަށް ޑިޕްރަޝަންގެ ވާހަކަ ޤައުމުގައި ދެކެވޭ ދުވަސްވަރެކެވެ. ކޮންމެ މީހަކުވެސް އެވާހަކައެއް ދައްކާއިރު ހީވަނީ އެކަމުގެ މާހިރެއްހެނެވެ. ވަކިން ޚާއްސަކޮށް ވަޒީރު ބޭފުޅުންނަށް ޑިޕްރަޝަންއަކީ ކޮބައިކަން އާދަޔާ ޚިލާފު މިންވަރަކަށް އެނގެއެވެ. ބައެއް ވަޒީރު ބޭފުޅުން ވިދާޅުވާގޮތުން ޑިޕްރެޝަނަކީ ދީނީ ކަންތައްތަކާ ދޭތެރޭ ފަރުވާ ކުޑަކުރެވިގެން ކުރިމަތިވާ ބައްޔެކެވެ. އަނެއް ވަޒީރަކަށް އެއީ އެމީހަކަށް އުޅެވޭގޮތަކުން ކުރިމަތިވާ ކަމަކަށްވަނީ ވެފައެވެ. ކޮންމެއަކަސް ޑިޕްރެޝަނަކީ ވަރަށްވެސް ޒާތެއްގެ އެއްޗަކަށް ވެއްޖެއެވެ. މިކަމުގައި ވަޒީރު ބޭފުޅުންނަކީ ރޯނު އެދުރުން ކަމަށްވެ ނިމިއްޖެއެވެ.

ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވި ވަޒީރުން ކޮސްގޮވާ ދަރަޖައަކަށް ޑިޕްރެޝަންގެ މައްސަލަ ހިނގައްޖެއެވެ. އެހެން ގޮތަކަށް ދަންނަވަނަމަ ވަޒީރުން ޑިޕްރެސްވާން ފަށައިފިއެވެ. މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އާއި ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން "މޭޖާ ޑިޕްރެސިވް ޑިސްއޯޑާ" ނުވަތަ ޑިޕްރެޝަން ވިދާޅުވާ އެއްޗަކަށްވުރެ މި ވަޒީރުންގެ ވާހަކަ ޖޯކު ވެއްޖެއެވެ. ނުވާންވި ސަބަބެއްވެސް ނެތެވެ. އެއް ވަޒީރަކަށް ޑިޕްރެޝަންއަކީ ވެލެއްގައި އަޅާ އެއްޗަކަށްވެފައި، އަނެއް ވަޒީރަކަށް އެއީ ގޮނޑުދޮށް ގިރުން ކަހަލަކަމަކަށް ވަންޏާ ޖޯކު ނުވާންވި ސަބަބެއް ނެތެވެ. ނޫނީ ދެން އެހެން ތަންމައްޗަށް ހީސްލެވެނީ ޑިޕްރެޝަން ހުރުމުންނޭވެސް ބުނެވިދާނެއެވެ.

ޑިޕްރެޝަންއަކީ އާދައިގެ ބައްޔެއް ނޫނެވެ. އެކަމަކަށް ޖޯކުޖަހާ ހަދަންވީވެސް ކަމެއް ނޫނެވެ. ޑިޕްރެޝަނަކީ ފަރުވާ ބޭނުންވާ ބައްޔެކެވެ. މި ބައްޔަށް ފަރުވާ ދެނީ ބަލީގެ ކުޑަބޮޑުމިނަށް ބަލައިގެންނެވެ. މިއީ ދީނީ އަޤީދާ ބަލިކަށިވެގެން ނޫނީ ވަރުގަދަވެގެންވާ ކަމެއްނޫނެވެ. އެކަމަކު ވަޒީރު ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވެމުން ރައްޔިތުން ފާޑުކިޔާނެއެވެ. ޖޯކުވެސް ޖަހާނެއެވެ.

ޤައުމުގެ ހާލަތު މިއަދު މިއޮތީ ބަޔަކު ޑިޕްރެސް ނުވާވަރަކަށް ނޫނެވެ. ހެޔޮކޮށްދާ އެއްވެސް ކަމެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނުވިތާކަށް މިސަރުކާރު މިއޮތީ ވަރަށްބޮޑަށް ޑިޕްރެޝަން އަށް ގޮއްސަހެންވެސް ހީވެއެވެ. ވަޒީރު ބޭފުޅުންގެ ވާހަކަތަކުން މިނިސްޓަރ ކަމަކީވެސް ޑިޕްރެޝަނަށް މަގުފަހިވާ ކަމެއް ކަމަށް ލަފާކުރެވެއެވެ. ހުރިހާ މިނިސްޓަރުން އެވާހަކަ ދައްކަނީ އެހެންވެގެން ކަމަށްވެދާނެއެވެ.

ޑިޕްރެޝަނަށް ރައްޔިތުން ނުވެއްޓުނިއްޔާ ރަނގަޅެވެ. ރާއްޖޭގައި ނޫޅެވޭ ވަރަށް ތަކެތީގެ އަގުތައް ދަނީ މައްޗަށެވެ. ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދެކޮޅުޖެހެނީއެއް ނޫނެވެ. އެކަމަކާހުރެ ގޭތެރޭގެ ހަމަޖެހުން ދަނީ ގެއްލެމުންނެވެ. ބިރު ދެއްކުމާއި ބިރުވެރިކަމުގެ މާހައުލެއްގަ ދިރިއުޅެން ޖެހުމާއި، ގެދޮރު ނެތުމާއި ކަންކަން އޮތް މިންވަރަށް ބަލާފައި ރައްޔިތުންވެސް ޑިޕްރެޝަނަށް ނުދާންވި ސަބަބެއްވެސް ނެތެވެ.

ވަޒީރުގެ މައުލޫމާތުގެ ޚަޒާނާ ފަޤީރީ ކަމަށްވެދާނެއެވެ. ނުވަތަ ދުނިޔޭގެ ކަންކަން ހިނގާގޮތް ނުފެންނަނީ ކަމަށްވެދާނެއެވެ. ދުނިޔޭގައި މީހުން އެންމެ ހިތްހަމަ ޖެހިގެން އުޅޭ ގައުމު ތައް ކަމަށް ދިރާސާތަކުން ދައްކަނީ އައިސްލެންޑް، ފިންލޭންޑް ސްވިޑަން ފަދަ ޤައުމުތަކެވެ. މީ އިސްލާމީ ޤައުމުތަކެއް ނޫނެވެ. ރާއްޖޭގައި ރައްޔިތުންނަށް ޑިޕްރެޝަނާއި ކުރިމަތިލާންޖެހެނީ މިޤައުމުގެ ދިރިއުޅުމުގެ ހާލަތާއި ލިބޭ ނަފްސާނީ ގެއްލުންތަކާ މިކަހަލަ އެތައް އިޖުތިމާޢީ މައްސަލަ ތަކެއް ކުރިމަތިވާތީއެވެ. ލިބޭއެއްޗަކުން ދެކޮޅުނު ނުޖެހި ބޯހާސްވެ ގޮތް ހޮސްވާ ދަރަޖައަށް ރައްޔިތުންގެ ހާލަވަނީ ގޮސްފައެވެ.

ޑިޕްރެޝަނަކީ ދީނީ ކަންތައްތަކާ ދޭތެރޭ ފަރުވާ ކުޑަކުރެވިގެން ކުރިމަތިވާ ބައްޔަކަށްވާނަމަ، ވައްކަމާއި ދޮގުހެދުމާއި، އޮޅުވާލުމާއި، ޚިޔާނާތާއި ކޮރަޕްޝަނުގެ އިތުރުން ނަހަމަ ގޮތުގައި ބާރު ހޯދުމަށް މަސައްކަތް ކުރުމާއި، ނުހައްގުން މީހުންނަށް އަނިޔާ ދިނުމަކީ ވެސް ދީނަށް ފަރުވާކުޑަ ކުރެވޭތީ ދިމާވާކަމެއް ކަމަށް ވިދާޅުވާންޖެހެއެވެ. ސަބަބަކީ މިފާއިތުވެދިޔަތަނުގައި މިރާއްޖޭން މިނޫންކަމެއް ފެންނާކަށް ނެތެވެ. އެހެން ނޫންނަމަ ތިޔަ ވިދާޅުވަނީ ދީނާ ކައިރިވުމަކީ ވައްކަމާއި ރިޝްވަތާއި ފަސާދައަށް ހިތްވަރު ދިނުންތޯއެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި ޒަރޫރީ ބޭނުންތައް ފުއްދޭކަށް ނެތެވެ. ސަރުކާރުގެ މުށުތެރެއިން މިނިވަން ކަމެއްނެތެވެ. އައިސް އުޅެންޖެހެނީ މި ފުރަމާލޭގައެވެ. އެނޫންގޮތެއް ނެތިގެންނެވެ. އަލިފާން ފޮއްޓެއްވަރުގެ ތަންކޮޅަކަށް މުޅި އާއިލާ ވައްދައިގެން އެތަނަށް 25 ހާހުން ކުއްލި ދައްކަންޖެހެއެވެ. ފެނާއި ކަރަންޓު ބިލަށް ތިން ހަތަރު ހާސް އަރައެވެ. ދަރިންގެ ކިޔެވުމާއި ޓިއުޝަނަށް ކޮންމެ މަހަކު ތިން ހާހެއްހާ ރުފިޔާއަރައެވެ. ނުވިތާކަށް ދުވާލު ދެއިރު ދިވެހި ފުލުހުން ނުކުމެޖަހާ ޕާކިން ސްޓިކާތަކަށް އެތައް ސަތޭކަ ރުފިޔާއެއް ދައްކަންޖެހެއެވެ. އުނު އަންނައުނު ގަންނަންލިބޭ އަގު އެހާ ބޮޑެވެ. ޖުމްލަ މުޅި މަހަށް ފަންސަވީސް ހާހަކަށް ރުފިޔާ ޚަރަދުވާއިރު ޕީއެޗްޑީ ނަގައިގެން އައިސް ލިބޭ ވަޒީފާއިން ލިބޭ މުސާރައަކީ 10 ހާސް ރުފިޔާއެވެ. ސިޔާސީ މަޤާމުތަކުގައި ތިބޭ ވަޒީރު ބޭފުޅުންފަދަ ފަރާތްތަކުގެ މުސާރަޔާ ގާތްނުވެއެވެ. އެހެންވީމާ މުޅި ޤައުމުވެސް ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2020

ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!

16 ސެޕްޓެމްބަރު 2020
ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!
18 އެޕްރީލު 2020

ދިވެހި މާޒީން، ޑޮކްޓަރުންގެ ޚިދުމަތަށް، ހިއްލާލި ސެލިއުޓުގެ އަތް، އަދިވެސް ތިރިކޮށްލެވޭކަށް ނެތެވެ!

18 އެޕްރީލު 2020
ދިވެހި މާޒީން، ޑޮކްޓަރުންގެ ޚިދުމަތަށް، ހިއްލާލި ސެލިއުޓުގެ އަތް، އަދިވެސް ތިރިކޮށްލެވޭކަށް ނެތެވެ!
15 ޖެނުއަރީ 2019

މެމްބަރުންގެ އިހްލާސްތެރިކަން ދައްކާ، ދައުރުން ބޭރުން ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނެތެ!

15 ޖެނުއަރީ 2019
މެމްބަރުންގެ އިހްލާސްތެރިކަން ދައްކާ، ދައުރުން ބޭރުން ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނެތެ!
01 ނޮވެމްބަރު 2018

ރައީސް ނަޝީދު އެވެ. ތިވަރެއް ހަމަ ނެތެވެ!

01 ނޮވެމްބަރު 2018
ރައީސް ނަޝީދު އެވެ. ތިވަރެއް ހަމަ ނެތެވެ!
27 ޖޫން 2018

ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!

27 ޖޫން 2018
ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!
22 އެޕްރީލު 2018

ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

22 އެޕްރީލު 2018
ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް
21 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!

21 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!
28 ނޮވެމްބަރު 2017

ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

28 ނޮވެމްބަރު 2017
ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!
20 އޮކްޓޯބަރު 2017

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު