Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައީސް ނަޝީދު އެވެ. ތިވަރެއް ހަމަ ނެތެވެ!

ރައްޔިތުންގެ ތާއީދު ކުރިއަށްވުރެ ބޮޑުކަމަށް ފާހަގަ ކުރެވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2018 | ބުރާސްފަތި 14:50
ރައީސް ނަޝީދު އިސް ރައްވެއްސަކާ ވާހަކަ ދައްކާލައްވަނީ

ރައީސް ނަޝީދު އިސް ރައްވެއްސަކާ ވާހަކަ ދައްކާލައްވަނީ

ދިވެހިރާއްޖޭގެ އެންމެގިނަ ބަޔަކު އެންމެ ލޯބިވާ ސިޔާސީ ލީޑަރަކީ ރައީސް ނަޝީދު ކަމާމެދު ޝައްކެއްނެތެވެ. ރައީސް ނަޝީދު ފާހަގަ ކުރެވިފައިވަނީ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހާއި އެކަމުގެ ކުޅަދާނަކަން ލިބިގެންވާ ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ފާހަގަ ކުރެވިފައިވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުންނެވި ފިސާރި ލީޑަރެއްގެ ގޮތުގަ އެވެ.

ދިވެހިރާއްޖެ ޑިމޮކްރަސީއަށް ދަތުރުކުރުމަށްޓަކައި ހިންގި އިސްލާހީ ހަރަކާތުގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް އެއްގޮތެއްގައި އަދި ދުވަހަކަށް ވުރެ ދުވަހެއް އެމީހަކުދެކެ ރައްޔިތުން ލޯބިވާ އަދި ރައްޔިތުންނަށްޓަކައި ހިދްމަތް ކޮށްދެއްވާނެ ސިޔާސީ ލީޑަރަކީ ކޮބައިތޯއޭ ސުވާލުކޮށްފިނަމަ ފުރަތަމަ ވެސް އަންނާނީ ރައީސް ނަޝީދުގެ ނަންފުޅެވެ.

ދިވެހި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް އުސޫލުން ބޭއްވި ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވުމާއި އެމަނިކުފާނުގެ ވެރިކަން ދިވެހި ސިފައިންނާއި ފުލުހުންގެ ބަޔަކު ނިކުމެ، ބަދަލުކޮށް، އެމަނިކުފާނަށް އެތައް އަނިޔާއެއް ދިންއިރުވެސް، އިސްލާހީ ހަރަކާތް ހުއްޓާ ނުލެއްވިކަން އެއީ ދިވެހިންގެ ނަސީބެވެ. އެހެން ނޫންނަމަ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާލިބެމުން ދިޔަ މީހުންގެ ލިސްޓް މިހާރަށްވުރެ މާބޮޑަށް ދިގުލާދާނެ އެވެ.

ރާއްޖޭގެ އެންމެ މަގްބޫލް ސިޔާސީ ލީޑަރަކީ ރައީސް ނަޝީދު ކަމަށް މިބުނަނީ އޭގައި ހަގީގަތެއް އޮތީމަ އެވެ. އޭގެ އެއް މިސާލަކީ 2013 ގައި ބޭއްވި ރިޔާސީ އިންތިހާބެވެ. އެ އިންތިހާބަށް އެމަނިކުފާނު ކުރިމަތި ލެއްވިއިރު، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ކަމަށް ބުނާ މައްސަލައިގެ ދައުވާ ކޯޓުގައި އޮތެވެ. އޭގެ އިތުރުން ވެސް ސަރުކާރުގެ އެކިއެކި ފިއްތުންތައް ރައީސް ނަޝީދުއަށް ކުރިމަތި ކުރަމުންދިޔަ ނަމަވެސް، 2013 ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު އެކަނިމާއެކަނި ހުރިހާ ސިޔާސީ ލީޑަރުންނާ ދެކޮޅަށް ނިކުންނަވައި 105000 ވޯޓް ހޯއްދެވުމަކީ ދިވެހި ރައްޔިތުން އެމަނިކުފާނާމެދު އޮންނަ "ހިތާއި ހިތުގެ ގުޅުން" ހާމަވެގެން ދިޔަ އިންތިހާބެކެވެ. ސަރުކާރުގެ ފުޅާ ކޯލިޝަނާ ދެކޮޅަށް ރައީސް ނަޝީދު 105000 ވޯޓު ހޯއްދެވުމަކީ ދެތިން ހާސް ވޯޓުން އެމަނިކުފާނު އެއިންތިހާބުން ބަލިވިޔަސް އެއީ ވަރަށް ބޮޑު ކާމިޔާބެކެވެ. އެވޯޓުން ސާފުވި އަނެއް ކަމަކީ އަދުލްއިންސާފުގެ ދާއިރާއަށް ރައްޔިތުން އިތުބާރު ގެއްލިފައިވާ މިންވަރެވެ.

ރައީސް ނަޝީދުއަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ، އަދި ވަރަށް އުނދަގޫ، ހައްސާސް ދަނޑިވަޅުތަކުގައި، ގައުމަށްޓަކައި ކަންކަންއިސްކޮށް، ކަންކަން ނިންމަވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަން ބަދަލުކުރި ދުވަހު ކަންކަން ވެގެންދިޔަގޮތާއި، އޭގެފަހުން 7 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި އެތައް ރައްޔިތުންނެއް ގޮވައިގެން އެއް ރޫހެއްގައި ކުރިއަށް ވަޑައިގެންނެވި ގޮތަކަކީ ސިޔާސީ އެހެން ލީޑަރުންނަށް ހުރި މިސާލެކެވެ. މިއަދުގެ ހަގީގަތަކީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުން ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނާއި ދުނިޔޭގެ ބައެއް ލީޑަރުންވެސް އިބްރަތް ހާސިލް ކުރަމުންދާ ކަމެވެ.

ރައީސް ނަޝީދު ދެކެ ރައްޔިތުން ލޯބިވަނީ އެމަނިކުފާނު ދިވެހި ރައްޔިތުންނާ ބަހައްޓަވާ ގާތް ގުޅުމުގެ ސަބަބުންނެވެ. އެމަނިކުފާނު ރަށަކަށް ވަޑައިގެންނެވިޔަސް، ރައްޔިތުން ދިރިއުޅޭ ހާލު ވަރަށް ގާތުން ބައްލަވަ އެވެ. ގޭގެއަށް ޒިޔާރަތް ކުރައްވަ އެވެ. ރަށްރަށުގެ ހޮޅުއަށިތަކަށް ވަޑައިގަންނަވާ އިސްރަށްވެހިންނާއި ޒުވާނުންނާ ބައްދަލު ކުރައްވަ އެވެ.

މާލެއާއި ރަށްރަށުގައި ތިއްބަވާ ރައްޔިތުން މިވަގުތު ވެސް ތިބީ ރައީސް ނަޝީދު އާ ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ހާއްސަ ގޮތެއްގައި ރައީސް ނަޝީދުއަށް ބޮޑު ސަޕޯޓެއް އޮންނަ ބޮޑެތި އާބާދީތަކާއި މެދު އަދި ކުދި އާބާދީތަކުގެ ރަށްތަކުގެ ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ.

ރައީސް ނަޝީދު ދެކެ ދިވެހި ރައްޔިތުން ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އޭގެ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. މިދިއަ ހުކުރު ދުވަހެވެ. އަޅުގަނޑު ހުކުރުން ފައިބައިގެން ރައްޓެހިންނާއެކު ކޯފީއެއް ބޯލަން ސޯސަން މަގަށް ދިޔަތަނުން ތުޅާދޫ ހުސައިން ކިޔާ ޒުވާނަކާ ދިމާވި އެވެ. ތުޅާދޫއަކީ އަޅުގަނޑުގެ އުފަން ރަށެވެ. ހުސައިނަކީ އަޅުގަނޑުގެ ގާތްއެކުވެރިއެކެވެ. ދިމާވުމާއެކު ބުނެލީ އުމަރު ގާތަށް ޖައްސާލިންތޯ އެވެ. އަޅުގަނޑު، އުމަރު ކޮބައިތޯ އެހުމުން އޭނާ ބުނީ ކަނޑުމަތީގައި ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގައިގެން އުމަރު އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށެވެ. ކުއްލި ސިހުމާއެކު ހުސައިނާއެކު އުމަރުގާތަށް ހިނގައްޖެއީ މެވެ. އަޅުގަނޑު ފެނުމާއެކު އުމަރު ފުރަތަމަވެސް ބުނީ ރައީސް ނަޝީދު މާލެ ވަޑައިގަންވާ ދުވަހު ރައީސް ނަޝީދުއަށް މަރުހަބާ ދެއްނެވުމަށް އެތަނަށް ކޮންމެހެން ވެސް ދާން ބޭނުންވާ ކަމަށެވެ. "ވީހާލެއްގަ ވާން" އެތަނަށް ދާންބޭނުންވާ ކަމަށެވެ. ނަމަވެސް އުމަރަށް ވެފައި އޮތްވަރުން ނޮވެމްބަރު އެއްވަނަ ދުވަހަށް އުމަރު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ލަފައެއް ނުކުރެވެއެވެ. އުމަރަށް ވެސް އެކަން އެނގޭތީ ދެން އުމަރު ބުނީ "މަށަށް ކަމެއް ކޮށްދޭން ބޭނުމިއްޔާ މިތަނަށް ރައީސް ނަޝީދު ގެނެސް ދޭތި" އެވެ. އޭގެ ފަހުން އުމަރަށް ވެފައި އޮތްވަރު، ގައިމަތީ އަޅާފައި އޮތް ފޮތިގަނޑުނަގާ ދައްކާލިއިރު، ލޮލުން ކަރުނަ ހިލުނެވެ.

އެއީ ޒުވާން އުމަރުގެ ވާހަކައެވެ. ރައީސް ނަޝީދު ދެކެ ލޯބިވަނީ ޒުވާނުން އެކަންޏެވެސް ނޫނެވެ. އިސް ރަށްވެހިންނެވެ. އަންހެނުންނާއި ކުޑަކުދިންނެވެ.

ރައީސް ނަޝީދުއާއެކު ވީހާލެއްގައި ވާން މިހާރު ތިބި މީހުން ވެސް ވަރަށް ގިނަ އެވެ. ރައީސް ނަޝީދު 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި 105000 ވޯޓު ހޯދެއްވިއިރު، އެމަނިކުފާނުގެ ވާދަވެރި ސިޔާސީ ލީޑަރުންނާއި އެ ލީޑަރުންނަށް ސަޕޯޓް ކުރާ ގިނަ ރައްޔިތުން ތިބީ "ވީހާލެއްގައި ވާން" ތައްޔާރަށެވެ. ދިވެހި ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓެން ދަނިކޮށް ސަލާމަތް ކޮށްދެއްވީ ރައީސް ނަޝީދު އެވެ. އެމަނިކުފާނުގެ ޕާޓީގެ ރިޔާސީ ޓިކެޓް ވެސް ގުރުބާން ކޮށްލެއްވުމަށް ފަހު، އެއް ކެނޑިޑޭޓަކާއެކު، ރިޔާސީ އިންތިހާބު މިހާބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރައްވާ، ގައުމު ސަލާމަތް ކޮށްދެވީ ރައީސް ނަޝީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ގުޅި ވަޑައިގެން ކުރެއްވި މަސައްކަތުންނެވެ. އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ކޯލިޝަން ދެމެހެއްޓުމަށް ކުރެވި މަސައްކަތްކާއި ހިކްމަތު އަމަލީ ބޭނުން ކުރައްވައިގެން ކުރެއްވި ކެމްޕެއިންނަކީ މިރާއްޖޭގައި މިހާތަނަށް އެންމެ ދަތި އުނދަގޫތަކާއެކު ހިންގުނު ކެމްޕެއިން ހަރަކާތެވެ. ރައީސް ޔާމީން މުޅި ދައުލަތް ކޮނޑުފުޅު މައްޗަށް ލައްވައިގެން ހިންގި ކެމްޕެއިން ފެއިލް ކޮށްލުމުގައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ވަރަށް ބޮޑެވެ. އެކަމުގެ މޭސްތިރިއަކީ ހިތްތަކުގެ ރަސްގެފާނު ރައީސް މުހައްމަދު ނަޝީދު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު