Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާ ލެވަކޫސަން

ތަޖުރިބާ އިން ފިލާވަޅު ލިބި ގަންނަން ޖެހޭ: އަލޮންސޯ

އަލޮންސޯ ބުނީ، ބައެއް ޙާލަތަތްތަކުގައި ހަމައެކަނި ފުޓުބޯޅަ "ކުޅޭ" ވާހަކަ ނުދެއްކޭނެ ކަމަށެވެ. އޭނާ ބުނީ ބައެއް ޙާލަތްތަކުގައި ފުޓުބޯޅަ ކުޅުމުގައި ވިސްނުން ކުރިއަށް ނެރެން ޖެހޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 01:22
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

އެންމެ މަތީ ފަންތީގައިި ވާދަކުރަމުން އަންނައިރު، އަބަދު ވެސް ތަޖުރިބާ އިން ފިލާވަޅު ލިބި ގަންނަން ޖެހޭ ކަމަށް، ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ ޒަބީ އަލޮންސޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑު އަތުން ލެވަކޫސަން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ލެވަކޫސަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެތުލެޓިކޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން އެ ޓީމު ބަލިކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ބައެއް ޙާލަތަތްތަކުގައި ހަމައެކަނި ފުޓުބޯޅަ "ކުޅޭ" ވާހަކަ ނުދެއްކޭނެ ކަމަށެވެ. އޭނާ ބުނީ ބައެއް ޙާލަތްތަކުގައި ފުޓުބޯޅަ ކުޅުމުގައި ވިސްނުން ކުރިއަށް ނެރެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެތުލެޓިކޯ މެޗުގައި ލެވަކޫސަންގެ ކުޅުންތެރިންގެ ފަރާތުން ވިސްނުންތެރި ކުޅުމެއް ނުފެނުނު ކަމަށް ވެސް އަލޮންސޯ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް އަލޮންސޯ ބުނީ ވާދަވެރި މެޗުތަކެއްގައި ކުޅެން ބޭނުންވާ ނަމަ، ލެވަކޫސަން އިން އެކަން ރަނގަޅު ވެސް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަލޮންސޯ ބުނީ، ވާދަވެރި ފެންވަރެއްގައި ކުޅެން ބޭނުންވާ ނަމަ، ތަޖުރިބާ އިން ފިލާވަޅު ވެސް ޙާސިލު ކުރަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ބަލިވާ މެޗުތަކުން ލިބޭ ތަޖުރިބާ އަށް ބަލައި، އެކަމުން ފިލާވަޅު ލިބިގެން ކުރިއަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ބުންޏެވެ. އެ ނޫން ނަަމަ، ކުރިއަށް ދިޔުމުގައި އަބަދު ވެސް ދަތިތަކާއި، ނުވަތަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައި ވެސް އަލޮންސޯ ބުންޏެވެ.

އެތުލެޓިކޯ މެޗުން މޮޅޫވެ. ލީގު ތާވަލްގައި ކުރިއަށް ޖެހިލުމުގެ ފުރުސަތު ވެސް ލެވަކޫސަނަށް އޮތެވެ. ނަމަވެސް މެޗުން ބަލިވެ ލެވަކޫސަން އޮތީ ލީގު ތާވަލްގެ ހަ ވަަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. ހަތަރު މެޗުން ލެވަކޫސަން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަދި އެއް މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު