Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފްލިކް ހުރީ ބާސެލޯނާގެ މޮޅުވުން ޤަބޫލު ކުރަން ވެސް ދަތިވެފައި

މީގެ އިތުރުން ފްލިކް ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި މީގެ ކުރިން އެފަދަ ކަމެއް ތަޖުރިބާ ކޮށްފައި ނެތް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 01:19
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ހޯދި މޮޅަކީ، ޤަބޫލު ކުރަން ވެސް ދަތި މޮޅެއް ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީލ ފްލިކް ބުނެފި އެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ، ބެންފީކާ އިން ކުރި ހޯދާފައި ވަނިކޮށެވެ. ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެން ބާސެލޯނާ އެ މެޗުން މޮޅުވެފައިވާއިރު، މެޗުން ބާސެލޯނާ އަށް މޮޅެއް ލިބުނީ އެންމެ ފަހު ވަގުތުގައި ޖެހި ލަނޑުންނެވެ. މޮޅާއެކު ބާސެލޯނާ އިން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނީ، އެ މެޗަކީ ވަރަށް އާދަޔާ ޚިލާފު މެޗެއް ކަމަށެވެ. މެޗުގައި ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އެންމެ ޕޮޒިޓިވް ކަމަކީ، ކުޅުންތެރިންގެ މެންޓާލިޓީ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ. މެޗުން ބާސެލޯނާ މޮޅުވީ ފަހަތުން އަރައި ލަނޑުތަކެއް ޖަހައިގެން ކަމަށާއި، މުޅި މެޗުގެ އެންމެ ޚާއްސަ ކަމަކީ އެއީ ކަމަށް ފްލިކް ބުންޏެވެ. ފުޓުބޯޅައިގައި އެ ފަދަ ޙާލަތްތައް ދިމާވާނެ ކަމަށް ވެސް ފްލިކް ބުންޏެވެ.

މީގެ އިތުރުން ފްލިކް ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި މީގެ ކުރިން އެފަދަ ކަމެއް ތަޖުރިބާ ކޮށްފައި ނެތް ކަމަށެވެ. އެ މޮޅަކީ ޤަބޫލު ކުރަން ވެސް ދަތި މޮޅެއްކަން ފާހަގަކޮށް ފްލިކް ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް އެންމެ އެކަށީގެންވާ ކުޅުން ނުދެއްކުނު ކަމަށެވެ. އެ ހާފުގައި ބެންފީކާ އިން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ދެ ލަނޑު ޖަހައިގެން ލީޑު ނެގިކަން ވެސް ފްލިކް ވަނީ ފާހަގަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް އެފަދަ ޙާލަތެއް ދިމާވީއިރު، އެކަމުގެ ސަބަބުން ދެ ވަނަ ހާފުގައި އިތުރު ހިތްވަރެއްލާން މަޖުބޫރުވި ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. ދެ ވަނަ ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅު ކޮށްފައިވާއިރު، ކުޅުން ރަނގަޅުވުމުގެ އިތުރުން، އެ ހާފުގައި ގެނައި ބަަދަލުތަކުގެ ފައިދާ ވަރަށް ބޮޑަށް ޓީމަށް ކުރިކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުން ބާސެލޯނާ ޖާގަ ޔަޤީންކޮށްފައިވާއިރު، މި ސީޒަނާ ދިމާކޮށް އެ ޓީމާ ހަވާލުވީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން އަންނަނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު