Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެޗު ފަސޭހަނުވާނެ: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

އިއްބެގެ ސިއްހީ ހާލަތު އަދިވެސް މެޗު ކުޅޭ ވަރަށް ތަން ނުދޭ: ނިޒާމްބެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 13 މާރިޗު 2017 | ހޯމަ 14:26
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކުރަން ބޭނުންނުވާ ކަމަށާއި، އެ މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް ބުނެފި އެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓީސީއަކީ އަދިވެސް ލީގުގައި އޮތް ދެވަނަ އަށް އެންމެ ޅަ ޓީމު ކަމަށާއި، ޔޫވީއާ ދެކޮޅަށް ކުޅޭ މެޗަކީ ފުރަތަމަ ބުރުގައި ޓީސީ އަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

އެގޮތުން ނިޒާމްބެ ބުނީ ޔޫވީއަކީ މިދިޔަ ސީޒަނުގައި ހުރިހާ އެންމެން ވެސް ވަރަށް ދަށްކޮށް ބެލި ޓީމެއް ކަމަށާއި، އެހެން ނަމަވެސް އެޓީމު ގަދަ ހަތަރެއްގައި ހިމެނި ބަލިކުރަން އުނދަގޫ ޓީމަކަށް ވެގެން ދިޔަ ކަމަށެވެ.

ޓީމުގައި މިވަގުތު ޔޫވީއާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރުވެފައި ވަނީ އިބްރާޙިމް މަހުދީ (އިއްބެ) ކަމަން ފާހަގަކުރަމުން ނިޒާމްބެ ބުނީ އޭނާގެ ސިއްހީ ހާލަތު އަދިވެސް މެޗު ކުޅޭ ވަރަށް ތަން ނުދޭ ކަމަށާއި، ފިޒިކަލީ ވެސް ދަށް ކަމަށެވެ.

ނިޒާމްބެ ބުނީ މި ސީޒަނުގައި ޔޫވީ ކުޅުނު ފުރަތަމަ މެޗަށް ވުރެ ދެވަނަ މެޗު ރަނގަޅުކޮށްފައިވާ ކަމަށާއި، ތިންވަނަ މެޗުގައި ޓީސީއާ ދެކޮޅަށް ނިކުންނައިރު، ކޯޗުގެ އިރުޝާދާއެކު ބަދަލުތަކެއް އަންނާނެ ކަމަށް ދެކޭ ކަމަށެވެ. އެގޮތުން މެޗު އެއްވެސް ވަރަކަށް ފަސޭހަކުރަން ބޭނުންނުވާ ކަމަށް ފާހަގަކުރަމުން އޭނާ ބުނީ ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނިކުމެދާނެ ކަމަށެވެ.

ނިޒާމްބެ ބުނީ ފުރަތަމަ ބުރުގެ ބްރޭކަށް ދިއުމުގެ ކުރިން ކުޅޭ ހުރިހާ މެޗެއް ކާމިޔާބުކޮށް ގަދަ ހަތަރެއްގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ނިޒާމްބެ ބުނީ އެހެން ޓީމުތަކާ އަރާ ހަމަކުރަންޖެހޭ ކަމަށާއި، އެއީ މިހާރު އޮތް ޕްރެޝަރެއް ކަމަށެވެ.

ޝައިހް ކަމާލް އިންޓަނޭޝަނަލްކަޕްގެ ޗެމްޕިއަންކަން ހޯދައިގެން ރާއްޖެ އައި ޓީސީ ސީޒަނުގައި އަދި ކުޅުނީ އެންމެ މެޗެކެވެ. އެގޮތުން ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅުނު އެ މެޗު ޓީސީން ވަނީ 0-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު