Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މިއަހަރުގެ ތެރޭގައި ބޭއްވިފައިވަނީ އެންމެ 34 ޖަލްސާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2017 | އާދީއްތަ 10:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާ، ޗުއްޓީއަށް ދިޔައިރު، މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާލަން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދުއަށް ކެރިވަޑައި ނުގެންނެވުމަކީ މަޖިލީހުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނު ކަމުގެ ހެއްކެކެވެ.

މީގެ ކުރިން މަޖިލީހުން ކޮންމެ އަހަރެއްގެ ނިންމާ ޖަލްސާގައި މަޖިލީހުން އެ އަހަރެއްގައި ކުރެވުނު މަސައްކަތްތަކުގެ ތަފާސް ހިސާބުތަކެއް ކޮންމެވެސް ވަރަކަށް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އިއްވަވާ ދެއްވާފައި ވެއެވެ. ހަމަ އެގޮތުން މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް، އަދި މިހާރު މަޖިލިސް މެޖޯރިޓީ މެމްބަރުން އެއީ މަޖިލީހުގެ ރައީސް ނޫން ކަމަށް ބުނަމުންދާ އަބްދުﷲ މަސީހު ވެސް ވަނީ މީގެކުރީގެ އަހަރުތަކުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި 80 ޕަސެންޓުން 90 ޕަސެންޓުން މަޖިލީހުގެ ޕާރފޯމަންސް ރަނގަޅުކަން ފާހަގަ ކުރައްވާފަ އެވެ.

ނަމަވެސް މިއަހަރުގެ މަޖިލީހުގެ ޖަލްސާތައް ނިންމާ، މަޖިލިސް ޗުއްޓީއަށް ދިޔައިރު، މީގެ ކުރިން މަސީހު އިއްވަމުން ގެއްދެވި މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާފައިނުވާ ސަބަބު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެއެވެ.

މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، އާދެ، ތިން މަސްދުވަހަށް ކުރިއަށް ދިޔައިރު ބޭއްވިފައި ވަނީ އެންމެ 14 ޖަލްސާ އެވެ. އެ 14 ޖަލްސާއިން މަޖިލީހުން ފާސްކުރެވިފައިވަނީ އެންމެ ހަތަރު ބިލެކެވެ. އެއީ މިހާރު ތަސްދީގުކޮށް އަމަލު ކުރަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކާއި ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެއްގެ އިތުރުން އިމާރާތް ކުރުމުގެ ގާނޫނެވެ.

މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު ފަށާފައި ވަނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. އެ ތިން މަހުގެ ތެރޭގައި ބޭއްވިފައި ވަނީ އެންމެ 11 ޖަލްސާއެވެ. އެ 11 ޖަލްސާއިން ފާސްކުރެވިފައި ވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެކެވެ.

މަޖިލީހު މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރު ފަށާފައި ވަނީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެެވެ. މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާލާފައިވާ ކަމަށް ބެލެވިފައިވާއިރު، ބޭއްވިފައިވަނީ އެންމެ ނުވަ ޖަލްސާ އެވެ. މި ނުވަ ޖަލްސާގައި ފާސްކުރެވިފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކަންޏެވެ. ނަމަވެސް ބަޖެޓް ފާސްކުރުމަށް ބޭއްވި ޖަލްސާގެ ސައްހަކަމާމެދު މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ގެންދަވަނީ ސުވާލު އުފައްދަމުންނެވެ. އެއީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގަ އެވެ. ބަޖެޓް ފާސްކުރި ޖަލްސާގައި މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ވެސް ހާޒިރެއް ނުވެއެވެ. އަދި ބަޖެޓް ފާސްކޮށްފައި ވަނީ ވެސް 39 ވޯޓުން ނެވެ. މަޖިލީހުގެ މެޖޯރިޓީއަކީ 43 މެމްބަރުންނެވެ.

މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާ ވަރަށް ބޭއްވިފައި ނުވާއިރު، ޖަލްސާތަކުގައި އެކަށީގެންވާ ވަގުތުވެސް ހޭދަކުރެވިފައި ނުވެއެވެ. ބައެއް ޖަލްސާތައް ފެށުމަށް ފަހު ފަސް މިނެޓް ވެސް ނުވަނީސް ނިންމާލާފައި ވެއެވެ. މީގެ ކުރީއަހަރުތަކުގައި މަޖިލީހުގެ ގިނަ ޖަލްސާތައް 09:00 ފެށިގެން ކޮންމެ ދޮޅު ގަޑިއިރަކުން ބައިގަޑިއިރުގެ ހުސްވަގުތު ކޮޅެއް ނަގަމުންގޮސް ނިންމާލަނީ 13:30ގައި ބާއްވާ ވޯޓަށް އެހުމުގެ ވަގުތަށް ފަހުގަ އެވެ. ނަމަވެސް މިއަހަރު އެފަދަ ގޮތަކަށް އެެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެޔޭ ބުންޏަށް ދޮގަކަށް ނުވާނެ އެވެ. އެހެންކަމުން މަސީހަށް މިއަހަރުގެ ޕާރފޯމަންސް ރިޕޯޓް އިއްވާލަން ކެރިވަޑައި ނުގަންނަވާނެ ނޫންތޯއެވެ. ޕާފޯމަންސް ރިޕޯޓް އިއްވާލަން މަސީހަށް ކެރިވަޑައި ނުގަތް އިތުރު ސަބަބުތަކުގެ ތެރޭގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނަށް ވުރެވެސް އިތުރަށް ސޮއިކޮށް މަޖިލީހަށް ހުށަހެޅުމުން ވެސް ގަދަފައި ވިއްދަވައި ރިޔާސަތުގައި މަސީހު އިންނެވުމުން މަޖިލިސް ރަނގަޅަށް ހިނގައިގަންނަ ގޮތެއްވެސް ނުވި އެވެ. މަޖިލީހުގައި ތަޅު އެޅުވިކަމާއި މަޖިލީހުގެ އިދާރާގައި ގިނަ އަދަދެއްގެ ސިފައިން 24 ގަޑިއިރު ފޯރިމަރަމުންދިޔައިރު އަލިފާނުގެ ހާދިސާތައް ހިނގުމާއި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށްޓަކައި ޖަލްސާކުރާ މާލަމަށް ގިނަ އަދަދަކަށް ސިފައިން ވައްދަން ޖެހުން ފަދަ ކަންކަމަކީ ޕާރފޯމަންސް ރިޕޯޓްގައި ހިމަނަން ހެޔޮވާވަރުގެ ކަންކަމެއް ނޫންތާއެވެ. މީގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެގޮތް ހެދުމާއި ސިފައިންނާއި ފުލުހުން ވެގެން މެމްބަރުންނަށް އަނިޔާވާގޮތަށް މަޖިލީހުގެ އިދާރާއިން ނެރުންފަދަ ކަންކަމަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ވެސް ހިންގާފައި ނުވާވަރުގެ ވަރަށް ހުތުރު އަދި ވަރަށް ދަށުޖަރަޖައިގެ އަމަލުތަކެވެ.

އަނެއްކޮޅުން މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ނިންމުމާ ހިލާފަށް މަޖިލީހުގެ ރިޔާސަތު، މަސީހު ހިސޯރު ކުރައްވާފައިވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ވިދާޅުވަމުން ގެންދަވާއިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސާ ގުޅޭގޮތުން ތިޔަބޭފުޅުން ރިޕޯޓް ދެއްވާށެވެ. އަޅުގަނޑުގެ ރިޕޯޓަކީ ފެއިލް އެވެ. ބޮޑުތަނުން މަޖިލީސް ވަނީ ފެއިލް ވެފަ އެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ ބާރުތައް ވެސް ސަރުކާރެއްގެ ދަށުވެގެން ދޫކޮށްލާތަން ދަނީ ފެންނަމުންނެވެ. ތިޔައީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ރައްޔިތުން އިއްތިހާބު ކޮށްފައިވާ މެމްބަރުން ހިމެނޭ "ރައްޔިތުންގެ މަޖިލިސް"އޭ ބުނަން ލަދުގަންނަ ހިސާބަށް ކަންތައްތައް ގޮސްފި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު