Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައްސާމް

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

ކްލަބްތައް ސްޕޮންސާ ކުރާ ކުންފުންޏެއް އެނގޭނީ ގުރުވަތު ލައިގެން: ބައްސާމް

ލީވާން އަލީ
ލީވާން އަލީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 11:11
އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް

ކުރިޔަށް އޮތް ސީޒަނަށް ކްލަބްތަކަށް އެފްއޭއެމް އިން ދޭ ފައިސާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމް އިން ކްލަބްތަކަށް މިފަހަރު ފައިސާ ދޫކުރަން ނިންމާފައި ވަނީ ކުންފުނިތައް މެދުވެރިކޮށް ކަމަށާއި، އެގޮތުން އަންނަ ހަފްތާގައި ކުންފުނިތަކާ އެކު ކްލަބްތައް އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ބޮޑު ހަފްލާއަކާ އެކު އަންނަ ހަފްތާގައި ފުރަތަމަ ޑިވިޝަންގެ ހުރިހާ ކްލަބަކާއެކު އެއްބަސްވުމުގައި ސޮއިކުރާއިރު، އެ ކްލަބެއް ސްޕޮންސާ ކުރާ ކުންފުންޏެއް އެނގޭނީ ގުރުއަތު ލައިގެން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ބައްސާމްގެ އެންމެ ބޮޑު ވައުދަކީ ކޮންމެ ސީޒަނަކު ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ އެފްއޭއމުން ދިނުމެވެ. އެގޮތުން އޭނާ ވިދާޅުވީ ތިން ކުއާޓާއަކަށް ބަހާލައިގެން ފުރަތަމަ ކްލަބްތަކަށް ދޫކުރާނީ އެއް މިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ ކްލަބްތަކަށް ފައިސާގެ ހުރިހާ ކަމެއް ހަމަޖައްސައިދޭނީ ކުންފުނިތަކުން ކަމަށާއި، އެފްއޭއެމްގެ ދައުރު އެކަމުގައި ވަރަށް ކުޑަވާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓް ކްލަބްތަކުން ކުންފުނިތަކާ ހިއްސާކުރަންޖެހޭނެ ކަމަށާއި، އެ ރިޕޯޓްތައް ކުންފުނިތަކުން އެފްއޭއެމް އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގަށް ކުރިޔަށް އޮތް ސީޒަނުގައި ކޮލިފައިނުވާ ކްލަބްތަކަށް ދެ މިލިއަން ރުފިޔާ ލިބޭ އިރު، އޭގެ ތެރެއިން ކޮލިފައިވާ ކްލަބްތަކަށް އިތުރަށް އެއް މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ. މީގެ އިތުރުން އަތޮޅު ތެރެއިން އަންނަ ޓީމުތަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބްތަކުން ބޮޑެތި ހޭދަތައް ކުރަމުން އަންނަ އިރު، ބޭރު ލީގުތަކުގައި ކުޅެފައިވާ ތަޖުރިބާކާރު ބިދޭސީ ކުޅުންތެރިން ވެސް އެކި ކްލަބްތަކުން ވަނީ ގެނެސްފައެވެ. އެގޮތުން ކުރިޔަށް އޮތް ސީޒަނަކީ ވަރަށް ވާދަވެރި އަދި ސަޕޯޓަރުން ބަލާ ހިތްވާ ފަދަ ސީޒަނަކަށް ވުން ވަރަށް ކައިރިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު