Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

ޓީމަށް އައިސްފައިވާ ކުރިއެރުމާ މެދު ހިތްހަމަޖެހޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 31 ޖެނުއަރީ 2017 | އަންގާރަ 14:54
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ)

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ)

ސެންޓްރަލް ޒޯން ވޮލީ މުބާރާތަކީ ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ކާމިޔާބު މުބާރާތެއްކަމަށާއި، ޓީމަށް އައިސްފައިވާ ކުރިއެރުމާއިމެދު ހިތްހަމަ ޖެހޭ ކަމަށް ދިވެހި ޤައުމީ ވޮލީ ޓީމްގެ ކޯޗް އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

އަންނަ އަހަރު އޮންނަ އަންހެން ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މެޗުތައް ނިންމާލުމަށް ފަހު ދިވެހި ޤައުމީ ވޮލީ ޓީމްގެ ކޯޗް އަދީލް ބުނީ ޖުމްލަކޮށް ދިވެހި ޓީމް މުބާރާތުގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ކުޅުންތެރިން މުޅި މުބާރާތުގައި ހިތްހަމަޖެހޭ ވަރަށް ކުޅުނު ކަމަށާއި، މިއީ ރަނގަޅު ތަޖުރިބާއެއް ކަމަށް އަދީލް ބުންޏެވެ. މުބާރާތުގެ ކުރިން ވާދަވެރި މެޗެއް ކުޅެލަން ނުލިބުމުން އެކަން އަބަދުވެސް ފާހަގަކުރި ކަމަށާއި، މުބާރާތުގެ ކުރިން މެޗުތަކެއް ކުޅެލަން ލިބުނުނަމަ ނަތީޖާ ތަފާތުވީސްކަން އަދީލް ފާހަގަކުރި އެވެ.

އަދީލް ބުނީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ޓީމް ޖާގަ ހޯދުމާ އެކު ދެން އަމާޒު ހިފީ ޓީމާ އެކު މެޑައްޔަކަށް ކަމަށާއި، މިއަދު އެކަން ހާސިލްވެއްޖެ ކަމަށެވެ. އަދި އެއް އަހަރުތެރޭ ޓީމަށް ލިބިފައިވާ ކުރިއެރުން ފާހަގަކުރާ ކަމަށާއި، މިއަށް ވުރެ ބޮޑު ކާމިޔާބީތަކެއް މި ޓީމާ އެކު ހޯދޭނެ ކަމަށް ވެސް އަދީލް ބުންޏެވެ.

ޤައުމީ ވޮލީ ޓީމްގެ ކޯޗު ބުނީ ފުރަތަމަ މެޗުގައި އީރާނާ ދެކޮޅަށް ކުޅެން ޖެހުނު ނަމަ މުބާރާތުގެ ނަތީޖާ ތަފާތުވީސް ކަމަށެވެ.

ސެންޓްރަލް ޒޯން ކޮލިފައިންގެ ތިންވަނަ ހޯދުމާ އެކު ރާއްޖެއަށް ވަނީ މުބާރާތުގެ ލޯ މެޑަލް ލިބިފަ އެވެ. މީ ބައިނަލްއަޤްވާމީ މުބާރާތަކުން ދިވެހި ޤައުމީ އަންހެން ވޮލީ ޓީމް ހޯދި ފުރަތަމަ މެޑައްޔެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު