Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެފްއޭއެމް

އެފްއޭއެމްއަށް ބަވައިގެން ވާކަށް ނެތް!

26 ޖުލައި 2019 | ހުކުރު 13:01

އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުން އަންނަނީ އަމާޒުވަމުން

ލީވާން އަލީ
ލީވާން އަލީ | 26 ޖުލައި 2019 | ހުކުރު 13:01
އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި އެބޭފުޅާއަށް ތާއީދުކުރައްވާ ބޭފުޅުން

އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި އެބޭފުޅާއަށް ތާއީދުކުރައްވާ ބޭފުޅުން

ދިވެހި ރާއްޖޭގައި އެންމެ ގިނަ މީހުން ބަލާ ކުޅިވަރަކީ ފުޓުބޯޅައެވެ. އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރަކީވެސް ފުޓުބޯޅައެވެ. ސަރުކާރުން އެންމެ ބޮޑު ހޭދައެއްކުރާ ކުޅިވަރަކީވެސް ފުޓުބޯޅައެވެ. ޕްރައިވެޓް ކުންފުނިތަކުން އަދި ވިޔަފާރިވެރިން އެންމެ ބޮޑު ހޭދައެއްކުރާ ކުޅިވަރަކީވެސް ފުޓުބޯޅައެވެ.

އެގޮތުން ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރަކަށް ވެފައިވަނީ ފުޓުބޯޅައެވެ. ފުޓުބޯޅައަށް ދިވެހި ރައްޔިތުން ކުރާ އުންމީދުތައް ވަރަށް ބޮޑެވެ. ބައިނަލްއަގުވާމީ ލެވެލްގައި ގައުމީ ފުޓުބޯޅަ ޓީމު ކާމިޔާބު ހޯދާތަން ދެކެން ބޭނުންވާ އެތައް ރައްޔިތުންނެއް ދިވެހި ފަސްގަނޑުގައި އެބަ ތިއްބެވެ. އެ ސަޕޯޓަރުންތައް ބޭނުންވަނީ ނަތީޖާއެވެ. ހަމަ ގައިމުވެސް އެކަކުވެސް ބަލިވާތަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ.

ސަޕޯޓަރުން މިވަގުތު އެންމެ ބޮޑަށް މާޔޫސްވެފައިތިބީ މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ފުޓުބޯޅަ ޓީމު ހޯދި ނަތީޖާއިންނެވެ. ފުޓުބޯޅަ ޓީމު ހޯދި ނަތީޖާއަކީ އެއްވެސް ބަޔަކު އުންމީދުކުރި ނަތީޖާއެއް ނޫނެވެ. އޭގެ ސަބަބުން އެފްއޭއެމްގެ ލީޑާޝޕަށްވެސް ބައިވަރު ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

އެފްއޭއެމްއަށް ފާޑުކިޔުން އަމާޒުނުވާންވީ ސަބަބެއް ނެތެވެ. އައިއޯއައިޖީ ގޭމްސްއަށްވުރެ އެފްއޭއެމްއަށް މުހިންމުވީ އައްޑޫގައި 15 އަހަރުން ދަށުގެ ޔުއެފާގެ މުބާރާތެއް ބޭއްވުމެވެ. ރަނގަޅު ކަމަކެވެ. އޭގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބޭނެއެވެ. ނަމަވެސް ކޮންމެ މުބާރާތަކާ ކުރިމަތިލުމުގެ ކުރިން ޓީމަށް އެކަށީގެންވާ ތަމްރީންތައް ލިބެންޖެހެއެވެ. ރަނގަޅު ފެންވަރުގެ މެޗުތަކެއްވެސް ހޯދައިދޭންޖެހެއެވެ. މުބާރާތަކާ ކުރިމަތިލާއިރު، ދެ މަސް ކުރިން ސްކޮޑެއް އެކުލަވާލައި ތަމްރީންތައް ހަދައިގެން މުބާރާތާ ކުރިމަތިލިޔަސް ރަނގަޅު ނަތީޖާއެއް ނުލިބޭނެއެވެ. ނަތީޖާ ލިބޭނީ ތަންކޮޅެއް ބޮޑަށް އެފްއޭއެމުންވެސް މިކަމާ އުޅެގެންނެވެ. "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި ބަޔަކު ލޮލުގައި އަނދުން އަޅުވަން އުޅުނަސް ފުޓުބޯޅަ ކުރިއެއް ނާރާނެއެވެ.

އެފްއޭއެމްއިން ފުޓުބޯޅަ ކުރިއަރުވަން މަސައްކަތް ނުކުރާކަމީ، މިއަދު ގިނަ ބަޔަކު އެކަމާ އިއްތިފާގުވާނެ ކަމެކެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އަނބިކަނބަލުންނާއެކު ޔޫރަޕް ދަތުރުތަކުގައި އުޅުއްވާއިރު، އެ އެސޯސިއޭޝަން ހިންގަމުންދަނީ ވަރަށް ބޮޑަށް ފޮރުވިގެންނެވެ. މިކަމުގެ ސަބަބުން އެފްއޭއެމްއަށް ކަރަޕްޝަންގެ ތުހުމަތުތަކެއްވެސް ވަނީ ކުރިމަތިވެފައެވެ. ތުހުމަތުތައް ކުރިމަތިނުވާންވީ ސަބަބެއް ނެތެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު ވައްކަން ކަމަށްވާއިރު، އެ ވައްކަމުގައި އެސޯސިއޭޝަނުގެ ރައީސް ބައްސާމްގެ ބައިވެރިވުން އޮތްކަމަށް އޭސީސީގެ ރިޕޯޓުން ހާމަވެއެވެ.

އެފްއޭއެމްގެ ކަންކަން ބޮންސުންލައިގެންދާއިރު، ރާއްޖޭގެ ފުޓުބޯޅަ މަތިން ރައްޔިތުން ފޫހިވާއިރު، ރާއްޖޭގެ މެޖޯރިޓީ ކްލަބްތައް ތިބީ ނިދާފައެވެ. އެ ކްލަބްތަކުން ފުޓުބޯޅައަށް ހެޔޮ އެދޭނަމަ، އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފާނެއެވެ. ނަމަވެސް ހިތާމައަކީ ކްލަބްތަކުން އެ ފުރުސަތު ނަގާލިކަމެވެ. އެ ނޫންނަމަ، ފުޓުބޯޅަ ކުރިއަރުވަން އުޅޭ ބަޔަކާއެކު މިހާރު ފެންނާނީ ތަފާތު މަންޒަރެކެވެ. ބޭނުންވަނީ ފުޓުބޯޅަ ކުރިއަރުވަން އުޅޭ ބަޔަކެވެ. ނަތީޖާ ހޯދައިދޭން މަސައްކަތްކުރާ ބަޔެކެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް